ސީދާ ފައިނަލުގެ ޖާގަ އަށް ވުރެ ވެމްކޯގެ އޮތީ މެޗަށް ފޯކަސް ވިސްނުމެއް

Jun 15, 2022, 4:13 AM
ވެމްކޯގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ): ފައިނަލުގެ ސީދާ ޖާގައަކަށް ވުރެ ވެމްކޯ ވިސްނާނީ މެޗަކަށް ފަހު މެޗެއް ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ): ފައިނަލުގެ ސީދާ ޖާގައަކަށް ވުރެ ވެމްކޯ ވިސްނާނީ މެޗަކަށް ފަހު މެޗެއް ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގައި ލީގު ބުރު ނިމޭއިރު، އެއް ވަނަ ހޯދައި، ފައިނަލުގެ ސީދާ ޖާގަ ހޯދާނީ ކްލަބް ވެމްކޯ ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް އެއީ އެ ޓީމުން އެހާ ބޮޑަށް ބަލާނެ ކަމެއް ނޫން ކަމަށް ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބުނެފި އެވެ.

ޕްރިލިމިނަރީ ބުުރުގެ އެއް ވަނަ ހޯދައިގެން، ވެމްކޯ އިން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށް އައިއިރު، އެ ޓީމުން ވަނީ މިިހާތަނަށް ފައިނަލް ބުރުގައި ކުޅުނު ދެ މެޗުން 3-1 ސެޓުން މޮޅުވެފަ އެވެ. އެއީ އޮއްފު އެފްސީ އާއި ސްޕޯޓްސް ކްލަބް ސިޓީ އަތުންނެވެ.

މުބާރާތުގެ ފޯމެޓް ރޭވިފައި އިން ގޮތުން އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ކުޅެގެން މޮޅުވާ ޓީމަކަށެވެ. މިރޭގެ މޮޅާ އެކު ޕޮލިސް އެއް ވަނައިގައި އޮތީ ތިން މެޗުން މޮޅުވެގެން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކްލަބް ވެމްކޯ ދެ މެޗުން މޮޅުވިއިރު، ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެން އޮތް ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކްލަބް ސިޓީ ދެ މެޗުން ތިން ޕޮއިންޓް ހޯދިއިރު، އޮއްފު ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އާއި ގުޑީސް ސްޕޯޓްސް ކްލަބް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

"އަޅުގަނޑުމެން ސީދާ އެހެނެއް (ފައިނަލުގެ ސީދާ ޖާގަ ހޯދާނީ ވެމްކޯ ކަމަށް) ނުދެކެން. ފަހަރަކު މެޗަކުން އެ ގޮތަށް މި އަންނަނީ. އެއް މެޗަށް ފަހު އަނެއް މެޗުން މޮޅުވާން އެ ގޮތަށް ވިސްނައިގެން ކޯޗިން ސައިޑުން ވެސް މި އަންނަނީ، ފަހަރަކު މެޗަކުން މޮޅުވުމުގެ އަޒުމުގައި މި އަންނަނީ،" ފައިނަލުގެ ސީދާ ޖާގަ އަކީ ޓާގެޓްތޯ އެހުމުން ކުޑަކާއްޓެ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ވެމްކޯގެ ކޯޗިން ސްޓާފުންނާ ޓީމުގެ ކުޅުންތެރިން ވާހަަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ އަދަދު

ވެމްކޯގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ވޮލީގައި އިސް ދެ ތަޖުރިބާކާރުންނެވެ. އެ ގޮތުން، ހެޑް ކޯޗަކީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މީގެ ކުރިން ހުރި، ރާއްޖޭގައި އުފެދުނު މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި، މުހައްމަދު ޝަރަފް އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަން ރޭވިފައި އޮތީ ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ޑްރާފްޓްކުރާ ގޮތަށެވެ. ވެމްކޯ އަށް ލިބުނު ތިން ކުޅުންތެރިންނަކީ، ސެޓަރު، ރަންޖީތު ސިންގްގެ އިތުރުން އަޝްވަލް ރާއީ އަދި އަމިތުސިންހު ކަޕްތާންސިންހް އެވެ. މީގެ ތެރެއިން އަމިތުސިންހަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ދެން އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެ އެވެ.

"އަޅުގަނޑުމެންގެ ތަފާތަކީ މި ގެނައި ސެންޓަ ބްލޮކަރު، އަޝްވަލު، އެއީ ދެން ހުރިހާ މީހަކީ މި ވަގުތަށް. ހިތްވަރަކީ ވެސް އުންމީދަކީ ވެސް އެއީ. ދެން ހުރި ބޭރު މީހާ (އަމިތުސިންހް) ފުރަތަމަ މެޗުގައި އިންޖަރީވީ. އޭނަ އަށް މި މުބާރާތް ވެސް ނިމިފައި މި އޮތީ، އޭސީއެލް އިންޖަރީއެއް. އެކަން އެނގިގެން އެ ތަން ފޫބައްދަން ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް މި ކުރަނީ،" ކުޑަކާއްޓެ ބުންޏެވެ.

ވެމްކޯ އިން ތިން ވަނަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާ އެވެ. ސިފައިން ފުރަތަމަ ދެ މެޗުން ބަލިވެފައިވާއިރު، މިއަދު ހަވީރު 16:15 ގައި ފަށާ މެޗުން ބަލިވެއްޖެނަމަ، މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox