ކެބިނެޓުގައި ތިއްބެވި އެމްޑީޕީގެ ގިނަ މިނިސްޓަރުންގެ ތާއީދު ރައީސްގެ ރިޔާސީ ކެންޑިޑެސީއަށް

ކެބިނެޓުގައި ތިއްބެވި އެމްޑީޕީގެ ގިނަ މިނިސްޓަރުންގެ ތާއީދު ރައީސްގެ ރިޔާސީ ކެންޑިޑެސީއަށް

ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ތާއީދު ކުރައްވާކަން އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ގިނަ މިނިސްޓަރުން ތާއިދުކުރައްވާކަން ހާމަކުރައްވައިފި އެވެ.

އަންނަ އޮގަސްޓް މަހު ބާއްވާ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން އޮންނާނެ ކަން، އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރިޔާސީ ކެންޑިޑެސީގެ ޝައުގު އެމަނިކުފާނު އޮތް ކަން ފުރަތަމަ ފަހަރަށް ފާޅުގައި ވިދާޅުވި އެވެ.

މިއަދު އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މިނިސްޓަރުން ވަނީ ރައީސަށް ޓިކެޓު ދޭން ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ހާމަކުރައްވާފަ އެވެ.

އެގޮތުން، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވަނީ އަހުދު މަތީ ދެމިހުންނެވި ވެރިޔަކު ރައީސް ސޯލިހު ފިޔަވައި ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަނީ އަސާސީ ގަވާއިދުގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ރައީސް ވާދަކުރައްވައި ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ޔާމީނާއި ރައީސް ނަޝީދު ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިހާތަނަށް ކާމިޔާބު ކަމާއެކު ކޯލިޝަން ހިންގެވީ ރައީސް ސޯލިހު ކަމަށެވެ. އަދި، އެމްޑީޕީން ނެރޭ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ވެސް ރައީސަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގަތް ދުވަހުން ފެށިގެން އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ލިބުނު ފުރުސަތުގައި އެނގިވަޑައިގަންނެވި ކަމަކީ ރައީސްއަކީ "ޓީމް ލީޑަރެއް" ކަން ކަމަށެވެ.

"މަޑުމައިތިރި، ހުޅުވިފައިވާ ސިކުނޑިއަކުން އަބަދުވެސް ހިޔާލުތައް އަޑުއަހާ، އެކަމަކު އެ ހާލަތަކަށް ފެތޭ ނިންމުމެއް ނިންމަން ވެސް ކުރޭ، އަޅުގަނޑު ތާއީދު ކުރަން އެމަނިކުފާނަށް، އަދި 2023 އަށް އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީއަށް ވެސް ތާއީދު ކުރަން ނިންމައިފިން،" މާރިޔާ ލިޔުއްވާފައިވެ އެވެ.

ހަމައެހެންމެ، މި ސަރުކާރުން އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނައި ތައުލީމީ ދާއިރާ ހިންގެވުމަށް ހަވާލުކޮށްފައި ހުންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ރައީސަށް ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ.

އޭނާ ރައީސް ސިފަކުރެއްވީ "ވިޝަނަރީ" ލީޑަރެއްގެ ގޮތުގަ އެވެ. ތައުލީމީ ދާއިރާއަށް ރައީސް ސޯލިހު ހާއްސަ އަހަންމިއްޔަތު ކަމެއްދެއްވާކަން ފާހަގަކުރައްވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ މުސާރަ ބޮޑު ކުރާނެ ކަމުގެ ވައުދު ވެވަޑައިގަތުމަށް ފަހު އެ ވައުދު ރައީސް ފުއްދެވި ކަމަށެވެ.

ހެލްތު މިނިސްޓަރު ނަސީމް ގެ ވެސް ތާއިދު މިފަހަރު އޮތީ ރައީސް ސޯލިހަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ނަސީމް އަކީ ފޮރިން މިނިސްޓަރެވެ.

"އެކި ސަރުކާރުތަކުގައި އެތައް އަހަރަކު މަސައްކަތް ކުރެވުނު އިރު ރައީސް ސޯލިހު ފަދަ ވަރުގަދަ ވެރިޔަކު ނުފެނޭ. ދިވެހި ގައުމަށް އޮތް އެންމެ ހެޔޮ ގޮތަކީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުން،" މިނިސްޓަރު ނަސީމްގެ ތާއިދު އޮތްކަން ހާމަކުރައްވަމުން ވިދާޅުވި އެވެ.

މި ބޭފުޅުންގެ އިތުރުން ރާއްޖޭގެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ އާއި ފުވައްމުލަކު ސިޓީގެ މޭޔަރުން ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަކުރައްވާފަ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އެ ސިޓީތަކަށް ގިނަ ކަންތައްތަކެއް ރައީސް ސޯލިހުގެ ސަރުކާރުން ކޮށްދެއްވާކަން ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. ރައީސް ސޯލިހްގެ އިތުރަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ރިޔާސީ ރޭހަށް ނުކުންނަވާ ގޮތަށެވެ.

އެމްޑީޕީގެ އެ ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާއިރު، ނަޝީދު ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފަހު އެމަނިކުފާނު ބޮޑުވަޒީރަކަށް ވުމަށެވެ. އެކަން ނުވާނަމަ 30 ޕަސެންޓު ވޯޓުން ރާއްޖޭގެ ރައީސްކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަން ނަޝީދު ބޭނުންފުޅުވެ އެވެ.

30 ޕަސެންޓުގެ އިސްލާހަށް ރައީސްގެ ތާއީދު ނެތް އިރު، ރައީސް ވެސް ގަބޫލު ކުރައްވަނީ އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އުފައްދާފައި އޮތް ކޯލިޝަނާއެކު އެމަނިކުފާނު ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ނިންމާނީ ކޮންގްރެސްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox