ގްރޭޓާ މާލެ ސަރަހައްދުގައި ގިނަ ލަގްޒަރީ އެޕާޓްމަންޓް މަޝްރޫއުތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ތަރައްގީކޮށްފަ އެވެ. އޭގެ ތެރެއިންވެސް އެންމެ މަގުބޫލު ލަގްޒަރީ އެޕާޓްމަންޓްތައް ތަރައްގީކޮށްފައިވަނީ ހުޅުމާލޭގެ ފިތުރޯނު މަގުގަ އެވެ. ފިތުރޯނު މަގަކީ މަގުގެ ދެފަރާތުގައި ބޮޑެތި ހިޔާދޭ ގަސްތައް ހުރި ޖާގަ ތަނަވަސް މަގެކެވެ. އަދި ރާއްޖޭގައި އާންމުކޮށް ނުފެންނަ ފަދަ ހިތްގައިމުކަމެއް ހުރި ފިތުރޯނު މަގަކީ ފޮޓޯ އަދި ވީޑިއޯ ނެގުމަށް އާންމުންގެ މެދުގައި މަގުބޫލު ލޮކޭޝަނަކަށް ވަނީ ވެފަ އެވެ.
ފިތުރޯނު މަގަކީ ދިރިއުޅުމަށްވެސް ހަމަ އެހާމެ ފަސޭހަ ހިތްގައިމު ތަނެކެވެ. ފިތުރޯނު މަގުގައި ތާޒާ ތަރުކާރީއާއި މޭވާގެ ލޯކަލް މާރުކޭޓަކާއި, 24 ގަޑިއިރު ހިދުމަތްލިބޭ ޕެޓްރޯލް ޝެޑަކާއި ފިހާރަތަކާއި ބޭންކުގެ ހިދުމަތާއި އޭޓީއެމްތައްވެސް ހުރެ އެވެ. އަދި ފެރީ ޓާމިނަލްވެސް ހުންނަނީ ފިތުރޯނު މަގުގަ އެވެ.
އާރުސީސީ, ދަމާސް, ރެއިންބޯ އަދި ސެންޑަލް މޮރިޝަސް ފަދަ ކާމިޔާބު ރިއަލް އެސްޓޭޓް ކުންފުނިތަކުންވެސް ފިތުރޯނު މަގުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ވަނީ ތަރައްގީކޮށްފަ އެވެ. ފިތުރޯނު މަގަކީ ލަގްޒަރީ ދިރިއުޅުމަކަށް ރާއްޖޭން އެންމެ އެކަށޭނަ އެޕާޓްމަންޓްތަކާ ހިދުމަތްތައް ލިބެން ހުރިތަނެވެ.
ފިތުރޯނު މަގުގައި މިފަހަކަށް އައިސް އިފްތިތާހުކޮށްފައިވާ އެންމެ ތަފާތު ,ޒަމާނީ އަދި ލަގްޒަރީ އެޕާޓްމަންޓް މަޝްރޫއަކީ ސެންޑަލް މޮރިޝަސްއިން ތަރައްގީކޮށް ރެއިންބޯއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސޮލިޓެއާ އެވެ.
ހުސްވި ހަފްތާގައި ސެންޑަލް މޮރިޝަސްއިންވަނީ ސޮލިޓެއާގެ ބިންގާ އެޅުމަށް ރޯދަވީއްލުމަކާއެކު ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. ހައި ރައިސުން އޯގަނައިސް ކުރި މި ހަފްލާގައި ގިނަ އަދަދެއްގެ ހިއްސާދާރުންނާއި މީޑިއާ އަދި ކަސްޓަމަރުން ބައިވެރިވެފައިވެ އެވެ.
ސޮލިޓެއާ އަކީ ރާއްޖޭގެ ހައުސިން މާކެޓުގައި ވިދާލާނެ މަގުބޫލު ފަރުމާއަކަށް ތަރައްގީކުރާ ތަނެކެވެ.
ސޮލިޓެއާގައި 64 އެޕާޓްމަންޓާއި ހަތަރު ޕެންޓްހައުސް ހުންނާނެ އެވެ. ސޮލިޓެއާ ފަރުމާކޮށްފައިވަނީ ޒަމާނީ ގިނަ ވަސީލަތްތައް ހިމަނައިގެނެވެ. ސޮލިޓެއާގައި އިންފިނިޓީ ޕޫލަކާއި ކަވާޑް ޑެކެއް އަދި ޒަމާނީ ފެންވަރުގެ ޖިމްއެއް ހުންނާނެ އެވެ. މީގެ އިތުރުން ޕޫލް ކުޅޭ ތަނަކާއި ޕާޓީތަކަށް އެކަށޭނަ ބުފޭ ސެޓްއަޕް ކުރެވޭނެ ސަރަހައްދަކާއި ހޯމް ތިއެޓާ ސިސްޓަމެއް އެކުލެވޭ މުނިފޫހިފިލުވުމަށް ހާއްސަ ކްލަބްހައުސްއެއް ހުންނާނެ އެވެ. ސޮލިޓެއާގައި ކުޑަކުދިންގެ ޕޫލާއި ކުޅޭތަންތަންވެސް ހުންނާނެ އެވެ.
ގިނަ ވަސީލަތްތަކާއެކު ރީތި ފަރުމާއަކަށް ތަރައްގީކުރާ ތަނަކަށް ބޭނުންވެފައިވާ ކަސްޓަމަރުންގެ މެދުގައި ސޮލިޓެއާ ވަނީ މަގުބޫލުކަން ހޯދާފަ އެވެ.








