ރިޕޯޓު ދީ، ދަރިވަރުން ބޮޑު ޗުއްޓީއަށް

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް: މިއަދު ވަނީ ސްކޫލު ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭން ފަށާފައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް: މިއަދު ވަނީ ސްކޫލު ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭން ފަށާފައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިދިޔަ އަހަރު އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.

މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔެވުން ނިމި ބައެއް ސްކޫލްތަކުގައި މިހާރު ވަނީ ރިޕޯޓް ފޯމް ދީފަ އެވެ. އެކަމަކު އެޑިއުކޭޝަނުން ހަމަޖައްސާފައިވާ ގޮތުން, ދަރިވަރުންގެ ޗުއްޓީ ފެށޭނީ މިއަދުން ފެށިގެންނެވެ.

ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް 2020ވަނަ އަހަރު ގެނަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު، އަހަރުގެ ފަހުކޮޅަށް ނުނިންމައި، އަހަރުގެ ޖޫންއާ ހިސާބަށް އިތުރުކުރުމެވެ. އެއާއެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ހަމަޖެއްސުމެވެ.

ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތަކުގައި އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ ހަތް ވަނަ ދުވަހު އެވެ.

ދިރާސީ އަހަރުގެ ޗުއްޓީ އާއެކު, ކުރިއަށް އޮތީ ބޮޑު އީދު ކަމުން ކޮވިޑުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެއީ މި ދުވަސްވަރު ކޮވިޑް ފެތުރޭ މިންވަރު އިތުރު ވެފައި ވާތީ އެވެ.

ރާއްޖޭގެ ކޮވިޑް ހާލާތު

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 19 އިން 25 އާ ހަމައަށް މުޅި ރާއްޖޭން 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 528 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން 452 މީހެއްގެ އިތުރުން ސަފާރީތަކާއި ރިސޯޓްތައް ހިމެނޭހެން އެހެނިހެން ތަންތަނުން 222 މީހެކެވެ.

ވެއެތުވެދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35 ޕަސަންޓު މީހުންނެވެ. ސާމްޕަލް ޕޮޒިޓިވިޓީއަކީ އެތަނެއްގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް އެހީތެރިވެދޭ އެންމެ މުހިންމު އެއް ފެކްޓާ އެވެ.

އަނެއް ފެކްޓާއަކީ، ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދެެވެ. މިދިޔަ ހަފްތާއަށް ބަލާލި ނަމަވެސް ޖުމްލަ 51 މީހަކު ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ހަމައެއާއެކު ވޭތުވެދިޔަ ހަފްތާތެރޭގައި ކޮވިޑް ބަލީގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން އާންމުކުރި ތަފަސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޒުވާނުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox