ޒުވާން ޕޮލިސް ޓީމު ތަފާތު ދައްކަން ލިބުނީ މޮޅު ސެޓަރެއް

Jun 15, 2022, 4:52 AM
ޕޮލިސް ޓީމުގެ ކޯޗު ފައްލޯ: ޒުވާން ޓީމު ބޭނުންވާ ގޮތަށް ކުޅުވަން މޮޅު ސެޓަރެއް ލިބުމުން ފައްލޯ ހުރީ ހިތްހަމަޖެހިފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕޮލިސް ޓީމުގެ ކޯޗު ފައްލޯ: ޒުވާން ޓީމު ބޭނުންވާ ގޮތަށް ކުޅުވަން މޮޅު ސެޓަރެއް ލިބުމުން ފައްލޯ ހުރީ ހިތްހަމަޖެހިފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ވޮލީ ބޯޅަ ސީޒަނަށް ޕޮލިސް ކްލަބުން އެކުލަވާލާފައިވާ ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ އުމުރަށް ބަލާނަމަ އުޅެނީ އެވްރެޖްކޮށް 20-22 އަހަރާ ދެމެދުގަ އެވެ. ޑްރާފްޓް ނައިޓަށް ޕޮލިހުން ނުކުތީ އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތަށް ވިސްނައި، ދެން، ބޭނުންވާ މަގާމުތަކަށް ކުޅުންތެރިން ނަގާށެވެ. އެ ގޮތުން އެ ޓީމުން ފުރަތަމަ ނެގީ ސެޓަރު، މުއްތުސާމީ އަޕަވޫ އެވެ.

ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ އެ ޓީމުން ފުރަތަމަ ސެޓަރު ނަގަން ނިންމީ ރަނގަޅަށްކަން މިހާރު ސާބިތުވަމުން އަންނަ ކަމަށެވެ.

"އެއީ ބެކްބޯން، ފުރަތަމަ ކުޅުންތެރިއަކު ނަގަން ލިބުނީމަ، ސެޓަރު ނަގަން ނިންމި ނިންމުމަކީ ވެސް އެއީ. ހަމަ ޓީމެއްގެ ގޮތުގައި ކުޅެން އެ ފުރުސަތު ހޯދަން ވެގެން. އެހެންވީމަ އެކަން. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ފާހަގަކުރެވިގެން އެބަދޭ،" ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުއްތުސާމީއާ ބެހޭގޮތުން ރޭގެ މެޗަށް ފަހު ފައްލޯ ބުންޏެވެ.

"އެންމެ ފުރަތަމަ ވެސް ބަށްޓަން ކޮށްގެން އޮތީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން މި ޓީމު، އެހެންވީމަ، އެ ކުޅުންތެރިން ލައްވާ އަޅުގަނޑުމެން ބޭނުންވާ ގޭމް ކުޅެވޭ ވަރުގެ ސެޓަރެއް އެހެރީ ހޯދާފައި،"

ޕޮލިސް ކްލަބްގެ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިލައިގެން: (ވ.3) ޕޮލިހަށް ކުޅޭ އިންޑިއާ ގައުމީ ޓީމުގެ ސެޓަރު، މުއްތުސާމީ: މުބާރާތުގެ ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވަނީ ހޯދާފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

މުބާރާތުގެ ފޯމެޓް ރޭވިފައި އިން ގޮތުން އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ޕޮލިސް، މި ވަގުތު އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެގެން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް ވެމްކޯ ދެ މެޗުން މޮޅުވިއިރު، ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެން އޮތް ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކްލަބް ސިޓީ ދެ މެޗުން ތިން ޕޮއިންޓް ހޯދިއިރު، އޮއްފު ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އާއި ގުޑީސް ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ފުރަތަމަ ދެ މެޗުން ޕޮލިސް ވަނީ ފަސް ސެޓު ކުޅެގެން، ގުޑީސް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ. އެ އަށް ފަހު ރޭ ވަނީ އޮއްފު އެފްސީ އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ޕޮލިހަށް ލީގު ބުރުގައި ބާކީ އޮތީ ސްޕޯޓްސް ކްލަބް ސިޓީ އާއި ކްލަބް ވެމްކޯގެ މެޗެވެ.

އޮއްފު އަތުން ފަސް ސެޓު ނުކުޅެ ހޯދި މޮޅާ އެކު ފައްލޯ ބުނީ އެ ކާމިޔާބު ފާހަގަކުރަނީ އެހެން ދުވަސް ދުވަހު ވެސް އެކަންކުރާ ގޮތަށް ކަމަށާއި އެއީ ކުޅުންތެރިންގެ މަސައްކަތާއި ކުރި ހިތްވަރުން ލިބުނު އެއްޗެއް ކަމަށެވެ.

"ފުރަތަމަ ދެ މެޗު އަޅުގަނޑުމެން ވަރަށް ހާޑްކޮށް. ފަސް ސެޓަށް ގޮސްގެން ނިމިފައިވާތީ ކުޅުންތެރިންގެ ވަރުބަލިކަން އެބަހުރި ކޮންމެ ވެސް ވަރަކަށް،" ފައްލޯ ބުންޏެވެ.

"ޓޯނަމެންޓްގެ ކުރީކޮޅުގައި މި ކާމިޔާބީތައް ލިބުން މިއީ އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިންނަށް ޓޯނަމެންޓްގެ ކުރިއަށް މި އޮތް ބައި ހިތްހަމަޖެހިގެން، އަދި ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކުރަން ލިބުނު ފުރުސަތެއް. އެހެންވީމަ ކުރިއަށް އޮތްތާގައި އޮތީ ގަދަ މެޗުތައް، ގަދަ ޓީމުތައް، މި ލިބުނު ފުރުސަތުތަކުގައި ގޯސްކޮށް ހުރި ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރާނީ،"

ޕޮލިހުގެ މެޗެއް ދެން އޮތީ ހުކުުރު ދުވަހުގެރޭގަ އެވެ. އެރޭ ޕޮލިސް ބައްދަލުކުރާނީ ސިޓީއާ އެވެ. އަދި ލީގު ބުރުގައި ޕޮލިސް ކުޅޭ ފަހު މެޗުގައި ވެމްކޯއާ ކުޅޭނީ ހޮނިހިރު ދުވަހުގެރޭގަ އެެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު 16:15 ގައި ފަށާ މެޗުގައި ވެމްކޯ އިން ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. މިރޭ ކުޅޭ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ކުޅޭނީ ގުޑީސް ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox