ވީއޭއެމް އެސޯސިއޭޝަން ކަޕް: ޕޮލިސް އަތުން މޮޅުވެ ގަދަ ތިނެއް ޔަގީންކޮށް ސިޓީ ފައިނަލާ ދިމާލަށް

Jun 17, 2022, 6:15 PM
ސިޓީ ޓީމުގެ ވިނީތު (މ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޕޮލިހުގެ އަކިން (ކ) އާއި މާއިޝް މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސިޓީ ޓީމުގެ ވިނީތު (މ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޕޮލިހުގެ އަކިން (ކ) އާއި މާއިޝް މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި މިރޭ ފަހަތުން އަރައި ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެ، ސްޕޯޓްސް ކްލަބް ސިޓީން ގަދަ ތިނެއް ކަށަވަރުކޮށް، ފައިނަލުގެ ސީދާ ޖާގައާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

އެސޯސިއޭޝަން ކަޕްގެ ފޯމެޓް އޮތްގޮތުން ލީގު ބުރުގެ އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ، ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމެއް ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.

މިރޭގެ މެޗަށް ފަހު އެއް ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ހަތަރު މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ގަދަ ތިނެއްގެ އަނެއް ދެ ޖާގައަށް ވާދަކުރަނީ ޕޮލިހާއި ސިފައިން އަދި ވެމްކޯ އެވެ.

Advertisement

މާދަމާ ހަވީރު އޮއްފު އަތުން މޮޅުވެގެން ސިޓީ އަށް ފައިނަލުގެ ސީދާ ޖާގަ ހޯދޭނެ އެވެ. ލީގު ބުރުގައި ދެން ބާކީ އޮންނާނީ މާދަމާރޭ ވެމްކޯ އާއި ޕޮލިސް ކުޅޭ މެޗާއި އާދިއްތަ ދުވަހުގެރޭ ގުޑީސް އާއި ދިވެހި ސިފައިންގެ ކްލަބް ކުޅޭ މެޗެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ސިޓީން ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ސެޓުގެ ފަހުކޮޅުގައި، ސިޓީގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ޕޮޮލިހުން ރަނގަޅަށް ނެގި އެވެ.

އެ ގޮތުން ޕޮލިހުގެ މާއިޝް އަހުމަދާއި އަކިން އައްމާލް ހޯދި ރަނގަޅު ޕޮއިންޓްތަކާ އެކު ޕޮލިހުން 25-22 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ.

ސިޓީ ޓީމުގެ ހަރްދީޕް (މ) ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެކަމަކު، ފުރަތަމަ ސެޓަށް ފަހު ދެން މުޅި މަންޒަރު އެއްކޮށް ބަދަލުވި އެވެ. ސިޓީން ދެ ވަނަ ސެޓު ފަށައި އާދަޔާހިލާފު ހިތްވަރެއް ނެރެގެން ކުޅެން ފަށައި، ބޮޑު ލީޑެއް ނެގި އެވެ.

އެ ގޮތުން ސިޓީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ވިނީތު ކުމާރާއި ވިނާޔަކް ރޯކާޑޭ ތަފާތު މޮޅަށް ކުޅެން ފެށިއިރު، އެ ޓީމުގެ ލިބަރޯ، އަހުމަދު ނަބީލް (ނައްބަ)ގެ ރަނގަޅު ޑިފެންސްތައް ވެސް ފެންނަން ފެށި އެވެ. ނަތީޖާ އަކަށްވީ ދެން ކުޅުނު ދެ ސެޓު، 13-25، 17-25 އިން ގެންގޮސް ސިޓީން މުޅި މެޗުގެ ކޮންޓްރޯލް ނެގި އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ސިޓީން ރަނގަޅު ކުޅުން ތަކުރާރުކުރަން ފެށި އެވެ. އެކަމަކު، މި ސެޓުގައި ސިޓީ އަށް ބޮޑު ލީޑެއް ލިބުނަނުދީ ޕޮލިހުން ހިތްވަރު ކުރި އެވެ. އެހެން ނަމަވެސް، ޕޮލިހަށް މައްސަލަ ދިމާވީ މެޗު 08-14 އިން ސިޓީ ކުރީގައި އޮއްވައި، ޕޮލިހުގެ ސެޓަރު، މުއްތުސާމީ އައްޕަވޫ ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަދަން ފެށުމާ އެކު ރެފްރީ ވަނީ ވަކިވަކިން އޭނާ އަށް ދެ ރަތް ކާޑު ދައްކައިފަ އެވެ. އެ ހިސާބުން އޭނާ ބަދަލުކުރަން ޖެހުނުއިރު، ސިޓީ އަށް ވަނީ އެ ދެ ކާޑަށް ދެ ޕޮއިންޓް ދީފަ އެވެ. މުއްތުސާމީ ބާލަން ޖެހުމުން ޕޮލިހުގެ ކުޅުމަށް އަސަރުކުރިއިރު، ފަސޭހަކަމާ އެކު 14-25 އިން ހަތަރު ވަނަ ސެޓު ގެންގޮސް ސިޓީ މެޗުން މޮޅުވި އެވެ.

މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ މިއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. އަދި ގަދަ ތިނެއް ޔަގީންވީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި މޮޅުވާން ކުރި މަސައްކަތް ރަނގަޅުވުމުން ކަމަށާއި ހާއްސަކޮށް ސިޓީ ޓީމުގެ ކެޕްޓަން ހުޒަންޓެ އާއި ދެން ތިބި ކުޅުންތެރިން ވެސް އެކުގައި ކުރި މަސައްކަތް ރަނގަޅުވުމުން ކަަމަށް ނަލަ ހުސެއިން ފާހަގަކުރި އެވެ.

ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ފުރަތަމަ ސެޓުގައި، އެ ޓީމުގެ ސެޓަރު މުއްތުސާމީ އަށް އަނިޔާގެ މައްސަލައެއް ދިމާވެ ކުޅުމަށް އަސަރުކުރި ކަމަށެވެ. އަދި މެޗުގައި ޖުމްލަކޮށް ހިނގައިދިޔަ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެއީ އިންސާފުވެރިކޮށް ބައެއް ނިންމުންތައް ނުދިއުމުން ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.

ގަދަ ތިނެއް ހޯދަން ބޭނުންނަމަ ޕޮލިހުން މާދަމާ ވެމްކޯ އަތުން މޮޅުވާން ޖެހޭނެ އެވެ. ފައްލޯ ބުނީ ވެމްކޯ އަކީ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރުގަދަކޮށް އޮތް ޓީމެއް ކަމަށާއި އެ ޓީމު އަތުން ކާމިޔާބެއް ހޯދަން ވަރަށް ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށެވެ.

މާދަމާ ހަވީރު 16:15 ގައި ފަށާ މެޗުގައި ސިޓީން އޮއްފު އެފްސީއާ ބައްދަލުކުރާއިރު، މާދަމާރޭ 20:15 ގައި ކުޅޭ މެޗުގައި ވެމްކޯ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox