މާލޭ މީހުންނަށް ގޯއްޗާއި ފްލެޓު ލިބޭ އުސޫލު އާންމުކޮށްފި

ގުޅީފަޅު--

ގުޅީފަޅު--

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައި އެކަމުގެ އުސޫލު އާންމުކޮށްފި އެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިދިޔަ އޭޕްރިލް މަހު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

އެގޮތުން، ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އެ ދުވަހު އިއުލާނުކުރެއްވި އެވެ.

އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

"ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓާއި ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވީ ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. ގޯތި ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"ގެދޮރުވެރިޔާ"ގެ ނަމުގައި އޮންލައިން ޕޯޓަލް ތައާރަފުކޮށް މާލޭ މީހުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފަ އެވެ. އެ ދެ ސްކީމް މެދުވެރިކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތުގެ އުސޫލު ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ.

ފްލެޓު ހޯދުމަށް އެދޭ މީހުންގެ ޝަރުތު:

  • ދިވެއްސަކަށްވުން
  • 18 އަހަރު ފުރިފައިވުން
  • މާލޭގެ ރަށްވެއްސަކަށްވިތާ 15 އަހަރުވެފައިވުން ނުވަތަ މާލޭގައި އުޅޭތާ 15 އަހަރުވެފައިވުން
  • އެޕްލިކެންޓާއި ކޯ-އެޕްލިކެންޓަކީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް އޮތް މީހަކަށް ނުވުން
  • ފޯމު ހުށަހަޅާ މީހަކީ އެ ހުށަހަޅާ ތާރީހާ ހަމައަށް މައި އެޕްލިކެންޓް ވޭތުވެދިޔަ 3 އަހަރު، މާލޭގައި ދިރިއުޅުމަށް 600 އަކަފޫޓު ނުވަަތަ އެއަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީފައި ނުވަތަ ވިއްކާފައިވާ މީހަކަށް ނުވުން
  • ގޯއްޗަށް ލާ މީހަކީ ޕްރައިވެޓް ރިއަލްއެސްޓޭޓުން 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައި ނުވަތަ ވިއްކާފައިވާ މީހަކަށް ނުވުން
  • މަހަކު ލިބޭ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑު ނުވުން.

ފްލެޓް ލިބޭ މީހުންނަށް ފްލެޓް ޕޮއިންޓް ދޭނެ ގޮތް:

  • މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލޭ ސަރަަހައްދުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް ނެތް ނަމަ (25 މާކްސް)
  • މައި އެޕްލިކެޓުންގެ 18 އަހަރުން ދަށުގެ ދަރިންނާއި ޝަރުއީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަމުންގެންދާ 18 އަހަރުން ދަށުގެ ކުދިން (25 މާކްސް)
  1. އެއީ: އެކެއް ނުވަތަ ދެ ކުދިންނަށް (12 މާކްސް)
  2. ތިން ކުދިން ނުވަތަ ހަތަރު ކުދިންނަށް (17 މާކްސް)
  3. ފަސް ކުދިންނާއި ހަ ކުދިންނަށް (23 މާކްސް)
  4. ހަތް ކުދިންނަށް ވުރެ އިތުރު (25 މާކްސް )
  • ދިރިއުޅުމުގެ ހާލަތު (25 މާކްސް)
  1. ދެމަފިރިން އެކަނި ދިރިއުޅުން (5 މާކްސް)
  2. ދެމަފިރިން ނޫން ދެ މީހުން އެއް ކޮޓަރީގައި ނިދުން (16 މާކްސް)
  3. ދެމަފިރިންނާއި ފަސް އަހަރުން ދަށުގެ ކުދިން އެކުގައި ނިދުން (1 މާކްސް)
  4. ހަތަރު މީހުން އެއް ކޮޓަރީގައި ނިދުން (23 މާކްސް)
  5. ފަސް މީހުންނަށް ވުރެ ގިނައިން އެއް ކޮޓަރީގައި ނިދުން (25 މާކްސް)
  6. ދިރިއުޅޭ ތަނުގައި ނިދުމަށް ވަކިން ހާއްސަ ކޮޓަރިއެއް ނެތުން (25 މާކްސް)
  • ބަދިގެ އާއި ލިވިންގް އޭރިއާ
  1. ކެއުން ބުއިން ހިމެނޭ ގޮތަށް ބަދިގެ ހިމެނޭ ބައި 180 އަކަފޫޓަށް ބޮޑު ނަމަ، އެއްވެސް މާކްސްއެއް ނުލިބޭ.
  2. ބަދިގެ ހިމެނޭ ގޮތަށް ލިވިން އޭރިޔާގެ ބޮޑުމިން 90 އަކަފޫޓާއި 180 އަކަފޫޓާ ދެމެދު ނަމަ (4 މާކްސް)
  3. ބަދިގެއާއި ލިވިން އޭރިއާ 90 އަކަފޫޓަށް ވުރެ ކުޑަ ނަމަ (8 މާކްސް)
  4. ކެއްކުމާއި ނިދުން ހަމަޖެހިފައި ވަނީ އެއް ކޮޓަރީގައި ނަމަ (12 މާކްސް)
  • ފާހާނާ
  1. ދެމަފިރިން އެކަނި އެއް ފާހާނާއެއް ބޭނުންކުރާ ނަމަ އެއްވެސް މާކްސްއެއް ނުލިބޭނެ
  2. ދެމަފިރިންނާއި ފަސް އަހަރުން ދަށުގެ ދަރިން އެކަނި އެއް ފާހާނާ ބޭނުންކުރާ ނަމަ (4 މާކްސް)
  3. ތިން މީހުން ނުވަތަ ހަތަރު މީހުން އެއް ފާހާނާ ބޭނުންކުރާ ނަމަ (6 މާކްސް)
  4. ފަހެއް ނުވަތަ ހަ މީހުން އެއް ފާހާނާއެއް ބޭނުންކުރާ ނަމަ (8 މާކްސް)
  5. އަށް މީހުންނަށް ވުރެ ގިނައިން އެއް ފާހާނާއެއް ބޭނުންކުރާ ނަމަ (13 މާކްސް)
  • ހާއްސަ އެހީއަށް ބޭނުންވާ މީހެއް އާއިލާގައި ހުރި ނަމަ (10 މާކްސް)

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ޝަރުތުތައް:

  • މާލޭ މީހަކަށްވުން
  • 18 އަހަރުވެފައިވާ މީހަކަށްވުން
  • މާލޭ ސިޓީގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހަކަށްވުން
  • މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ ނަމަ އެތަން އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ މީހަކަށްވުން
  • ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށް ނުވުން
  • މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ވާރުތައިން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން
  • މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށްދީފައި ނުވަތަ ދޫކޮށްލާފައި ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން

ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ބަލަނީ ހަ ކެޓަގަރީ އަކަށެވެ. އޭގެ ތެރެއިން އިސްކަން ދޭން ކެޓަގަރީތަކެއްވެސް ހުރެ އެވެ.

  • C1 ތިމާގެ ނަމުގައި މާލެ ސަރަޙައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް އަދި ވާރުތައިން ވެސް މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް
  • C2 ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް
  • C3 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް
  • C4 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް، މާލެ ސަރަހައްދުން ވާރުތައިން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް
  • C5 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް
  • C6 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް

ގޯއްޗަށް އެދޭއިރު އެކަކަށް ވުރެ ގިނަ މީހުން ގުޅިގެން ވެސް ފޯމު ހުށަހެޅިދާނެ އެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. ހަތް މީހުންނަށްވުރެ އިތުރަށް މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަކަށް ލިބޭނީ 4000 އަކަފޫޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox