ޕީޕީއެމް ކައުންސިލަށް ނުހޮވުނު ބައެއް މީހުން ޕީއެންސީ ކައުންސިލަށް

ޕީޕީއެމުން ބޭއްވި މުޒާހަރާއެއް: ޕީޕީއެމް ކައުންސިލަށް ނުހޮވުނު ފަރާތްތައް ޕީއެންސީ ކައުންސިލަށް ވަނީ އައްޔަންކޮށްފައި - ފޮޓޯ: އަދަދު ފައިލް

ޕީޕީއެމުން ބޭއްވި މުޒާހަރާއެއް: ޕީޕީއެމް ކައުންސިލަށް ނުހޮވުނު ފަރާތްތައް ޕީއެންސީ ކައުންސިލަށް ވަނީ އައްޔަންކޮށްފައި - ފޮޓޯ: އަދަދު ފައިލް

ޕީޕީއެމް ކައުންސިލަށް ވާދަކޮށް ނުހޮވުނު އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ ބައެއް މީހުން ޕީއެންސީ ކައުންސިލަށް އައްޔަން ކުރަން އެ ޕާޓީގެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިންމައިފި އެވެ.

ޕީއެންސީގެ ކައުންސިލްގައި މިހާރު ތިބި މެންބަރުން އެއްވެ ބޭއްވި ބައްދަލުވުމަކުން އެ ކައުންސިލަށް 19 މެންބަރަކު ވަނީ އައްޔަންކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ވެސް ޕީޕީއެމް ކައުންސިލަށް ކުރިމަތިލުމަށް ފަހު އެ އިންތިހާބުން ނާކާމިޔާބުވި މީހުނެވެ.

"[ޕީޕީއެމް ކައުންސިލުން ނާކާމިޔާބުވި] އެ މީހުން ވަނީ ޕީއެންސީއަށް ސޮއިކޮށްފައި، ދެން ޕީއެންސީގެ ކައުންސިލުން ބޭއްވި ބައްދަލުވުމަށް ނަންތައް ހުށަހަޅައިގެން، ކައުންސިލްގައި މިހާރު ތިބި މެންބަރުންގެ އިއްތިފާގުން ފާސްކުރީ ކައުންސިލަށް އައްޔަން ކުރަން،" ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހަށް ވިދާޅުވި އެވެ.

Advertisement

ހީނާ ވިދާޅުވި ގޮތުގައި އެއީ ޕީއެންސީ ކައުންސިލްގައި ހުސްވެފައިވާ 19 ޖާގައެކެވެ. އޭގެ ތެރެއިން ޕީއެންސީ ކައުންސިލަށް އައްޔަން ކުރި 17 މީހުންނަކީ ޕީޕީއެމް ކައުންސިލަށް ކުރިމަތިލައިގެން ނާކާމިޔާބުވި މީހުންނެވެ.

މި 19 މެންބަރުންގެ އިތުރަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މުފީދް (ހިސްޓޯ) ވެސް އައްޔަން ކުރި އެވެ. އޭނާއަކީ ވެސް ޕީޕީއެމް ކައުންސިލަށް ކުރިމަތިލައިގެން ނާކާމިޔާބުވި ބޭފުޅެކެވެ.

ޕީއެންސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމުން ވަކިކުރުމަށް ފަހު އެ މައްސަލާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އޭރު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެގެން އުފެއްދި ޕާޓީއެކެވެ. ކޯޓު މަރުހަލާ ނިމި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ލިބުމުން ވެސް ޕީއެންސީ ބޭއްވި އެވެ.

މިހާރު އެއް އޮފީހެއްގައި ދެ ޕާޓީ ހިންގަމުން އަންނަނީ އެއްކޮށެވެ. ދެ ޕާޓީގެ ޖޮއިންޓް ކައުންސިލެއް ވެސް އޮވެ އެވެ. ދެ ޕާޓީގެ ހަރަކާތްތަކާއި ނިންމުންތައް އެ ޖޮއިންޓް ކައުންސިލުން ވެސް ނިންމަ އެވެ. ދެ ޕާޓީގެ ދެމެދުގައި ވަނީ ކޯލީޝަން އެއްބަސްވުމެއް ވެސް ގާއިމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox