ޓޫރިސްޓުންނަށް ދިން ހަމަލާއަކީ އަލިމަނިކު ދަރިން ދައުލަތަށް ނެގުމުގެ ބަދަލު ހިފުމެއް: ހެކި

އަލިމަނިކު: ޓޫރިސްޓުންނަށް ދިން ހަމަލާއަކީ ދައުލަތަށް އަލި މަނިކުގެ ދަރިން ނެގުމުން ދިން ބަދަލު ހިފުމެއް ކަމަށް ހެކިވެރިޔަކު ބުނި

އަލިމަނިކު: ޓޫރިސްޓުންނަށް ދިން ހަމަލާއަކީ ދައުލަތަށް އަލި މަނިކުގެ ދަރިން ނެގުމުން ދިން ބަދަލު ހިފުމެއް ކަމަށް ހެކިވެރިޔަކު ބުނި

ދެހާސް ވިހިވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ބިދޭސީ ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކު ކަމަށާއި، އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް އަލިމަނިކާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ޝަރީއަތުގައި މިއަދު ބުނެފި އެވެ.

ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އެންމެ ފަހުން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އެހެންވިޔަސް އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އަލިމަނިކު ވަނީ އިންކާރު ކޮށްފަ އެވެ.

އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި، އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރުގެ ސަލާމަތަށް ޓަކައި އޭނާގެ ހެކިބަސް ނެގީ ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ ނުޖައްސައި ހަމައެކަނި އޭނާގެ އަޑު ޝަރީއަތަށް އިވޭ ގޮތަށެވެ. މި ގޮތަށް ހެކިބަސް ނެގީ ދައުލަތުން ވެސް އެ ކަމަށް އެދުމުންނެވެ.

އަލިމަނިކާ ގުޅޭ ގޮތުން މައުލޫމާތުތައް އެއްކުރުމުން ފާހަގަވި ކަމަކީ އޭނާއަކީ 2000 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތުގައި އުޅޭ ފަރާތެއް ކަމުގައި ހެކިވެރިޔާ ބުންޏެވެ. އެ ފަހުން 2007 ގައި އއ. ހިމަންދޫގައި އެ ފަރާތްތަކުުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އޭނާ ހައްޔަރުކުރިއިރު، ޖަލު ހުކުމް ތަންފީޒު ކުރި ދުވަސްވަރު ޖަލުގައި ވެސް އެ ފިކުރު ފަތުރަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އަލިމަނިކު ދެން ދޫކޮށްލި ފަހުން 2019 ވަަނަ އަހަރު އަލިމަނިކުގެ ދަރިންނަށް އިހުމާލުވެގެން ހައްޔަރުކުރި ކަން ވެސް ހެކިވެރިޔާ ފާހަގަ ކުރި އެވެ. އެއީ ރާއްޖޭގެ ސްކޫލްތަކުގެ މުގައްރަރަކީ އިސްލާމްދީނާ ހިލާފު މުގައްރަރެއް ކަމަށް ބުނެ ދަރިން ސްކޫލަށް ނުފޮނުވުމުންނާއި ދަރިން ވެކްސިން ނުޖެހި ކަމަށް ބުނާ މައްސަލާގަ އެވެ. ހެކިވެރިޔާ ތުހުމަތު ކުރި ގޮތުގައި، 2020 ގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިނީ ވެސް އެ މައްސަލާގައި ދައުލަތުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންނެވެ.

"2020 ވަނަ އަހަރު ހުޅުމާލޭގައި ތިން ބިދޭސީއަކަށް އެއީ ޓޫރިސްޓުންގެ ބައެއް ކަމަށް ބެލެވެނީ، އެމީހުންނަށް ތޫނު އެއްޗަކުން ހަމަލާ ދިނީ މީނާ އާއި އިތުރު މީހެއް. އެއީ ދައުލަތުން އޭނާއާ ދަރިން ވަކިކުރުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފާހަގަވެފައިވޭ،" އިންޓެލް ރިޕޯޓް ތައްޔަރު ކުރި އޮފިސަރު ބުންޏެވެ.

އަލިމަނިކު ފޯނުގައި ނަޝީދަށް ފުރައްސާރަކުރި ވީޑިއޯތަކެއް

އަލިމަނިކު ގެންގުޅުނު ކަމަށް ބުނާ ނޮކިއާ ފޯނަކާއި ޒައޯމީ ފޯނެއް ތަހުލީލު ކުރި ފުލުސް އޮފިސަރެއް ވެސް މިއަދުގެ ޝަރީއަތަށް ހެކިބަސް ދޭން ވެގެން ހާޒިރު ކުރި އެވެ.

އެ ހެކިވެރިޔާ ބުނި ގޮތުގައި، ޒައޯމީ ފޯނުން މޭ ހައެއް ހަމަލާގެ މަންޒަރުތަކާއި އެކި މައުލޫމާތުތައް ހުންނަ 17 ފޮޓޯއެއް ފެނިފައިވެ އެވެ. އަދި ނަޝީދަށް ފުރައްސާރަކޮށްފައިވާ މަންޒަރު ހިމެނޭ އެކި ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމެރި ޖަމާއަތެއް ކަމަށްވާ އަލްގައިދާގެ އިސް މީހެއް ކަމަށް ބުނާ އަންވަރު އައުލާކީގެ އެކި ފޮޓޯ ވެސް ފޯނުން ފެނިފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ފޮޓޯތަކަކީ ޔޫޓިއުބް ސައިޓްއާއި ސައުންޑްކްލައުޑް ސައިޓްގައި ހުރި ފޮޓޯތަކެއް ކަމަށް ހެކެވެރިޔާ ބުންޏެވެ.

"ބޮޑަށް ބެލެވެނީ ސައުންޑް ކްލައުޑް ސައިޓްއިން އަޑުއެހި އޯޑިއޯއެއްގައި އިން ތަމްބްނެއިލް ފޮޓޯއެއް، އަދި ޔޫޓިއުބްގެ އޮފްލައިން ވީޑިއޯއެއްގެ ތަމްބްނެއިލް ފޮޓޯއެއް، ޔޫޓިއުބްއިން ޑައުންލޯޑް ކުރުމުން އިންޓަނެޓްއާ ކަނެކްޓް ނުވެ ވެސް ބެލެވޭ ގޮތަށް އިން ވީޑިއޯއެއް ގޮތުގައި،" ހެކިވެރިޔާ ބުންޏެވެ.

މީގެ އިތުރުން ތާގޫތަކީ ކޮބައިކަން ބުނެދޭ ލިޔެކިއުންތަކާއި އައިއެސް ޖަމާއަތުގެ އެކި ލިޔުންތަކާއި އެ ލޯގޯއާއި ދިދަ ހިމެނޭ ފޮޓޯތައް ވެސް ފޯނުން ފެނިފައިވާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. ތާގޫތަކީ އެ މީހުންގެ ފިކުރު ގަބޫލު ކުރާ މީހުން ނޫން މުސްލިމުންނަކީ ކާފަރުން ގޮތުގައި އެ މީހުން ބުނާ ބުނުމެއް ކަމަށް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހު ވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox