އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 920 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ ރަށްފުށުގެ އަވަށެއްގައި ގެތައް ބިމާ ހަމަވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އަފްގާނިސްތާނުގެ ރަށްފުށުގެ އަވަށެއްގައި ގެތައް ބިމާ ހަމަވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ގަރްދޭޒް، އަފްގާނިސްތާން (ޖޫން 22) - އަފްގާނިސްތާނުގެ ރަށްފުށުގެ ހިސާބަކަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 920 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އަފްގާނިސްތާނުގެ ކާރިސާތަކާ ބެހޭ މިނިސްޓަރު ބުނީ މަރުވި މީހުންގެ އަދަދު 920 އަށް އަރާފައިވާ ކަމަށެވެ. އޭގެ ކުރިން ލަފާކުރި އަދަދަކީ 300 އެވެ.

"އެތައް ސަތޭކަ ގެތަކެއް ބިމާ ހަމަވެ، 300 މީހުން ޝަހީދުވެގެން ހިނގައްޖެ. އަދި 500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ،" އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބާތުﷲ އަހުންދްޒާދާގެ ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުތައް މަތިވާނެ ކަމަށް ބެލެވެ އެވެ. އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭތޯ މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޔާން ނެރުނުތާ އިރުކޮޅެއް ފަހުން ކާރިސާތަކާ ބެހޭ މިނިސްޓަރު ބުނީ މަރުވި މީހުންގެ އަދަދު 920 އަށް ވުރެ މަތިވެފައިވާ ކަަމަށެވެ.

"މިހާތަނަށް ހުރި މައުލޫމާތަށް ބަލާއިރު 920 މީހުން ޝާހީދުވެ، 600 މީހުންނަށް ވަނީ އަނިޔާވެފައި،" ޝަރަފުއްދީން މުސްލިމް ބުންޏެވެ.

އެ ބިންހެލުން އައީ 5.9 މެގްނިޓިއުޑް ބާރުމިނުގަ އެވެ. ބިންހެލުން އައި އިރުމަތީ ސަރަހައްދަކީ ވަރަށް ފަގީރު އަދި އިންފްރާސްޓްރަކްޗާ މަދު ހިސާބެކެވެ.

ސޯޝަލް މީޑިއާގައިި ދައުރުވާ ވީޑިއޯ އާއި ފޮޓޯއިން ފެންނަނީ ޗަކައިން ބިނާކޮށްފައިވާ ގެތަކަށް ގެއްލުންވެފައިވާ މަންޒަރެވެ. ބައެއް މީހުން އަސްކަރީ ހެލިކޮޕްޓަރެއްގައި ސަަލާމަތް ކުރާ މަންޒަރު ވެސް ފެނެ އެވެ.

އަފްގާނިސްތާން އޮންނަ ސަރަހައްދަށް ވަރަށް ގިނައިން ބިންހެލުން އާދެ އެވެ. އެގޮތުން 2015 ވަނަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމެއްގައި ޕާކިސްތާނާއި އަފްގާނިސްތާނުން 380 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox