ބިންހެލުމަށް ފަހު އަަފްގާނިސްތާނުން އެހީއަށް އެދެފި

ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ގެޔެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ ގެޔެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބުދަ ދުވަހު 6.1 މެގްނިޓިއުޑް ބާރު މިނުގައި އަފްގާނިސްތާނަށް އައި ބިންހެލުމަށް ފަހު އެ ގައުމުގެ ތާލިބާން ސަރުކާރުން އެހީއަށް އެދެފި އެވެ.

މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1،500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަަށް އޮފިޝަލުން ބުނެ އެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އިރުދެކުނުގައި އޮންނަ ޕަކްތިކާ ޕްރޮވިންސަށެވެ. އދ. އިން ދަނީ ވަގުތީ ހިޔާ އާއި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުރަސް އެޅިފައި ވަނީ ވަަސީލަތްތައް މަދުވުމާ އެކު ބޯކޮށް ވާރޭ ވެހެމުން ދާތީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބައެއް އަވަށްތައް ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. މިއީ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނަށް އައި އެންމެ ބޮޑު ބިންހެލުމެވެ.

ބިންހެލުން އަައީ ހޯސްތު ސިޓީއާ 44 ކިލޯމީޓަރު ދުރުންނެވެ. އޭގެ އަސަރު ޕާކިސްތާނާއި އިންޑިއާގެ ބައެއް ހިސާބުތަކަށް ވެސް ކުރި އެވެ.

އިންސާނީ އަދި އިގްތިސާދީ ކާރިސާއެއްގައި އޮތް އަފްގާނިސްތާނަށް މި ވަރުގެ ބޮޑު ބިންހެލުމަކާ އެކު ރައްޔިތުންނަށް އެހީވެވޭނެ ގޮތެއް ނެތެވެ.

ތާލިބާނުންގެ އިސް އޮފިޝަލް އަބްދުލް ގަހާރް ބަލްކީ ބުނީ ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން އެހީވި ނަމަވެސް، އިތުރު އެހީ ބޭނުންވާ ކަމަށެވެ.

"އެހީ އިތުރު ކުރަން ޖެހޭ. މިއީ ވަރަށް ބޮޑު ބިންހެލުމެއް. މި ވަރުގެ ބިންހެލުމެއް ނާންނަތާ އެތައް އަހަރެއް ވެއްޖެ،" އޭނާ ބުންޏެވެ.

އަފްގާނިސްތާން އޮންނަ ސަރަހައްދަށް ވަރަށް ގިނައިން ބިންހެލުން އާދެ އެވެ. އެގޮތުން 2015 ވަނަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމެއްގައި ޕާކިސްތާނާއި އަފްގާނިސްތާނުން 380 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox