ވިމްބަލްޑަންގައި ކުޅުމުގެ ފުރުސަތު ހޯދަން ރަޝިއާ ކުޅުންތެރިއަކު ރަށްވެހިކަން ދޫކޮށްލައިފި

Jun 20, 2022, 4:37 AM
ނަޓޭލާ ޒަލަމީޑްޒޭ: ރަޝިއާގެ ޓެނިސް ކުޅުންތެރިޔާ، ނަޓޭލާ ވަނީ ވިމްބަލްޑަންގައި ކުޅެން ޖިއޯޖިއާގެ ރަށްވެހިކަން ހޯދާފައި.

ނަޓޭލާ ޒަލަމީޑްޒޭ: ރަޝިއާގެ ޓެނިސް ކުޅުންތެރިޔާ، ނަޓޭލާ ވަނީ ވިމްބަލްޑަންގައި ކުޅެން ޖިއޯޖިއާގެ ރަށްވެހިކަން ހޯދާފައި.

ލަންޑަން (ޖޫން 20) - މި މަހު ފަހުކޮޅު އިންގްލެންޑްގައި ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދަން، ރަޝިއާގެ ޓެނިސް ކުޅުންތެރިޔާ، ނަޓޭލާ ޒަލަމީޑްޒޭ ރަޝިއާގެ ރަށްވެހިކަން ދޫކޮށްލައި ޖިއޯޖިއާ ޕާސްޕޯޓް ހޯދައިފި އެވެ.

ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި، ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ މީހުންނާ މެދު އެންމެ ބޮޑަށް ފިޔަވަޅު އަޅަމުން އަންނަ އެއް ގައުމަކީ އިންގްލެންޑް އެވެ.

އެ ގޮތުގެ މަތިން، މި މަހު 27 ގައި އިންގްލެންޑްގައި ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް މިދިޔަ އޭޕްރީލް މަހު ވިމްބަލްޑަން ޓެނިސް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ވަނީ އިއުލާނުކޮށްފަ އެވެ. މިއީ އިނގިރޭސި ސަރުކާރުގެ ލަފާގެ މަތިން ނިންމި ނިންމުމެކެވެ.

ޓެނިސް މެޗެއްގެ ތެރެއިން ނަޓޭލާ.

މި ނިންމުމާ އެކު، ރަޝިއާގެ ގިނަ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރިއިރު، ނަޓޭލާ، 29، އިހުތިޔާރުކުރީ ތަފާތު މަގެކެވެ.

އާއިލީ ގޮތުން ޖިއޯޖިއާ އާއި ނަޓޭލާގެ ގުޅުން އޮތުމުން އޭގެ ބޭނުންހިފައި، އޭނާ ބަދަލުވީ ޖިއޯޖިއާ ރައްޔިތަކަށެވެ. ނަޓޭލާ މި ގޮތަށް ނިންމީ ވިމްބަލްޑަންގެ ޑަބަލްސް އިވެންޓްގައި ކުޅޭށެވެ. ނަޓޭލާ އާއި އޭނާގެ ޑަބަލްސް ޕާޓްނަރު، ސާބިއާގެ އަލެކްސަންޑަ ކްރުނިޗަކީ ދުނިޔޭގެ ރޭންކިންގެ 44 ވަނަ އެވެ.

ވިމްބަލްޑަން އިންތިޒާމްކުރާ ކޮމިޓީގެ ތަރުޖަމާނު މީޑިއާ އަށް ބުނީ ނަޓޭލާ ރަށްވެހިކަން ބަދަލުކޮށްފައިވާތީ، އޭނާ އަށް ވިމްބަލްޑަންގައި ކުޅެވޭނެ ކަމަށާއި ބައިނަލްއަގުވާމީ ޓެނިސް އިދާރާތަކުން ސާފުކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ކަމަށެވެ.

ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް ނިންމީ ވިމްބަލްޑަންގައި އެކަންޏެވެ. އަހަރުގެ ފަހު ގްރޭންޑްސްލޭމް މުބާރާތް، ޔޫއެސް އޯޕަން އިން ނިންމާފައިވަނީ ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިން ވާދަކުރަން ޖެހޭނީ ނިއުޓްރަލް ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox