ހުލާސާކޮށް މަޖިލިސް: ވަޒީރާ ސުވާލުނުކޮށް އަނބުރާ ފޮނުވާލުން

މިއަދުގެ ޖަލްސާއަށް އަސްލަމް ހާޒިރުކޮށްފައި: އެހެންނަމަވެސް ސުވާލުކޮށްފައި ނުވޭ-- ފޮޓޯ: މަޖިލިސް

މިއަދުގެ ޖަލްސާއަށް އަސްލަމް ހާޒިރުކޮށްފައި: އެހެންނަމަވެސް ސުވާލުކޮށްފައި ނުވޭ-- ފޮޓޯ: މަޖިލިސް

މި ދައުރުގެ އެހެން ޖަލްސާތަކާ ހިލާފަށް، މިއަދު ފެނިގެން ދިޔައީ މަޖިލިސް ތަޅުން ވަރަށް ހޫނުކޮށެވެ. ރިޔާސަތުގެ ނިންމެވުމަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށްފަހު، އިދިކޮޅުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.

އިދިކޮޅު މެންބަރުން ހިތްހަމަ ނުޖެހުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ސިޔާސީ ބައެއް ބޭފުޅުންކަމަށް ބެލެވޭ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަރަހަނާ ފޮޓޯތައް އުފެދުނު ގޮތް ދަނެ ނުގަނެ، އެހެން މީހެއްގެ އަބުރަށް އުނިކަން އަންނާނެ ގޮތަށް ކަންކަން ކުރުން ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާ ހިލާފު ކަމަށެވެ.

އޭގެ ފަހުން އެޖެންޑާގައި އޮތީ މިނިސްޓަރާ ސުވާލުކުުރުމެވެ. މިއަދުގެ ޖަލްސާގައި ދެ ސުވާލެއް ކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައިވެ އެވެ. ދެ ސުވާލު ވެސް ކުރައްވަން ނޯޓިސް ފޮނުވާފައިވަނީ އިދިކޮޅުގެ މެންބަރުންނެވެ.

ފުރަތަމަ ސުވާލުކުރައްވަން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ފުރުސަތު ދެއްވުމުން، އޭނާ ވަނީ ކުއްލި މައްސަލަ އެޖެންޑާ ނުކުރުމުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ވާހަކަ ދައްކަވާފަ އެވެ.

ވަގުތު ހަމަވީއިރު ވެސް ސުވާލު ކުރައްވާފައި ނުވާތީ ރިޔާސަތުން ނިންމީ ދެ ވަނަ ސުވާލު ކުރަން ފުރުސަތު ދިނުމަށެވެ.

ދެ ވަނަ ސުވާލު ހުށަހަޅުއްވަން ދިން ފުރުސަތުގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ސުވާލުކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލިސް ތިޔަ ގެންދަނީ އިންސާފުވެރިކަމާއެކު ކަމަކަށް، އަޅުގަނޑު ނެތީން ވަޒީރާ ސުވާލުކުރާކަށް މިފަދަ މާހައުލެއްގައި،" ސައީދު ވިދާޅުވި އެވެ.

ސުވާލު ނުކުރަން ނިންމުމުން ވަޒީރު ވަނީ ޖަލްސާ ދޫކޮށް ވަޑައިގަންނަވާފަ އެވެ. އޭގެ ފަހުން މަޖިލިސް ވަރަށް ހޫނުވެގެން ދިޔައިރު، ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައި ވެސް ވެ އެވެ.

ހަތް ބިލެއް ކޮމިޓީއަށް، އިދިކޮޅުގެ މައްސަލަތައް ބޭރު

މިއަދުގެ ޖަލްސާގައި ވަނީ ގިނަ ބިލްތަކެއް ބަލައިގަތުމަށް ވޯޓަށް އަހާފަ އެވެ. ޖުމްލަ ހަތް ބިލެއް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުނި މެނޭޖު ކުރުމުގެ ބިލާއި ޖުޑިޝަލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހާއި ޔުޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް ހުށަހެޅި އިސްލާހާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހެވެ.

މަޖިލިސް ހާޒިރީ

ހާޒިރުވެވަޑައިގެންނެވީ: 25 މެމްބަރުން

ސަލާމުގައި: 00 މެމްބަރުން

މީގެ އިތުރުން ދެ ގައުމަކަށް ކަނޑައަޅާފައިވާ ނޮން ރެޒިޑެންޓް ސަފީރަކަށް ރުހުން ދިނުމަށް ވެސް ފާސް ކުރި އެވެ. އަދި އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތު ދިރާސާކޮށް 241 ކޮމިޓީން ފޮނުވި ރިޕޯޓު ވެސް ފާސްކޮށްފައިވެ އެވެ.

މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިދިކޮޅުން ހުށަހެޅި ބިލަކާއި ގަރާރެއް ބަލައި ނުގަނެ ބޭރުކޮށްލާފަ އެވެ.

މިއަދުގެ ފޮޓޯ

މިއަދުގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދު--
މިއަދުގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދު--

މިއަދުގެ ޖަލްސާގެ ތެރެއިން ރައީސް ނަޝީދު:

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox