ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ގޮތަށް ހެކީގެ ބިލު ފާސްކޮށްފި

ހެކީގެ ބިލާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން ބޭއްވި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ހެކީގެ ބިލާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން ބޭއްވި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ހެކީގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވި ބިލުގައި އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައި އޮތީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ޖުމްލަ 151 މާއްދާ އެކުލެވޭ އެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެ އެވެ.

އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް، މެންބަރުން މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން 15 އިސްލާހެއް ހުށަހެޅި އެވެ. ބައެއް މާއްދާތަކުން ބައެއް އަކުރުތައް އުނިކުރުމަށާއި ބައެއް ބަސްބަސް މާނަކުރުން އެ އިސްލާހުތަކުގައި ހިމެނެ އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުން

ހެއްކާ ބެހޭ ބިލު މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

ނޫސްވެެރިން މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ނޫސްވެެރިން މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ނޫސްވެެރިން މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މީގެކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިފަ އެވެ. ނަމަވެސް, ކޮމިޓީން އެ ހުށަހެޅުން ބަލައިނުގަނެ, މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުކޮށް އެއަށް ކޮމެންޓް ކުރުމަށް އެމްޖޭއޭ އަދި އެމްއެމްސީއަށް ފޮނުވާފައިވެ އެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ ކޮމިޓީން މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތް ވެސް ބަދަލުކޮށް, މަސްދަރު ހާމަކުރުން އެންގުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީންކުރުމަށް އެމްޖޭއޭއިން އިއްޔެ ވަނީ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފަ އެވެ. މިފަދަ ކަރުދާހެއް އެމްއެމްސީން ވެސް މަޖިލީހަށް ހުށަހެޅި އެވެ.

ނޫސްވެރިންގެ ކުރި އިހުތިޖާޖުގެ ތެރެއިން--
ނޫސްވެރިންގެ ކުރި އިހުތިޖާޖުގެ ތެރެއިން--

ނޫސްވެރިންގެ ކުރި އިހުތިޖާޖުގެ ތެރެއިން--

އެގޮތުން, ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް އެމްޖޭއޭގެ ހިޔާލު ކަރުދާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް, އެ ހިޔާލު ކަރުދާސް އިއްޔެ މަޖިލީހަށް ފޮނުވުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީން ވަނީ ހެއްކާ ބެހޭ ބިލް އެއްކޮށް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox