ވޮލީ އަށް ހެޔޮ އެދެންޏާ އެންމެން އެއްބާރުލުން ދޭންޖެހޭ: ރިޝްވާން

Jun 29, 2022, 5:16 AM
އޮއްފުގެ ކޯޗު މުހައްމަދު ރިޝްވާން (ރިއްޗަޅޭ): އޭނާ ދެކޭގޮތުގައި ވޮލީ އާއިލާގެ ސަޕޯޓް ނުލިބި ކޮންމެ ބަދަލެއް ގެނައި ކަމަށް ވިޔަސް ކުޅިވަރު ކުރިއެއް ނާރާނެ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޮއްފުގެ ކޯޗު މުހައްމަދު ރިޝްވާން (ރިއްޗަޅޭ): އޭނާ ދެކޭގޮތުގައި ވޮލީ އާއިލާގެ ސަޕޯޓް ނުލިބި ކޮންމެ ބަދަލެއް ގެނައި ކަމަށް ވިޔަސް ކުޅިވަރު ކުރިއެއް ނާރާނެ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ވޮލީބޯޅަ އަށް ރަނގަޅު ބަދަލެއް ގެނެސް ބޭނުންވާ ކުރިއެރުންތައް ހޯދަން ބޭނުންވާ ކަމަށްވަންޏާ ވޮލީ އާއިލާގެ އެންމެންގެ އެއްބާރުލުން ދޭންޖެހޭ ކަމަށް އޮއްފު އެފްސީ އަދި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ރިޝްވާން ބުނެފި އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަން ކުރިއަށްދަނީ ޑްރާފްޓް ސިސްޓަމެއް މެދުވެރިކޮށް، އިންޑިއާގެ ޕްރައިމް ވޮލީބޯލް ލީގުގައި ކުޅޭ މޮޅު 18 ކުޅުންތެރިން ރާއްޖޭގެ ހަ ކްލަބަށް ބަހައިގެންނެވެ. އެއީ ޓީމަކަށް ބޭނުންވާ ތިން މަގާމަކަށް ބިދޭސީ ތިން ކުޅުންތެރިން ލިބޭ ގޮތަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނުން މި ކަހަލަ ގޮތެއްގައި ކުރާ ފުރަތަމަ ތަޖުރިބާ އެވެ. މި އަށް ބަދަލެއް ގެންނަން ޖެހޭ ކަންކަމުގެ ރިވިއުއެއް ސީޒަން ނިމުމުން ހަދާނެ ކަމަށް ވީއޭއެމުން ވެސް ވަނީ ބުނެފަ އެވެ.

ސިޓީ އަތުން އިއްޔެ ބަލިވި މެޗަށް ފަހު ރިޝްވާން ބުނީ ރެފްރީންގެ ނިންމުންތައް ހުންނަނީ ވަރަށް "އެއްބާރުލުން ކުޑަ" ގޮތަކަށް ކަމަށާއި މުބާރާތް ފެށުނުއިރުއްސުރެ މެޗުތައް ހަލާކުވެގެންދާ އެއް ސަބަބަކީ އެއީ ކަމަށެވެ.

"އެއްބާރުލުން ދީގެން މިކަން ކުރާކަށް ނޫޅޭ މިހާރު ޓީމުތައް ހަމަ ފުނޑެނީ، އަނގައިން ބުންޏަސް ކާޑު ދައްކަނީ، އެއްވެސް ކަަހަލަ ސަޕޯޓެއް ނުދޭ، މީތި އަސްލު ރަނގަޅުކުރަން ބޭނުންވަނީ ވޮލީ އަށް ޓަކައި، މިސާލަކަށް ނާދޭ މިތަނަކަށް ބަލާކަށް މީހަކު، މިތާނެތް 10 މީހުން ވެސް ހަމަނުވޭ، ފެށުންއިރު އޮތީ ތަންކޮޅެއް ރަނގަޅަށް، ވަރަށް ފޯރީގައި ދިޔަ އެއްޗެއް ބައެއް މީހުން އަސްލު މި ގޯސްކުރަން ވެގެން މަސައްކަތް ކޮށްފައި މި އޮތީ،" ރިޝްވާން ބުންޏެވެ.

"އެއްބާރުލުން ދޭން ޖެހޭ ހުރިހާ ފަރާތަކުން ވެސް މިކަން ކުރަން ބޭނުމިއްޔާ، ވޮލީ އަށް ހެޔޮ އެދެންޏާ އެންމެން އެއްބާރުލުން ދޭންޖެހޭ. މީގެ އަށް ވޮލީ ފެމިލީ އެބަޖެހޭ ސަޕޯޓް ދޭން. ދީގެން މިކަން ވާނީ، މިކަން ކަން އެބަޖެހޭ ރަނގަޅު ކޮށްލަން،"

ބައެއް ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިންނަށް އަނިޔާވެ ފޮނުވާލަން ޖެހުނުއިރު، މި ފަހަރު އުސޫލު ހަމަޖެހިފައިވާ ގޮތުން އަނިޔާވެގެން ކުޅުންތެރިއަކަށް ނުކުޅެވިއްޖެނަމަ ބަދަލުގައި ކުޅުންތެރިއަކު ނުލިބެ އެވެ. އެކަމަކު، ޒަރޫރީ ކަމެއްގައި އެނބުރި ގައުމަށް ދާން ޖެހުމުން ވެމްކޯގެ ސެޓަރު ރަންޖިތު ސިންގްގެ ބަދަލުގައި އެ ޓީމަށް ސެޓަރެއް ވަނީ ގެނެސްދީފަ އެވެ.

އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގައި އޮއްފު އިން ޖުމްލަ އަށް މެޗު ކުޅުނުއިރު މޮޅުވީ އެއް މެޗުންނެވެ. އޮއްފު އިން ލީގާ ކުރިމަތިލިއިރު، އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމަށް ގެނައި އިންޑިއާގެ ހުނަރުވެރި ކުޅުންތެރިޔާ، އަމިތު ގޫލިއާ އަށް އަނިޔާވެގެން ފޮނުވާލަން ޖެހުމެވެ.

"ވަރަށް ބޮޑަށް އިންޖަރީ އެބައުޅޭ، އަހަރެމެންގެ ވެސް އެއް ބޭރު މީހާ ފުރައިގެން އެ ދިޔައީ، ރިޕްލޭސްމަންޓެއް ވެސް ނުލިބުނު، މިއީ ދެން މި ފަހަރު ހެދިފައި އިން ގަވައިދު، ވެމްކޯ އަށް ވެސް އިންޖަރީ މައްސަލަ ދިމާވި، އެ މީހުންނަށް ކުޅުންތެރިއަކު ލިބިއްޖެ، ދެން، އަހަރެމެންނަށް އެ ވަރަށް ކުޅުންތެރިއަކު ހޯދަން ފައިޓް ނުކުރެވުނީ ކަންނޭނގެ،" ރިޝްވާން ބުންޏެވެ.

ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވުމުން އޮއްފު އަށް ދެން ގަދަ ހަތަރަކަށް ވަދެ، ގައުމީ މުބާާރާތަށް ކޮލިފައިވެވޭނެ ފުރުސަތު ކުޑަ އެވެ. އެކަމަކު، ރިޝްވާންގެ ވިސްނުމަކީ އެ ޓީމަށް ދެން އޮތް ދެ މެޗުގައި ޕޮލިސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބް އަތުން ކާމިޔާބެއް ހޯދަން ކުރެވެން ހުރި މަސައްކަތެއް ކުރުން ކަމަށެވެ.

ސިފައިންނާ ދެކޮޅަށް އޮއްފު ކުޅުނު މެޗުގައި އެ ޓީމުގެ ހުސެއިން ސައީދު (ސެންޑީ)ގެ ފަރާތުން ފެނުނު ކަންތައްތަކަށް ފަހު އޭނާ ވަނީ އިއްޔެ އޮއްފުން ސިޓީއާ ކުޅުނު މެޗަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދެން، ކުޅޭ ދެ މެޗުގައި ސެންޑީ އަށް ކުޅެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox