ގައުމީ ވޮލީ ލީގު: އޮއްފު އަތުން މޮޅުވެ ޕޮލިސް ވެސް ގައުމީ މުބާރާތުން ޖާގަ ހޯދައިފި

Jun 30, 2022, 5:00 PM
އޮއްފުގެ ކުޅުންތެރިއަކު ކައިރިން ޕޮލިހުގެ އަނޫ ޖޭމްސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އޮއްފުގެ ކުޅުންތެރިއަކު ކައިރިން ޕޮލިހުގެ އަނޫ ޖޭމްސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅުނު މެޗުން އޮއްފު އެފްސީ އަތުން މޮޅުވެ، ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް، ޕޮލިސް ކްލަބުން ގައުމީ މުބާރާތުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

ގައުމީ ލީގުގެ ގަދަ ހަތަރަކަށް ކުރިއަށް އޮތް ގައުމީ މުބާރާތުން ފުރުސަތު ލިބޭނެ އެވެ. މިހާރު އޮތްގޮތުން ގައުމީ މުބާރާުތުން ތިން ޓީމެއް ވަނީ ފުރުސަތު ހޯދައިފަ އެވެ. އެއީ ލީގުގައި ބާކީ މެޗެއް އޮއްވައި، ޗެމްޕިއަންކަން ހޯދި ސްޕޯޓްސް ކްލަބް ސިޓީގެ އިތުރުން މިއަދު ކުޅުނު ދެ މެޗުން މޮޅުވި ސިފައިންނާއި ޕޮލިހެވެ.

ސިފައިން ވަނީ ހަވީރު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ސިފައިންނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ޕޮލިހެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ވެމްކޯ އަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.

ދެން އޮތް، އޮއްފު އެފްސީ އާއި ގުޑީސް އަށް އަދި މޮޅެއް ނުލިބެ އެވެ. ގުޑީސް ތިން މެޗު ކުޅުނުއިރު، އޮއްފު ވަނީ ހަތަރު މެޗު ކުޅެފަ އެެވެ. ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ އަށް ވާދަކުރަނީ ގުޑީސް އާއި ވެމްކޯ އެވެ. މާދަމާރޭ ގުޑީސް އަތުން ވެމްކޯ މޮޅުވެއްޖެނަމަ ގަދަ ހަތަރެއް ޔަގީންވީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-23، 25-16 އަދި 25-13 އިންނެވެ.

ފުރަތަމަ ސެޓުގައި އޮއްފު އާއި ޕޮލިހުގެ ފަރާތުން ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ދެ ޓީމަށް ވެސް ފުރަތަމަ ސެޓުގެ މެދުތެރެއިން ލީޑު ލިބުނު ނަމަވެސް އޭގެ ބޭނުން ރަނގަޅަށް ހިފީ ޕޮލިހުންނެވެ. އެ ޓީމުން ވަނީ ސެޓުގެ މެދުތެރެއިން ލިބުނު ލީޑު ހިފަހައްޓައި، ފަހު ކޮޅު ޕްރެޝަރު ވަގުތުތަކުގައި ތަފާތު ދަައްކައިފަ އެވެ. ހާއްސަކޮށް ސެޓަރު، މުއްތުސާމީ އަޕަވޫ ދިން ބޯޅަތަކުގައި އެ ޓީމުގެ އަކިން އައްމާލް އާއި އަނޫ ޖޭމްސް އަދި މާއިޝް އަހުމަދުގެ އެޓޭކްތައް ފާހަގަކުރެވުނެވެ.

ދެ ވަނަ ސެޓު ފަށައިގެން އޮއްފު އިން ހަތަރު ޕޮއިންޓުގެ ލީޑެއްނެގި އެވެ. އެ ޓީމުގެ އިންޑިއާ ދެ ކުޅުންތެރިން ކަމަށްވާ، ގުރޫ ޕްރަސަންތާއި ޖޯން ޖޯސެފްގެ އެޓޭކްތައް ފެނުނުއިރު، އަހުމަދު މުހައްމަދު (ކޯކޭ) ވެސް ރަނގަޅަށް ކުޅުނެވެ.

އެކަމަކު، ދެ ވަނަ ސެޓުގެ މެދަކާ ހަމައިން ޕޮލިހުން އެއްވަރުކުރި އެވެ. އެ ގޮތުން މެޗުގެ ދެ ވަަނަ ސެޓުގައި 10-10 އާއި 11-11 އަދި 12-12 އިން ޕޮލިހާއި އޮއްފު އެއްވަރުވި ނަމަވެސް އޭގެ ފަހުން ޕޮލިހުން މެޗުގެ ކޮންޓްރޯލް ނެގި އެެވެ. ފަހުން ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ޕޮލިހުގެ އަނޫ ޖޭމްސްގެ އެޓޭކްތަކާއި ޝުއައިބު އަބްދުލް ލަތީފްގެ ބްލޮކްތައް ވެސް ފެނިގެންދިޔަ އެވެ. އަދި ރަނގަޅު ލީޑެއް ފަހުން ނަގައި، ޕޮލިހުން ދެ ވަނަ ސެޓު ގެންގޮސް މެޗުގެ ކޮންޓްރޯލް މުޅިން ނެގި އެވެ.

ތިން ވަނަ ސެޓު ދިޔައީ، އޮއްފު އަށް އެއްވެސް ވަރަކަށް ވާދަނުކުރެވި އެވެ. ޕޮލިހުން ރަނގަޅަށް ކުޅެ، މި ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

ލީގުގައި މާދަމާ އޮތީ އެއް މެޗެވެ. މާދަމާރޭ ގުޑީސް އާއި ވެމްކޯ ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox