ވޮލީ ގައުމީ ލީގު ފަށާނީ ވެމްކޯ އާއި އޮއްފު ބައްދަލުކުރާ މެޗުން

Jun 25, 2022, 7:45 AM
އެސޯސިއޭޝަން ކަޕްގައި ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެސޯސިއޭޝަން ކަޕްގައި ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ވޮލީ ލީގު ކްލަބް ވެމްކޯ އާއި އޮއްފު އެފްސީ ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ގައުމީ ލީގު ކުޅޭނީ އެއް ބުރަށެވެ. އެ ގޮތުން މި މުބާރާތުގައި ވާދަކުރާނީ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ވާދަކުރި ހަ ޓީމެވެ. އެއީ އޮއްފު އާއި ވެމްކޯގެ އިތުރުން އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ، ގުޑީސް ސްޕޯޓްސް ކްލަބް، ޕޮލިސް ކްލަބް، އަދި އެންމެ ފަހުގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕަށް ފަހު ގައުމީ ވޮލީ ލީގުގެ ކުރިން ދިވެހި ކުޅުންތެރިންނަށް ޓީމު ބަދަލުކުރެވެ އެވެ. އެކަމަކު، މި ފަަހަރުގެ ވޮލީބޯޅަ ސީޒަން ކުރިއަށްދަނީ ބިދޭސީ ކުޅުންތެރިން އެސޯސިއޭޝަން މެދުވެރިކޮށް، "ޑްރާފްޓް ސިސްޓަމް" އެއްގެ ތެރެއިން ޓީމުތަކަށް ހަމަޖައްސައިދީގެން ކަމަށްވާތީ، ޓީމެއްގެ ކުޅުންތެރިއަކު އިންޖަރީއެއް ވިޔަސް އާ ކުޅުންތެރިއަކު ގެނެވޭ ގޮތަށް ގަވާއިދު ތަން ނުދެ އެވެ. އެސޯސިއޭޝަން ކަޕްގައި ތިން ޓީމެއްގެ ތިން ބިދޭސީ ކުޅުންތެރިއަކަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.

އިންޑިއާގެ ޕްރައިމް ލީގުގައި ކުޅޭ ފެންވަރު ރަނގަޅު 18 ކުޅުންތެރިންނާ އެކު ޓީމުތަކުން މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅޭއިރު، މެޗުތައް ދަނީ ވާދަވެރިކޮށެވެ. ގިނަ ޓީމުތަކުގެ ކޯޗުން ފާހަގަކުރާ ގޮތުގައި ކޮންމެ މެޗެއް ވާދަވެރިކޮށް ކުރިއަށްދާތީ، އެއްވެސް ޓީމަކަށް ވަކި މެޗެއް ފަސޭހަކޮށްލެވެން ނެތެވެ. ފޯރިގަދަ ވޮލީބޯޅަ ސީޒަނެއް ކުރިއަށް ދިއުމަކީ ވޮލީ ކުރިއަށް ގެންދަން ލިބޭ ފަސޭހައެއްގެ ގޮތުގައި ވީއޭއެމުން ދެކެ އެވެ.

ގައުމީ ލީގު މިއަދު ހަވީރު ވެމްކޯ އާއި އޮއްފުގެ މެޗުން ފަށާއިރު، މިރޭ، 20:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިޓީ އާއި ގުޑީސް އެވެ. ލީގުގެ މެޗުތައް އަންނަ މަހު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. އެ އަށް ފަހު ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ މުބާރާތް އޮންނާނީ އަންނަ މަހުގެ 4-7 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox