ހުލާސާކޮށް މަޖިލިސް: ދޮގު ވާހަކަ ދައްކާ ކަމުގެ ތުހުމަތާއެކު އީވާ އާއި ރޮޒެއިނާގެ ބަހުސެއް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ އަދި ރޮޒައިނާ--

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ އަދި ރޮޒައިނާ--

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިލާފުތަކަކީ މިހާރު ސިއްރެއް ނޫނެވެ. ދެ ފެކްޝަނަށް ތާއީދުކުރާ މެންބަރުންގެ މެދުގައި މަޖިލިސް ތަޅުމުގައި ވެސް އަބަދުވެސް އަންނަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ދެމެދު ބަހުސެއް ހިނގާފަ އެވެ.

އެގޮތުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ބަހުސް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަކަށް ހިތްހަމަނުޖެހިވަޑައިގެން، ރޮޒައިނާ ނިޒާމީ ނުކުތާ ނެންގެވި އެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި ޝިޔާމް ކުރެއްވީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެކެވެ.

"މި ތަނުގައި ނެތް މީހެއްގެ ވާހަކަ އަބުރު ކަތިލުމުގެ ބޭނުމުގައި ދޮގު ހަދައިގެން ދެއްކުމަކީ ހަގީގަތުގައި މަޖިލީހުގެ ގަވައިދު ވެސް ތަންދޭ ކަމެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ، އެ މައްސަލައަކީ ނިޒާމީ ނުކުތާއެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އީވާ ވަނީ ރޮޒައިނާ އިޝާރާތް ކުރެއްވި މަޖިލީހުގެ މާއްދާއެއް ކިޔައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"މަޖިލީހުގެ ގަވައިދުގައި ނޯންނާނެ ތެދުބަހުން ވާހަކަ ދައްކާކަށް، އެހެންވީމާ ނިޒާމީ ނުކުތާއެއް ނޫން ކަން މެންބަރަށް އެނގިވަޑައިގަންނަވާނެ،" އީވާ ވިދާޅުވި އެވެ.

އީވާގެ ޖަވާބަށް ރައްދު ދެއްވުމަށް ރޮޒައިނާ ވަނީ އިތުރު ނިޒާމީ ނުކުތާއެއް ނަންގަފައިވަ އެވެ. ވިދާޅުވީ ދޮގު ހެދުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގައި ދީނާ ހިލާފު ކަންކަން ނުކުރުމަށް އޮންނަ ކަމަށެވެ.

ރޮޒައިނާގެ ދެވަނަ ނިޒާމީ ނުކުތާއާ ގުޅިގެން، އީވާ ވިދާޅުވީ ގަވައިދުގައި އޮންނަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 26 މެމްބަރުން
  • ސަލާމުގައި: 03 މެމްބަރުން
  • ރަސްމީ ދަތުރުފުޅުގައި: 01 މެންބަރުން

އޭގެ ފަހުން ވެސް، މެންބަރު ޝިޔާމް ބަހުސް ކުރައްވަމުން ދިޔަ ވަގުތު އެކި ފަހަރު މަތީން ރޮޒައިނާ ވަނީ ނިޒާމީ ނުކުތާ ނަންގަވައިގެން ރައްދު ދެއްވާފަ އެވެ. އެހެންނަމަވެސް ރިޔާސަތުން އެއްވެސް ނިޒާމީ މައްސަލައެއް ބަލައިގެންފައެއް ނުވެ އެވެ.

މިއަދުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox