އެސޯސިއޭޝަން ކަޕް: ގުޑީސް ތިން ސެޓުން ބަލިކޮށް ސިފައިން ޕްލޭއޮފަށް، ޕޮލިސް ކަޓައިފި

Jun 19, 2022, 4:38 PM
މިރޭ ގުޑީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިފައިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭ ގުޑީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ސިފައިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިރޭ ލީގު ބުރުގެ ފަހު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ ނަތީޖާއާ އެކު ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓައިފަ އެވެ. ފަސް ސެޓަށް ނުގޮސް ގުޑީސް އަތުން މިރޭ ސިފައިން ބަލިވިނަމަ ޕްލޭއޮފްގެ ޖާގަ ލިބެން އޮތީ ކުޅިބަލަން ތިބި ޕޮލިހަށެވެ. އެކަމަކު، ސިފައިން މޮޅުވުމުން، ޕޮލިސް ކަޓައި، ސިފައިންނަށް ވަނީ ޕްލޭއޮފްގެ ޖާގަ ލިބިފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފޯމެޓް ރޭވިފައިވާ ގޮތުން ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމެއް ދާނީ ސީދާ ފައިނަލަށެވެ. ދެ ވަނަ އާއި ތިން ވަނަ ޕްލޭއޮފެއް ކުޅޭއިރު، މޮޅުވާ ޓީމަކަށް ފައިނަލުގެ އަނެއް ޖާގަ ލިބޭނެ އެވެ.

ސިފައިންގެ ކެޕްޓަން ޝާޑު (ކ) އާއި އެޑަމް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލީގު ބުުރުގެ އެއް ވަނަ ހޯދައި ފައިނަލަށް ދިޔައީ ސިޓީ އެވެ. ޕްލޭއޮފްގައި އަންގާރަ ދުވަހުގެރޭ ސިފައިން ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކާއި ސިޓީ ކުޅޭ ފައިނަލް މެޗު އޮތީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.

ލީގު ބުރު ނިމުނުއިރު ޕޮއިންޓް ތާވަލު

ސްޕޯޓްސް ކްލަބް ސިޓީ (5 މެޗު) - 12 ޕޮއިންޓް

ކްލަބް ވެމްކޯ (5 މެޗު) - 11 ޕޮއިންޓް

ދިވެހި ސިފައިންގެ ކްލަބް (5 މެޗު) - 10 ޕޮއިންޓް

ޕޮލިސް ކްލަބް (5 މެޗު) - 7 ޕޮއިންޓް

އޮއްފު އެފްސީ (5 މެޗު) - 3 ޕޮއިންޓް

ގުޑީސް ސްޕޯޓްސް ކްލަބް (5 މެޗު) - 2 ޕޮއިންޓް

ޒުވާނުންގެ މަރުކަޒު އެތެރެެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-22، 25-23 އަދި 25-22 އިންނެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ވެސް ސިފައިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ސިފައިންގެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ، ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފް އަދި ކާތިކްގެ ފަރާތުން މެޗަކަށް ފަހު މެޗެއް ރަނގަޅު ކުޅުމެއް ފެނިގެންދާއިރު، މި މެޗުގައި ވެސް އެ ކުޅުންތެރިން ވަނީ މޮޅަށް ކުޅެފަ އެވެ.

ސިފައިންގެ ކެޕްޓަން، ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް) ވެސް ރަނގަޅު ވަގުތުތަކުގައި ޕޮއިންޓް ހޯދުމުގައި ތަފާތު ދެއްކި އެވެ. ފުރަތަމަ ސެޓު، ސިފައިން ގެންދިޔައީ، 25-22 އިންނެވެ.

ގުޑީސްގެ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ގުޑީސް އިން ލީޑުނެގި އެވެ. ގުޑީސްގެ ކެޕްޓަން، ހުސެއިން ވިޝާމް (ބުޅިކެ) ހިއްލައިދިން ރަނގަޅު ބޯޅަތަކުގައި އެ ޓީމުގެ ހަަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު އެޓޭކްތައް ފެނިގެންދިޔަައިރު، ގުޑީސްގެ އިންޑިއާ ކުޅުންތެރިޔާ، މުހައްމަދު ރިޔާޒުއްދީން (ރިޔާޒް) ވެސް ރަނގަޅު ޕޮއިންޓްތަކެއް ހޯދި އެވެ.

ދެ ވަނަ ސެޓުގައި ގުޑީސް އިން 11-13 އިން ލީޑުގައި ވެސް އޮތެވެ. އެކަމަކު، ސިފައިން ފަހަތުން، އަރައި މޮޅުވިއިރު، އެޑަމް އާއި ޒުވާން ކުޅުންތެރިޔާ، މާއިދު މުހައްމަދު (މާއިދު ލޯންގޭ) ވަނީ މޮޅަށް ކުޅެފަ އެވެ. ރަނގަޅު ވަގުތުގައި މާއިދު ލޯންގޭގެ ބްލޮކްތައް ފެނުނީ ރަނގަޅުކޮށެވެ. ސިފައިން ދެ ވަނަ ސެޓު، 25-23 އިން ގެންދިއުމާ އެކު އެ ޓީމަށް ޕްލޭއޮފްގެ ޖާގަ ކަށަވަރުވެ، ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ތިން ވަނަ ސެޓު ފަށައިގެން، ވެސް ގުޑީސް އިން ހިތްވަރުކޮށް، ސިފައިންނަށް ރަނގަޅު ފައިޓެއް ދޭން މަސައްކަތްކުރި އެވެ. މި ސެޓުގައި ގުޑީސް އިން ސެޓުގެ ފަހުކޮޅުގައި 17-19 އިން ވެސް ލީޑުގައި އޮތެވެ. އެކަމަކު، ޝޯން ޓީ ޖޯން އާއި އެޑަމް ހޯދި މުހިންމު ވަގުތުތަކުގައި ހޯދި ޕޮއިންޓްތަކާ އެކު ސިފައިން ވަނީ ތިން ވަނަ ސެޓު، 25-22 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު އެސޯސިއޭޝަން ކަޕް ބޭއްވިއިރު، އެ ފަހަރުގެ ޗެމްޕިއަންކަން ހޯދި، ސިފައިން މި ފަހަރުގެ މުބާރާތް ފެށީ ދަށް ކޮށެވެ. ޖުނައިދު އަބްދުﷲގެ ކޯޗުކަމުގައި މި ފަހަރު ކުޅޭ ސިފައިންގެ ޓީމުން ފުރަތަމަ މެޗުގައި ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެ ވަނަ މެޗުގައި ސިފައިން ދެ ސެޓު ގެންގޮސްފައިވަނިކޮށް ޕޮލިސް ވަނީ ފަހަތުން އަރައި 3-2 ސެޓުން މޮޅުވެފަ އެވެ.

ސިފައިންގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިޔާ މާއިދު: މި ފަހަރުގެ މުބާރާތުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅުންތެރިއެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ދެ މެޗުން ބަލިވުމުން މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ، ސިފައިން ވަނީ ސީދާ ތިން ސެޓުން، ކްލަބް ވެމްކޯ ބަލިކޮށްފަ އެވެ. އޭގެ ފަހުން، އޮއްފު އެފްސީ އާއި ގުޑީސް އަތުން މޮޅުވެ، ޕްލޭއޮފްގެ ޖާގަ ސިފައިން މި ހޯދީ ޖެހިޖެހިގެން ތިން މޮޅު ހޯދައިގެންނެވެ.

ގައުމީ ޓީމަށް ކޯޗުކޮށްދިން ސާބިއާގެ މިލޮރަޑް ޖެސިކްގެ ކޯޗުކަމުގައި ކުޅުނު ގުޑީސް އަކީ މި ފަަހަރުގެ އެސޯސިއޭޝަން ކަޕްގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަމައެކަނި ޓީމެވެ. އެ ޓީމަށް އެ ގޮތަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފުރަތަމަ މެޗުގައި ބުޅިކެ އަށް އަނިޔާވެ ދެން ކުޅުނު ދެ މެޗު އޭނާ އަށް ގެއްލުނުއިރު، އޭގެ ފަހުން، އެ ޓީމަށް ކުޅޭ އިންޑިއާ ކުޅުންތެރިޔާ، ވަރުން ގޮނިބީދޫ ސިޔާމްސުންދަރަށް އަނިޔާވެ، އޭނާ އަށް ވެސް މުބާރާތް ނިމުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox