ވަކީލުންގެ ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް ނިންމައިފި

ބާ ކައުންސިލްގެ އެކްސޯގެ ބައްދަލުވުމެއް: ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް އެކްސްކޯއިން ނިންމައިފި

ބާ ކައުންސިލްގެ އެކްސޯގެ ބައްދަލުވުމެއް: ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް އެކްސްކޯއިން ނިންމައިފި

ވަކީލު ކަމުގެ ލައިސަންސް ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނު ކުރިން ވެސް ތާވަލުކޮށްފައިވާ ތާރީހަށް ބަދަލެއް ނުގެނެސް ބާއްވަން ބާ ކައުންސިލްގެ އެކްސްކޯއިން ރޭ ނިންމައިފި އެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އިމްތިހާނާ ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެކްސްކޯއިން އިއްޔެ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަން ފާހަގަ ކުރި އެވެ. އެ ގޮތުގެ މަތިން މާޗު މަހު ވަނީ ޖޫން 25 ގައި އިމްތިހާން އޮންނާނެ ކަން އިއުލާން ކޮށްފަ އެވެ.

"...އެހެންކަމުން 25 ޖޫން 2022 ގައި ބޭއްވުމަށް އިމްތިޒާމު ކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވަނީ ކަނޑައަޅައިފަ،" ބާ ކައުންސިލްގެ އެކްސްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބާ ކައުންސިލުން ބުނީ އިމްތިހާނު ކުރެވޭނެ ގޮތް އެ ކައުންސިލުން ގެންދިޔައީ ދުރާލާ އަންގަމުން ކަމަށެވެ. އެހެންވުމާ އެކު ވެސް އިމްތިހާނު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކައުންސިލުން ބުންޏެވެ.

މިގޮތުން، 2020 ވަނަ އަހަރުން ފެށިގެން އެ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުންދާ އިމްތިހާނެއް ކަން ވެސް ބާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ އޭޕްރީލް 23، 2020 ގައި އިމްތިހާނު ކުރެވޭ ދާއިރާތައް ބާ ކައުންސިލުން ގެޒެޓް ކުރިކަމާއި، 2022 ވަނަ އަހަރުގެ މެދުތެރެއަށް އިމްތިހާން ފަސްކުރެވިފައިވާ ކަން ސެޕްޓެމްބަރު 2021 ގައި އިއުލާންކޮށް ދެވަނަ ފަހަރަށް ވެސް އިމްތިހާނު ކުރެވޭ ދާއިރާތައް ގެޒެޓްކުރިކަން ބާ ކައުންސިލުން ބުނެފައިވެ އެވެ.

މީގެ އިތުރުން ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވެސް މި އަހަރުގެ ޖެނުއަރީ މަހު 600 އަށް ވުރެ ގިނަ ދަރިވަރުންނާއި ގާނޫނީ ފަންނަށް ވަނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނޭ ޕްލެޓްފޯމެއްގައި ހިއްސާކޮށްފައިވާ ކަން ވެސް ބާ ކައުންސިލުން ފާހަގަ ކުރި އެވެ.

ބާ އިމްތިހާނާ ގުޅޭ މައްސަލައެއް ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ވަކީލުން ވަނީ ބާ އިމްތިހާނު ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެކަމަކު އެ އަމުރެއް ކޯޓުން ނެރެ ނުދިނެވެ.

އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ މިހާރު ކަނޑައަޅާފައިވާ ފީ އަގުު ބޮޑުވުމެވެ. އެއީ 10،000ރ. ގެ ފީ އެކެވެ.

މި ކަންބޮޑުވުންތައް ދަރިވަރުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. ކޮމިޓީން ވެސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދިފަ އެވެ.

ބާ ކައުންސިލްގެ އާ އެކްސްކޯއެއް ވެސް އިންތިހާބުކޮށްފައިވާއިރު، އާ އިންތިހާބީ އެކްސްކޯގެ މެންބަރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ވަނީ ވާހަކަ ދައްކައިފަ އެވެ. އެ މެންބަރުން ވެސް އެދިފައިވަނީ ބާ އިމްތިހާން ފަސްކޮށް އެ އެކްސްކޯގެ ބެލުމުގެ ދަށުން އިމްތިހާނު ބޭއްވޭ ގޮތަށް ހެދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox