ފްލެޓް ހިލޭ ދެނީ މާލެއިން 400 އަކަފޫޓުގެ ގޯއްޗެއް އޮވެ، ދޫކޮށްލުމުން

ތޮއްޖެހިފައިވާ މާލޭގެ ސަރަހައްދެއް-- ފޮޓޯ: އަދަދު

ތޮއްޖެހިފައިވާ މާލޭގެ ސަރަހައްދެއް-- ފޮޓޯ: އަދަދު

ހުޅުމާލޭގައި އިމާރާތް ކުރެވެމުންދާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 4000 ހައުސިން ޔުނިޓަށް ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ހިލޭ ލިބޭނީ މާލޭގައި 400 އަކަފޫޓުގެ ގޯއްޗެއް އޮވެ، އެ ގޯތި ސަރުކާރަށް ދޫކޮށްލާ މީހުންނަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

"ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.

އެ ދެ ސްކީމް މެދުވެރިކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތުގެ އުސޫލު ހިއްސާކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ބުނީ 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އޮންނަ މީހަކަށް ފްލެޓް ލިބިއްޖެ ނަމަ، އެ ބިން ސަރުކާރަށް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އެމީހާ ދޫކޮށްލާ ބިމަކީ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނަމަ އެ މީހަކު ފްލެޓްގެ ކުލި ދައްކަން ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމަ އެގޮތުން އެމީހާ ދައްކަން ޖެހޭނީ މެއިންޓެއިނަންސް ފީ ނުވަތަ އިންޝުއަރަންސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެކަނި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ބިން ދޫކޮށްލާ މީހަކަށް އެ މީހަކު ދޫކޮށްލާ ބިމުގެ އަކަފޫޓަކަށް 3،500ރ. ޖެހޭ އަދަދު ފްލެޓްގެ އަގުން އުނިކޮށްދޭނެ. ބާކީ ފްލެޓްގެ އަގު ދައްކަން އޮންނަ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ،" މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މިއަދު ބުންޏެވެ. އަދި އަންނަ އަހަރު މެދުތެރޭ ރަޖިސްޓްރީ ހަވާލު ކުރެވޭ ވަރު ވާނެ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ފްލެޓްތަކުގެ އަގު އެންމެ ބޮޑުވެގެން ދޭނީ، މަހަކު 7000-8000ރ. އަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox