ގައުމީ ވޮލީބޯޅަ ލީގު: ސިފައިން ވެސް ބަލިކޮށް ސިޓީ ލީގު ހޯދުމާ ގާތަށް ޖެހިލައިފި

Jun 29, 2022, 1:52 PM
ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ވޮލީބޯޅަ ލީގުގައި ކުޅުނު ހަތަރު ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކުލަބް ސީދަ ތިން ސެޓުން ބަލިކޮށް ލީގު ހޯދުމުގެ ފުރުސަތު ސްޕޯޓްސް ކުލަބު ސިޓީ އިން ބޮޑުކޮށްފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވަ ހަމައެކަނި ޓީމަކީ ސިޓީ އެވެ. މި ސީޒަނުގެ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ އިން ވަނީ ޕޮލިސް ކުލަބު، އޮއްފު އެފްސީ، ގުޑީސް އަދި ސިފައިންގެ މައްޗަށް ވެސް ސިދާ ތިން ސެޓުން ކުރި ހޯދާފަ އެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު ލީގު ހޯދުމުގެ ފުރުސަތު ދެން އޮތީ ކުލަބު ވެމްކޯ އަށެވެ. އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައިވާ ވެމްކޯ އަށް ބާކީ ތިން މެޗު އެބައޮތެވެ. ކުރިއަށް އޮތް ތިން މެޗުވެސް އެ ޓީމުން ސީދާ ތިން ސެޓުން ކާމިޔާބުކުރަން ޖެހޭއިރު، އެންމެ ސެޓެއް އެ ޓީމަށް މި ތިން މެޗުން ގެއްލުނަސް ސިޓީއަށް ލީގު ޔަގީން ވާނެ އެވެ.

ލީގު ބުރުގެ ފަހު މެޗުގައި ސިޓީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. އޭގެ ކުރިން ވެމްކޯ މިރޭ ޕޮލިހާ ދެކޮޅަށް ކުޅޭ މެޗާއި، ހުކުރު ދުވަހުގެރޭ ގުޑީސް އާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން ސިޓީ އަށް ލީގު ޔަގީންވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

މެޗުގެ ތެރެއިން ސިޓީޣެ ކުޅުންތެރިންނާއި އޮފިޝަލުން މަޝްވަރާކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގައުމީ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ސީދާ ތިން ސެޓުން ސިޓީ އިން ކާމިޔާބުކުރިއިރު، މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-21، 25-18 އަދި 25-20 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ސިފައިން ރަނގަޅަށް ކުޅުނެވެ. އާދަމް ނަސީމް (އެޑަމް) އާއި ބިދޭސީ ކުޅުންތެރިޔާ، ޝޮން ޓީ ޖޯން ގެ ހަމަލާތަކުން ރަނގަޅު ޕޮއިންޓްތަކެއް ވެސް ހޯދިއެވެ. ނަމަވެސް ސިޓީ އިން މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ، ސެޓުގެ މެދުތެރެއިން ރަނގަޅު ލީޑެއް ނެގި އެވެ. އަނެއްކާ ވެސް ސިފައިން ޓީމުން ހިތްވަރު ދައްކައި އެއްވަރު ކުރިއެވެ.

ފުރަތަމަ ސެޓުގައި، 19-15 ގައި ސްކޯ އޮއްވައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ކުޅެން ނުކުމެ، ނެގި ބާރު ސާވިސްތަކުން ޕޮއިންޓް ހޯދައި 19-19 އިން އެއްވަރު ކުރި އެވެ. ދެން ފެނުނީ އަނެއްކާވެސް ސިޓީ އިން ތަފާތު ދެއްކި ތަނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި، ސިޓީގެ އިންޑިއާ ތަރި، ހަރްދީޕް ސިންގް ފޮނުވާލި ބާރު ހަމަލާތަކުން ސިޓީ މި ސެޓު 25-21 އިން ހޯދި އެވެ.

ދެ ވަނަ ސެޓު ފެށިގޮތަސް ސިޓީ ފެނުނީ ތަފާތު މޮޅުކޮށެވެ. އިންޑިއާގެ ސްޕައިކަރު، ވިނީތު ކުމާރުގެ ހަމަލާތަކާއި ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ބާރު ބޯޅަތައް ހުއްޓުވަން ސިފައިންނަށް އުނދަގޫވި އެވެ. ނަތީޖާ އެއްގެ ގޮތުން ބޮޑު ލީޑެއްގައި އޮވެ ކުޅެ ސިޓި މި ސެޓު 25-18 އިން ހޯދި އެވެ. މެޗުގެ ކޮންޓްރޯލް ނެގިފައި އޮތުމުން، ސިޓީ އަށް އިތުބާރު ބޮޑުކޮށް ކުޅެލަން ފުރުސަތު ލިބުނެވެ.

މެޗުގެ ފަހު ސެޓުގައިވެސް ލީޑުގައި އޮވެ ކުޅުނީ ސިޓީ އެވެ. މި ސެޓުގެ ފަހުކޮޅު ސިފައިން ޓީމުން ވަނީ ބިދޭސީ ދެ އެޓޭކަރުންގެ ބަދަލުގައި ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. ޑިފެންސަށް ބަލާއިރު ސިޓީ ޓީމުގެ ލިބަރޯ އަހުމަދު ނަބީލް (ނައްބަ) މި މެޗުގައި މޮޅަށް ކުޅުނެވެ. ފަހު ސެޓު ސިޓީ އިން ހޯދީ 25-20 އިންނެވެ.

ގައުމީ ލީގު ނިމުމަށްފަހު މި އަހަރުގެ ގައުމީ މުބާރާތުގެ ކުޅުން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރެވެ. ގައުމީ މުބާރާތަށް ކޮލިފައިވާނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox