ވިމްބަލްޑަން: މަރޭ އާއި އެމާ އަށް އުފާވެރި މުބާރާތެއް ނޫން

Jun 30, 2022, 7:06 AM
ވިމްބަލްޑަންގެ މެޗެއްގެ ތެރެއިން އެމާ: އެމާ އަށް މުބާރާތް ނިމުނީ ދެ ވަނަ ބުުރުގައި ފްރާންސްގެ ކެރޮލިން އަތުން ބަލިވުމުން.--- ފޮޓޯ: އޭއެފްޕީ

ވިމްބަލްޑަންގެ މެޗެއްގެ ތެރެއިން އެމާ: އެމާ އަށް މުބާރާތް ނިމުނީ ދެ ވަނަ ބުުރުގައި ފްރާންސްގެ ކެރޮލިން އަތުން ބަލިވުމުން.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖޫން 30) - މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ ދެ ވަނަ ބުރުން އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ އެންޑީ މަރޭ އާއި އެމާ ރަޑުކާނޫ ކަޓައިފި އެވެ.

އެމާ އާއި މަރޭ މި ފަހަރުގެ މުބާރާތަށް ކުރިމަތިލީ ބޮޑެތި ޓާގެޓްތަކަކާ އެކު، ކެރިއަރުގައި ކުރިއަށް ފިޔަވަޅެއް އެޅުމަށް އަމާޒުހިފައިގެންނެވެ. އެކަމަކު، ދެ ވަނަ ބުރުން ބަލިވުމުން ރޭންކިންގައި ވެސް ކުރިއަށްދާން ބޭނުންވާ ޕޮއިންޓް ޓާގެޓާ ހަމައަށް ވެސް ނުދެވުނީ އެވެ.

ސްކޮޓްލެންޑަށް އުފަން، މަރޭ، 35، ވިމްބަލްޑަން އިން ކެޓީ ދެ ވަނަ ބުރުގައި އެމެރިކާގެ ޖޯން އިސްނާ އަތުން 6-4 7-6 (7-4) 6-7 (3-7) 6-4 އިން ބަލިވުމުންނެވެ. އިންގްލެންޑްގެ އެމާ، 19، ދެ ވަަނަ ބުރުގައި ބަލިވީ ފްރާންސްގެ ކެރޮލީން ގާސިއާ އަތުން 6-3، 6-3 އިންނެވެ.

މިދިިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދައި، ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދި އެމާ، މި ފަހަރުގެ ވިމްބަލްޑަން އަށް އައީ ޗެމްޕިއަނެއްގެ ވިސްނުން އިސްކޮށް، އަލުން ކެެރިއަރު ޓްރެކަށް އެޅުވުމަށެވެ. އެކަމަކު، ދެ ވަނަ ބުރުން ކެޓުމުން ބޭނުންވާ އަމާޒަށް ނުދެވުނީ އެވެ.

"އަހަންނަށް ކޮންމެ ކަމެއް ވެސް އެއީ ދަސްކުރުމުގެ މަރުހަލާއެއް. މިއީ ވެސް ގިނަ ކަންކަން ދަސްވި މުބާރާތެއް، ކެރޮލީން އަކީ ވެސް މޮޅު ކުޅުންތެރިއެއް، އަހަންނަށް އޭނަ ކައިރީގައި މޮޅަށް ނުކުޅެވުނީ، މި ވަގުތު ހާލަތު އޮތްގޮތުން އަހަންނަށް މާ ބޮޑެތި އުންމީދުތަކެއް ހިފައިގެން ދެވެން ނެތް،" އެމާ ބުންޏެވެ.

އެމާ ބުނީ މިދިޔަ މަހުގެ ފްރެންޗް އޯޕަން އަށް ފަހު، އަނިޔާގެ މައްސަަލަތަކާ ހެދި ޝެޑިއުލްކޮށްގެން ޓްރެއިނިން ގެންދެވޭ ގޮތް ނުވުމުން ކުޅުމަށް އަސަރުކުރިކަން މި ފަހަރުގެ ވިމްބަލްޑަން މެޗުތަކުން އިހުސާސް ކުރެވުނު ކަމަށެެވެ. ވިމްބަލްޑަން އަށް އައިިއިރު، އެމާ ސީޑްކޮށްފައި އޮތީ 10 ވަނަ އަށެވެ.

ވިމްބަލްޑަންެ މެޗެއްގެ ތެރެއިން މަރޭ: އޭނާ އަށް މި ފަހަރުގެ މުބާރާތުގައި ވެސް ކުރިއަށް ނުދެވުނު.

މަޑުމަޑުން ފޯމަކަށް އެޅި، އެމާގެ ވިސްނުން ހުރީ އޮގަސްޓް ފަހު ކޮޅު ފަށާ ޔޫއެސް އޯޕަން އަންނަން ވާއިރަށް ރަނގަޅު ލެވަލެއްގައި ހުރުމަށެވެ.

އެމާ އެކޭ އެއްގޮތަށް ވިމްބަލްޑަން އިން ފިލާވަޅު ނަގައި، ޔޫއެސް އޯޕަންއާ މެދު އުންމީދުގައި ހުރި އަނެއް ކުޅުންތެރިއަކީ މަރޭ އެވެ.

ކުރިން ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް މަރޭ މި ފަހަރުގެ ވިމްބަލްޑަން އަށް އައިއިރު އޮތް އަމާޒަކީ ރޭންކިން މައްޗަށް ގެންގޮސް، ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ސީޑް ކުރެވޭ ކުޅުންތެރިއެއްގެ ލެވަލަށް ދިއުމަށެވެ.

މި ވަގުތު ދުނިޔޭގެ ރޭންކިން 52 ވަނައިގައި އޮތް މަރޭ ބުނީ ޔޫއެސް އޯޕަންގައި ސީޑްކުރެވޭ ކުޅުންތެރިއެއްގެ ލެވަަލަށް ނުދެވުނަސް އެ މުބާރާތުގައި ހާއްސަ ޓާގެޓްތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ރޭންކިން ރަނގަޅު ކުރުން މި ވަގުތު އެންމެ ބޮޑު ޓާގެޓަކީ، ޔޫއެސް އޯޕަންގައި އެކަން ނުވިއްޔާ އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި މަސައްކަތް ކުރާނަން، މޮޅެތި ކުޅުންތެރިންނާ އެކު ނަތީޖާ ނެރެގެން އެކަން ވާން އޮތީ، މި އަހަރު އޮތް މުބާރާތްތަކުގައި އެކަން ކުރެވޭތޯ ބަލާނަން،" މަރޭ ބުންޏެވެ.

ވިމްބަލްޑަންގައި މަރޭ ޖުމްލަ 13 ފަހަރު ވާދަކުރިއިރު، ދެ ފަހަރެއްގެ މަތިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި އަހަރުގެ ދެ ގްރޭންޑްސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރި ސްޕެއިނުގެ ރަފައެލް ނަޑާލް ވަނީ މި ފަހަރުގެ ވިމްބަލްޑަންގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސިސްކޯ ސެރުންޑޯލޯ ބަލިކޮށްފަ އެވެ. ދެ ވަނަ ބުރުގައި ނަޑާލް ކުޅޭ މެޗުގައި މިއަދު ނުކުންނާނީ ލިތުއޭނިއާގެ ރިކާޑަސް ބެރަންކީސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox