"މިއަދުގެ ހަމަނުޖެހުމަކީ ބައިބައިވުން ބޮޑުވެ، ދިވެހިންނާއި ދިވެހިން ޖެހުމުގެ ކޮޅުމަތި"

Jun 21, 2022, 8:37 AM
ޔޯގާއާ ދެކޮޅު ހެދި މީހުން މިއަދު ދަނޑަށް ވަދެ، މީހުންނަށް ހަމަލާދީ ބިރުވެރިކަން އުފައްދަނީ: ތަޖުރިބާކާރުން ބުނީ މިއީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ކުރި ކަމަކަށް އެގޮތަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް -- ފޮޓޯ: އަދަދު

ޔޯގާއާ ދެކޮޅު ހެދި މީހުން މިއަދު ދަނޑަށް ވަދެ، މީހުންނަށް ހަމަލާދީ ބިރުވެރިކަން އުފައްދަނީ: ތަޖުރިބާކާރުން ބުނީ މިއީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ކުރި ކަމަކަށް އެގޮތަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް -- ފޮޓޯ: އަދަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި މިއަދު ހެނދުނު މާލޭގައި ހިންގި ނުރައްކާތެރި ހަމަނުޖެހުމަކީ ގައުމުގައި ދީނީ ބައިބައިވުން އުފެދި، ދިވެހިންނާއި ދިވެހިން ޖެހުމުގެ ކޮޅުމަތި ކަމަށް ބުނެ ތަޖުރިބާކާރަކު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޔޯގާއަކީ ޝިރުކު ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް، ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ވަނީ ބޮޑެތި ހަމަނުޖެހުން އުފައްދައި، ދުވަސް ފާހަގަ ކުރަމަށް ބޭއްވި ހަފްލާގެ ބައިވެރިންނާއި ފުލުހުންނަށް ވަރުގަދަ ހަމަލާތަކެއްދީފަ އެވެ.

"މިއީ ދިވެހިންތަކެއް ކަމެއް ކުރަނިކޮށް، އެތަނަކަށް ބަޔަކު ގޮސް ދީނުގެ ނަމުގައި އަރައިގަތް ފުރަތަމަ ފަހަރު. ސެންޓިމެންޓްސްތައް ހައި ވެގެން މިހާ ހިސާބަށް ދިޔުމަކީ ވަރަށް ސީރިއަސް ކަމެއް. ފިލައިގެން ތިބެ ކުރި ކަމެއް ނޫން. ވަރަށް ފާޅުގައި. ދީނީ ހަރުކަށި މީހުންގެ އެކަންޏެއް ވެސް ނޫން، އެހެން ބަޔަކު ވެސް އުޅުނު،" މި ނޫހާ ވާހަކަ ދައްކަވަމުން," ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ދިރާސާ ކުރައްވާ އާޒިމް ޒާހިރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ދދ
ދދ

މުޒާހަރާގެ ބައިވެރިޔަކު ޔޯގާ ހަދަން ދިޔަ ބިދޭސީއަކަށް ހަމަލާދެނީ: ފުލުހުން ވަނީ އެ ހަމަނުޖެހުމުގެ މައްސަލައިގައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައި -- ފޮޓޯ: އަދަދު

ގަލޮޅު ދަނޑު ތެރެއަށް މުޒާހަރާގެ ބައިވެރިން ވަނުމުގެ ކުރިން ޕޭމަންޓު ގާ ފުލުހުންނާ ދިމާލަށް އުކި އެވެ. ފުލުހުންގެ ސަފުތައް ފަޅާލައި ބެރިކޭޑުތައް ނަގައި އެއްލައިލި އެވެ. އަދި ދަނޑަށް ވަނުމަށްފަހު، ޔޯގާ ހަދަން ތިބި ބައެއް މީހުންނަށް ހަމަލާދީ، ކާނާ އަތުރާފައި ހުރި މޭޒުތައް ވައްޓާލައި، ދިވެހި ދިދަތަކަށް ވަނީ ގެއްލުންދީފަ އެވެ.

"ޔޯގާއަކީ ކޮންޓްރަވާޝަލް ކަމެއް. ރާއްޖޭގައި ދީނީ އެފަދަ ކަންކަމާ ބަސް ބުނާނީ އިސްލާމިކް މިނިސްޓްރީން އަދި ފަތުވާ މަޖިލީހުން. މިނިސްޓްރީން އެކަމާ އެއްޗެއް ނުބުނޭ، ފަތުވާ މަޖިލީހުން އެކަން މަނާކޮށްފައެއް ނެތް. ދެން ދިވެހިން ހިމެނޭ ގޮތަށް ބަޔަކު އެކަން ކުރަން ތިއްބާ އެގޮތަށް ގޮސް އަމިއްލައަށް އަރައިގަނެ ހަމަނުޖެހުން ހިންގީ މި އަލަށް،" އާޒިމް ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން."

މިއަދުގެ ހަމަނުޖުން ހިނގިއިރު އިނގިރޭސިވިލާތުގެ އެމްބެސެޑަރު ކެރަން ރޯސްލާ އާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް އާއި އިންޑިއާ އެމްބެސެޑަރު ޝްރީ މުނޫ މަހާވަރް އަދި ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ ޑެޕިއުޓީ އެމްބެސެޑަރުން ހުންނެވީ ޔޯގާ ދުވަސް ފާހަގަ ކުރާ އިވެންޓުގަ އެވެ. އެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު ހާޒިރުވެ ތިއްބެވި އެއްވެސް އިއްޒަތްތެރިއަކަށް އަނިޔާނުވާ ކަމަށްވެ އެވެ.

"ޓެރަރިޒަމްގެ ހަމަލާއަކަށް ނުވި ނަމަވެސް މިއީ ޓެރަރައިޒް ކުރުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ޔޯގާ ހުއްދަތޯ ނޫންތޯ އެއީ އެހެން ސުވާލެއް. އެކަމަކު ގަދަކަމުން އަރައިގަނެއް އެކަންތައްތައް ހުއްޓުވާކަށް ނޫޅެވޭނެ. ދިވެހިން ދިވެހިންނާ މި ޖެހެނީ،" މިއަދުގެ ހަމަނުޖެހުމާމެދު އާޒިމް ވިދާޅުވި އެވެ.

ހހހ
ހހހ

މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލަނީ: ދަނޑަށް ވަދެގަތީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަށްފަހު -- ފޮޓޯ: އަދަދު

މިއަދުގެ މުޒާހަރާގެ ބައިވެރިން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހައިފި ހުރި ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. އެ ދިދަތައް ނެރެފައި ވަނީ މިއަދު ހެނދުނު އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ އޮފީހުންނެވެ. މުޒާހަރާގައި ބޭނުން ކުރި ލައުޑްސްޕީކަރު ވެސް ނެރުނީ އެ އޮފީހުންނެވެ. އަދި އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެ މުޒާހަރާގައި އެކްޓިވްކޮށް ހަރަކާތްތެރިވި އެވެ.

"އާންމުންގެ ތެރޭގައި ވަރަށް ފުޅާކޮށް ކުރާ ކަމެއް. ޔޯގާ ހަދާ ތަންތަން ހުޅުވާފައި. ދެން އެކަހަލަ ތަންތަނަށް ވެސް ގޮސް އަރައިގަންނަންވީތޯ؟ ގާނޫނު އަމިއްލަ އަތް މައްޗަށް ނެގުން މިއީ. އެހެން ނުހެދޭނެ، އެއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ މިސާލަކަށް މިއުޒިކް ޝޯއެއް ބާއްވާއިރަށް ސްޓޭޖް މައްޗަށް އަރައިގަތުން ކަހަލަ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox