ގައުމީ ވޮލީ ލީގު: އޮއްފު އަތުން މޮޅުވެ ޗެމްޕިއަން ސިފައިން ފޯމުގައި

Jun 27, 2022, 2:11 PM
ސިފައިންގެ ޓީމުގެ އާދަމް ނަސީމް ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޕޮލިހުގެ ސެޓަރު މާއްޓޭ މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ސިފައިންގެ ޓީމުގެ އާދަމް ނަސީމް ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޕޮލިހުގެ ސެޓަރު މާއްޓޭ މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް، މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން މިއަދު ހަވީރު ސީދާ ތިން ސެޓުން އޮއްފު އެފްސީ ބަލިކޮށްފި އެވެ.

ސިފައިން ވަނީ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކްލަބް ވެމްކޯ އަތުން ފަހަތުން އަރައި މޮޅުވެފަ އެވެ. ދެ ވަނަ މެޗު މެޗުން މިއަދު މޮޅުވިއިރު، މި ފަހަރު ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތީ ދެ ޓީމެކެވެ. އެއީ އެންމެ ފަހުން ބޭއްވި އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އާއި ސިފައިންނެވެ.

ސިޓީ އާއި ސިފައިންނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ވެމްކޯ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އޮއްފު، ޕޮލިސް ކްލަބް އަދި ގުޑީސް ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އޮއްފު ދެ މެޗު ކުޅުނުއިރު، ޕޮލިހާއި ގުޑީސް އަދި ކުޅުނީ އެންމެ މެޗެކެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ޕޮލިސް ކްލަބް ކުޅޭނީ ގުޑީސްއާ އެވެ.

ސިފައިންގެ ޝޯން ޓީ ޖޯން (ކ) އޮއްފުގެ ގުރޫ ޕްރަސަންތު އަތްމަތިން ޝޮޓެއް ފޮނުވާލަނީ--- ފޮޓޯ: އިމޭޖަސް.އެމްވީ

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބުން ގެންދިޔައީ 25-21، 25-23 އަދި 25-15 އިންނެވެ.

ވެމްކޯއާ ދެކޮޅަށް ފުރަތަމަ މެޗު ނިންމާލި ހިސާބުން ދެއްކި ހިތްވަރު، މިއަދުގެ މެޗުގައި ސިފައިންގެ ފަރާތުން މެޗު ފެށިގެން ފެނިގެންދިޔަ އެވެ. ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ޝޯން ޓީ ޖޯން މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގިނަ ޕޮއިންޓްތަކެއް ހޯދައިދީގެންނެވެ. ސިފައިންގެ ކެޕްޓަން، ސެޓަރު ހުސެއިން ޝާހިދު (ޝާޑު) ހިތްލައިދިން ބޯޅަތަކުގެ ބޭނުން އެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި ޝޯން ޓީ ޖޯންގެ އިތުރުން މަނޫ ޖޯސެފް ވެސް ވަނީ ރަނގަޅަށް ހިފައިފަ އެވެ.

ފުރަތަމަ ދެ ސެޓު ފަހުކޮޅާ ހަަމައަށް ދިޔައީ ވަރަށް ވާންކޮށެވެ. އޮއްފުގެ ސެޓަރު، އަލީ މައުރޫފް (މާއްޓޭ) ދިން ބޯޅަތަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ގުުރޫ ޕްރަސަންތު ވަނީ ރަނގަޅު ބޯޅަތަކެއް ފޮނުވާލައިފަ އެވެ. އޮއްފުގެ ބިދޭސީ އަނެއް ކުޅުންތެރިއާ، ޖޯން ޖޯސެފް ވެސް ރަނގަޅު ޝޮޓްތަކެއް ފޮނުވާލެވޭތޯ ބެލިއިރު، ސިފައިން ޑިފެންސް ބޯޅަތަކުގައި ވެސް މުހިންމު ވަގުތުގައި ވަނީ ކޮންފިޑެންސާ އެކު ކުޅެފަ އެވެ.

ސިފައިންގެ ލިބަރޯ، މުހައްމަދު މިމްރާހް ހަސަން (މިންމި) ވެސް ވަނީ ޑިފެންސް ބޯޅަތަކުގައި، ސެޓަރު ޝާޑުއާ ގުޅިގެން ޓީމުގެ ލީޑު ދަމަހައްޓައި، ސެޓުތައް ކާމިޔާބުކުރަން މޮޅަށް ކުޅެފަ އެވެ.

ފުރަތަމަ ދެ ސެޓާ ހިލާފަށް ސިފައިން ތިން ވަނަ ސެޓު ގެންދިޔައީ މާ ބޮޑު ޕްރެޝަރެއް ނެތި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ 20:30 ގައި ފަށާ މެޗުގައި ޕޮލިސް ކުޅޭނީ ގުޑީސްއާ އެވެ. އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗުގައި ޕޮލިހުން ގުޑީސް ބަލިކުރީ 3-2 ސެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox