އެންޝޯންޓާގެ ފޭކް އުފެއްދުންތަކެއް ރާއްޖެ އެތެރެކުރާ މައްސަލައެއް ފެންމަތިވެއްޖެ

ކަނާތްފަރާތުގައި އެ ވަނީ އެންޝޯންޓާގެ އޮރިޖިނަލް ލޯޝަން ފުޅިއެކެވެ. ވާތްފަރާތުގައި އެ ވަނީ ތުރުކީގެ ކުންފުނީގެ ފޭކް އެންޝޯންޓާގެ ލޯޝަންފުޅި އެކެވެ.

ކަނާތްފަރާތުގައި އެ ވަނީ އެންޝޯންޓާގެ އޮރިޖިނަލް ލޯޝަން ފުޅިއެކެވެ. ވާތްފަރާތުގައި އެ ވަނީ ތުރުކީގެ ކުންފުނީގެ ފޭކް އެންޝޯންޓާގެ ލޯޝަންފުޅި އެކެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ މެލޭޝިއާގެ ވިޕްރޯ އުންޒާ ގްރޫޕްގެ އެންޝޯންޓާ ބްރޭންޑްގެ ފޭކް ޕްރޮޑަކްޓެއް ރާއްޖޭގައި ވެސް ވިއްކަމުންދާކަން ފަޅައި އަރައިފި އެވެ.

އުންޒާ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާކާ އެއްގޮތަށް ނަމަވެސް އޭގެ އަސްލު އޮޅުން އަރާ ގޮތަށް އުފައްދަނީ ތުރުކީގެ ހިޒިރިގޫ ކޮޒްމެޓިކުންނެވެ.

"ވުމާއެކު އެ ކުންފުންޏާ ދެކޮޅަށް ތުރުކީގެ ކޯޓުގައި މި ކުންފުނީގެ ފަރާތުން ދައުވާކޮށް ފުރަތަމަ މަރުހަލާގެ ދައުވާ މި ކުންފުންޏަށް ވަނީ ކާމިޔާބު ކުރެވިފަ އެވެ. އަދި މިހާރު ވެސް އިތުރު ދައުވާތައް ދަނީ ކުރިއަށެވެ." އުންޒާ ގްރޫޕްގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާކްގެ އުފެއްދުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ތުރުކީގެ ކޯޓުތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ކަމަށް އުންޒާ ގްރޫޕުން ބުނެ އެވެ.

އެންޝޯންޓާ ބްރޭންޑްގެ ލޯގޯގެ ދަށުން ތުރުކީގައި އުފައްދާ އަދި ރާއްޖޭގެ ބާޒާރުގައި ވެސް މިހާރު ވިއްކަމުންދާ އެ އުފެއްދުންތަކަކީ ސިއްހީ ގޮތުން ލިބިދާނެ ގެއްލުންތަކަށް ރައްކާތެރި ކުރުމަށް އަޅަންޖެހޭ ވަރަށް ފިޔަވަޅުތައް އަޅައި، ކޮލިޓީ ކަށަވަރު ކުރެވިފައިވާ ތަކެތި ނޫންކަމަށް އުންޒާއިން ބުނެ އެވެ.

"އެ އުފެއްދުންތަކުގެ ކޮލިޓީ ކަށަވަރު ކުރެވިފައި ތަކެތި ނޫން ކަމަށް އެންމެހާ ފަރާތްތަކުގެ ސަމާލު ކަމަށް ދަންނަވަމެވެ. އަދި އެފަދަ ތަކެތި ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ކުންފުންޏާއި، މި ކުންފުނީގެ ފަރާތުން އެ ތަކެތި ރާއްޖޭގެ ބާޒާރުގައި މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރުމުގެ އެކްސްކްލޫސިވް ލިބިފައިވާ ފަރާތަށް ޒިންމާވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

އެންޝޯންޓާގެ އުފެއްދުން ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ އުންޒާ ކުންފުނިން ދީފައިވަނީ ލިލީ އެންޓަޕްރައިޒަސްއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox