އެންމެ ފަހުން ބާ އިމްތިހާން ނޮވެމްބަރު މަހަށް ފަސްކޮށްފި

ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބާ އިމްތިހާން ނޮވެމްބަރު މަހަށް ފަސްކުރަން ވަނީ ނިންމާފައި - ފޮޓޯ: ބާ ކައުންސިލް

ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބާ އިމްތިހާން ނޮވެމްބަރު މަހަށް ފަސްކުރަން ވަނީ ނިންމާފައި - ފޮޓޯ: ބާ ކައުންސިލް

ކުރިން ވެސް ރާވާފައިވާ ގޮތަށް މި އަންނަ ހޮނިހިރު ދުވަހަށް ބާ އިމްތިހާން ބާއްވަން ނިންމާފައިވާ ނިންމުން ތަކުރާރުކޮށް ދެމެހެއްޓުމަށް ފަހު، އެންމެ ފަހުން އެ އިމްތިހާން އަންނަ ނޮވެމްބަރު މަހަށް ފަސްކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.

ބާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބާ އިމްތިހާންގެ ޝެޑިއުލަށް ބަދަލު ގެނެސް، އެ އިމްތިހާން ދެން އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމުގަ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓްރީވި ދަރިވަރުންގެ އިތުރަށް ރަޖިސްޓްރީވުމަށް ފަހު ނަން ނެގި ދަރިވަރުންނަށް ވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

މީގެ އިތުރަށް އެ ތާރީހަށް އިމްތިހާނުގައި ބައިވެރިވެވޭ އިތުރު ދަރިވަރުންނަށް ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް ވެސް ބާ ކައުންސިލުން މިރޭ ބުނެފައިވެ އެވެ.

މިއީ 2020 ވަނަ އަަހަރުން ފެށިގެން ބާ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުން ދިޔަ އިމްތިހާނެކެވެ. އަދި އޭޕްރީލް 23، 2020 ގައި އިމްތިހާނު ކުރެވޭ ދާއިރާތައް ބާ ކައުންސިލުން ގެޒެޓް ވެސް ކުރި އެވެ.

ނަމަވެސް, 2022 ވަނަ އަހަރުގެ މެދުތެރެއަށް އިމްތިހާން ފަސްކުރެވިފައިވާ ކަން ސެޕްޓެމްބަރު 2021 ގައި އިއުލާން ކުރި އެވެ. އަދި މި އަހަރުގެ މާޗު މަހު އެ އިމްތިހާން ޖޫން މަހުގެ 25 ވަނަ ދުވަހު އޮންނާނެ ކަން އިއުލާން ކޮށްފައިވެ އެވެ.

އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީ އަގުު ބޮޑުވުމެވެ. އެއީ 10،000ރ. ގެ ފީ އެކެވެ.

މި ކަންބޮޑުވުންތައް ދަރިވަރުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. ކޮމިޓީން ވެސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދިފަ އެވެ.

ބާ ކައުންސިލްގެ އާ އެކްސްކޯއެއް ވެސް އިންތިހާބުކޮށްފައިވާއިރު، އާ އިންތިހާބީ އެކްސްކޯގެ މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ވަނީ ވާހަކަ ދައްކައިފަ އެވެ. އެ މެންބަރުން ވެސް އެދިފައިވަނީ ބާ އިމްތިހާން ފަސްކޮށް އެ އެކްސްކޯގެ ބެލުމުގެ ދަށުން އިމްތިހާނު ބޭއްވޭ ގޮތަށް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox