ދިވެހީންގެ ދަތުރުފަތުރުގެ ވައްޓަފާޅި މިހާރު މިވަނީ މުޅިން ބަދަލު ވެފަ އެވެ. ޗުއްޓީއަށް އަހަރެމެން މިހާރު ދަނީ އެތެރެ ވަރީން ބޭރަށެވެ. ތުރުކީއެއާއި ދުބާއީއާއި ޔޫރަޕުގެ ޓުއާތަކަށެވެ. އާންމުކޮށް ގޮސް އުޅުނު އިންޑިއާގެ ކެރަލާއިން ބޭރުވެ، އުތުރަށެވެ. ތައިލެންޑުގެ ބެންކޮކަށް ގޮސް ދެކުނުގެ ޕުކެޓަށާއި ކްރާބީ ޖަޒީރާތަކަށެވެ. މިއީ ކުރާ ދިގު ދަތުރުތަކެކެވެ. ބައެއް ދަތުރުތަކުގައި އެއް ފްލައިޓަށް ވުރެ ގިނަ ފްލައިޓު ވެސް ނަގަން ޖެހެ އެވެ.
މިފަދަ ދަތުރެއްގައި އުޅެނިކޮށް ކޮންމެވެސް ސަބަބަކާ ހެދި ފްލައިޓެއް މިސްވެއްޖެ ނަމަ އެ ކުރިމަތިވަނީ ބޮޑު ދައްޗަކާ އެވެ. ގެއްލުމަކާ އެވެ. އާއިލާ ނުވަތަ ރަހުމަތްތެރިންނާއެކު ހިތްހަމަޖައްސާލަން ރޭވި ދަތުރުގެ ޕްލޭނަށް ބަދަލު އަތުވެދާނެ ފަދަ ކަންކަމެވެ. އެކަމަކު ހާސްނުވާށެވެ. ދަތުރަށް ފުރީ އަޔާދީ ތަކާފުލްގެ ޓްރެވަލް ތަކާފުލްއެއް ނަގައިގެން ކަމުގައި ވާ ނަމަ ލިބޭނީ ތަސައްލީއެކެވެ.
ޑިޕާޗާ ފްލައިޓު ނުވަތަ ދާން އުޅޭ މަންޒިލަށް ވާސިލުވުމަށް ނަގަންޖެހޭ ކަނެކްޓިން ފްލައިޓު މިސްވުމުން ކުރިމަތިވާ ގެއްލުމަކީ އަޔާދީގެ ޓްރެވަލް ތަކާފުލް ޕްލޭނުން ކަވަރުކޮށްދޭ ބޭސިކް ކަވަރޭޖެކެވެ. މި ޓްރެވަލް ޕްލޭނުގައި ތިން ގިންތިއެއް ހިމެނެ އެވެ.
އެއީ އޭޝިއާ ބައްރު ހިމެނޭ "ކޮންޓިނެންޓަލް"، އެމެރިކާއާއި ކެނެޑާ ފިޔަވާ ހުރިހާ ގައުމެއް ހިމެނޭ "އެލީޓް" އަދި ދުނިޔޭގެ ހުރިހާ ގައުމެއް ހިމެނޭ "ޕްރިމިއާ" ގިންތި އެވެ. މިއިން ކޮންމެ ގިންތިއަކުން ވެސް އެކަށީގެންވާ ސަބަބަކާއެކު ފްލައިޓު މިސްވެއްޖެ ހާލަތެއްގައި އެކަމަށް މާލީ ބަދަލު ފޯރުކޮށްދޭނެ އެވެ. އެގޮތުން "ކޮންޓިނެންޓަލް" ގިންތީގައި 300 ޑޮލަރާ ހަމައަށް އަދި ބާކީ ދެ ގިންތީގައި 500 ޑޮލަރާ ހަމައަށް ބަދަލު ލިބޭނެ އެވެ.
އަޔާދީގެ ޓްރެވަލް ތަކާފުލްގައި މި ނޫނަސް އެހެނިހެން ބައިވަރު ކަވަރޭޖުތައް ހިމެނެ އެވެ. އެގޮތުން ދަތުރު ކެންސަލްވުން، ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ކުރަންޖެހުން، ޖިސްމާނީ އަނިޔާއެއް ވުން، ބެގޭޖު ޑިލޭވުން ނުވަތަ ބެގޭޖާއި އަމިއްލަ މުދާ ގެއްލުން، ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ގެއްލުން އަދި ދަތުރު ޑިލޭވުން ފަދަ ކަންކަން ހިމެނެ އެވެ.

ޓްރެވަލް ޕްލޭނެއް އޮއްވާ މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކަމަކަށް ކަނޑައެޅިފައިވާ ލިމިޓުތަކާ އެއްގޮތަށް ގާތްގަނޑަކަށް 100,000 އާއި 340,000 ޑޮލަރާ ދެމެދުގެ ކަވަރޭޖު ލިބޭނެކަމުގެ ޔަގީންކަން އޮންނާނެ އެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލްއަކީ އަގުހެޔޮ، އޭގެ ފައިދާ ބޮޑު އަދި ގަތުމަށް ފަސޭހަ އެއްޗެކެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީއާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.
އެލައިޑްގެ އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށް އޮންލައިންކޮށް ނަގާލެވޭނެ އެވެ. ދަތުރުކުރާ މަންޒިލާއި ދަތުރުގެ ތާރީހާއި ދަތުރުގައި ހިމެނޭ ބައިވެރިންގެ އުމުރު ޖަހާލުމުން، ޓްރެވަލް ތަކާފުލްގެ ތިން ގިންތީގެ އަގުތައް ލިބޭނެ އެވެ.
ދަތުރަށް ފުރުމުގެ ކުރިން އަޔާދީގެ ޓްރެވަލް ޕްލޭން ނަގާފައިވާނަމަ ދަތުރެއްގެ މަތީގައި އުޅޭ އިރު ދިމާވެދާނެ ކުއްލި ދަތި ހާލަތަކާއި އެކަނި ކުރިމަތިލާކަށް ނުޖެހޭނެ އެވެ. އަޔާދީގެ ޓްރެވަލް ޕްލޭން ނަގާލުމަކީ ދަތުރަށް ފުރުމުގެ ކުރިން، ދަތުރުގެ ތެރެއިން ދިމާވެދާނެ އެކި ކަންކަމުން ސަލާމަތްވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރައްކާވެތިބިއްޔާ ދަތުރެކެވެ.











