އެސޯސިއޭޝަން ކަޕް: ފައިނަލަށް ދިއުމުގެ ފުރުސަތުގެ ބޭނުންހިފަން ސިޓީ އޮތީ ވަރުގަދަ ރޫހެއްގައި

Jun 18, 2022, 5:10 AM
ސިޓީގެ މެޗެއްގެ ތެރެއިން ހުޒަންޓެ: ފައިނަލަށް ދާން ލިބިފައިވާ ފުރުސަތުގެ ބޭނުންހިފާނެ ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިޓީގެ މެޗެއްގެ ތެރެއިން ހުޒަންޓެ: ފައިނަލަށް ދާން ލިބިފައިވާ ފުރުސަތުގެ ބޭނުންހިފާނެ ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި މިއަދު ހަވީރު އޮއްފު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން ސްޕޯޓްސް ކްލަބް ސިޓީން ނުކުންނާނީ ފުރިހަމަ އަށް އެ ފުރުސަތުގެ ބޭނުންހިފަން ކަމަށް އެ ޓީމުގެ ކޯޗު އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

ޕޮލިސް ކްލަބްގެ މައްޗަށް ރޭ ފަހަތުން އަރައި 3-1 ސެޓުން ސިޓީ ކުރިހޯދުމާ އެކު އެ ޓީމަށް ވަނީ ގަދަ ތިނެއް ޔަގީންވެފަ އެވެ. މާނަ އަކީ ފައިނަލުގެ ސީދާ ޖާގައެއް ނުލިބުނު ކަމުގައި ވިޔަސް، ސެމީ ފައިނަލް/ ޕްލޭއޮފް މެޗު ކުޅެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވިފައި އޮތުމެވެ.

އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ހަތަރު މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ގަދަ ތިނެއްގެ ފަހު ދެ ޖާގައަށް ވާދަކުރަނީ ޕޮލިހާއި ސިފައިން އަދި ވެމްކޯ އެވެ. މިއަދު ހަވީރު އޮއްފު އާއި ސިޓީ ކުޅޭއިރު، މިރޭ އޮތީ ވެމްކޯ އާއި ޕޮލިހެވެ.

އޮއްފު މުބާރާތުން ކަޓާފައި އޮތް ނަމަވެސް އެ ޓީމާ ދެކޮޅަށް ފަސޭހަނުކޮށްލާނެ ކަމަށް ސިޓީގެ ކެޕްޓަން ހުޒަންޓެ ވަނީ ބުނެފަ އެވެ.

"އެ މެޗަށް (އޮއްފު މެޗަށް) ނުކުންނައިރު، ނުނިކުންނާނަން ފަސޭހަ ގޮތަކަށް، އާދައިގެ ޓީމެއް ކަމަށް ދެކިގެން، އެންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނަ ގޮތަށް އަޅުގަނޑުމެން ނިކުންނާނީ. މަސައްކަތް ކުރާނީ މެޗުން މޮޅުވެގެން ފައިނަލަށް ދާން،" ގައުމީ ޓީމުގެ ވައިސް ކެޕްޓަން ހުޒަންޓެ ބުންޏެވެ.

ފުރަތަމަ މެޗުގައި ސިޓީން ވަނީ ސީދާ ތިން ސެޓުން ސިފައިން ބަލިކޮށްފަ އެެވެ. އެކަމަކު، ދެ ވަނަ މެޗުގައި ވެމްކޯ އަތުން ބަލިވީ އެވެ. އެކަމަކު، އާ ހިތްވަރާ އެކު ނުކުމެ، ގުޑީސް ސްޕޯޓްސް ކްލަބާއި ޕޮލިސް ބަލިކޮށް ސިޓީ މި ވަނީ ހިންދެމިލައިފަ އެވެ.

ހުޒަންޓެ ދެކޭގޮތުގައި ވެމްކޯ އަތުން ބަލިވުމަކީ މުބާރާތެއްގެ ވިސްނުމުގައި ކުރިއަށްދާން ބަލާއިރު، ސިޓީ އަށް ދިމާވި ރަނގަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފުރަތަމަ މުބާރާތް ފަށައިގެން އައިއިރު، ފުރަތަމަ މޮޅެއް ވެފައި ދެން ބައްޔެއް ވެފައި، ބައްޔެއް ވެގެން ކުރިއަށް ދިޔައިއްޔާ ދެން މަސައްކަތްކުރާނީ. ދެން އަބަދު ފަށާތަނުން މޮޅުވަމުން އައީމަ ފަހު ވަގުތު އާންމުކޮށް ލަނޑު ލިބުން އެކަށީގެންވޭ، ދެ ވަނަ މެޗުން ބަލިވީމަ އިތުރު ހިތްވަރަކާ ޓީމުގެ ބިދޭސީ ކުޅުންތެރިންނާ ވާހަކަ ދައްކާފައި އެ މީހުންގެ ވެސް އަޒުމާ އެއްކޮށް މި އާދެވުނީ މި ހިސާބަށް،" ހުޒަންޓެ ބުންޏެވެ.

ޓީމެއްގެ ގޮތުގައި ކުޅެން ބަލާއިރު، އެންމެ ރަނގަޅު ބިދޭސީ ތިން ކުޅުންތެރިން ލިބުނީ ސިޓީ އަށެެވެ. އެ ގޮތުން ހަރްދީޕް ސިންގް، ވިނާޔަކް ރޮކާޑޭ އަދި ވިނީތު ކުމާރް އަންނަނީ ސިޓީގައި ތިބި ރާއްޖޭގެ ކުޅުންތެރިންނާ ގުޅިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަން ހުޒަންޓެ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ސިޓީ ޓީމަށް ލިބިފައި މިތިބީ ވަރަށް ޑިސިޕްލިން ތިން ކުޅުންތެރިންނޭ ބުނެވޭނީ ވަރަށް ޓީމު ވޯކު ރަނގަޅު. އެއްކޮށް މަސައްކަތް ކުރާ މާ ބޮޑު ޝަކުވާތަކެއް ނުކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ތިން ކުޅުންތެރިން ވީމަ މިހާ ފަސޭހަކަމާ އެކު ޓީމް ވޯކެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު މި ލިބެނީ،" ހުޒަންޓެ ބުންޏެވެ.

ސިޓީގެ ބެންޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަން ގިނަ އަހަރުތަކެއް ވަންދެން ކުޅުނު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އެބަހުއްޓެވެ. ކުޅުމުގެ ތެރޭގައި މާ ބޮޑަށް ބައިވެރިވެ ނޫޅުނު ކަމުގައި ވިޔަސް، ޕްރެޝަރު ވަގުތުގައި ކުޅުންތެރިން ހަމަޔަަކަށް އަޅުވައި، ޓީމު ކުރިއަށް ގެންދިއުމުގައި ބަޓިސް އަންނަނީ އޭނާގެ ތަޖުރިބާގެ ބޭނުންހިފައި، ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޕޮލިހުގެ ޝުއައިބު: ސިޓީ މެޗުން ފިލާވަޅުނަގައި، ވެމްކޯ މެޗުގައި ރަނގަޅުކުރާނެ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފިލާވަޅު ނަގައި ވެމްކޯ އަތުން މޮޅެއް ހޯދަން ޕޮލިހުން ބޭނުން

ފުރަތަމަ ތިން މެޗުން ޕޮލިސް ވަނީ، ގުޑީސް އާއި ސިފައިން އަދި އޮއްފު އަތުން މޮޅުވެފަ އެވެ. އެކަމަކު، ރޭ ސިޓީ އަތުން ބަލިވެ، ޕޮލިހަށް ވެސް މި ވަނީ ގަދަ ތިނެއްގެ ތެރެއަށް ވަންނަން ޕްރެޝަރު ބޮޑުވެފަ އެވެ. އެ ގޮތުން އަމިއްލަ ބާރުގައި ފައިނަލަށް ދާންނަމަ މިރޭ ވެމްކޯ ކައިރީގައި ޕޮލިހުން ނަތީޖާ ނެރެން ޖެހޭނެ އެވެ.

ޕޮލިހުގެ މުހިންމު ކުޅުންތެރިޔާ، ޝުއައިބު އަބްދުލް ލަތީފް ބުނީ އެންމެ ބޭނުންވާ ގޮތަށް ރޭގެ މެޗުގައި ޕޮލިހަށް ނުކުޅެވުނު އެއް ސަބަބަކީ ޓީމުގެ ތެރޭގައި ރޯގާގެ އަސަރުކޮށްފައިވާ ކުޅުންތެރިން ގިނަވުމުން ޕާފޯމްނުކުރެވިގެން ކަމަށެވެ. އެކަމުން އަރައިގަނެ، މިރޭ ވެމްކޯ ކައިރީގައި މޮޅަށް ކުޅެން ޕޮލިހުން ބޭނުންވެ އެވެ.

"ބުނާނަމަ މިއަދު (ރޭގެ) މެޗުން ބަލިވީމަ ދެން އޭތި ފިލާވަޅެއް ކަމަށް ބަލައިގެން މާދަމާ (މިރޭ) މި އަށް ވުރެ ރަނގަޅު ކަމްބެކެއް ހަދަން، ހިތްވަރާ އެކީގައި އަޒުމާ އެކީގައި ކުޅުންތެރިން ނުކުތީމަ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލުކުރަނީ،" ގައުމީ ވޮލީ ޓީމުގައި ވެސް ހިމެނޭ ޝުއައިބު ބުންޏެވެ.

ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ މުބާރާތަށް ނުކުތް އެއްވެސް ޓީމަކީ ދެރަ ޓީމެއް ކަމަށް ނުބުނެވޭނެ ކަމަށާއި އެކަމަކު ވެމްކޯ ޓީމަށް ބަލާއިރު، ހުރިހާ ޑިޕާޓްމަންޓެއް ވެސް ފެންނަނީ އެހެން ޓީމުތަކަށް ވުރެ ތަންކޮޅެއް ބެލެންސްކޮށް ކަމަށެވެ.

މިއަދު ހަވީރު 16:15 ގައި ފަށާ މެޗުގައި ސިޓީން އޮއްފު އެފްސީއާ ބައްދަލުކުރާއިރު، މިރޭ ވެމްކޯ އާއި ޕޮލިސް ކުޅޭ މެޗު ފަށާނީ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox