ނޭޝަންސް ލީގު: މޮޑްރިޗްގެ ގޯލުން ފްރާންސް ބަލިވެ ތަށި ދިފާއުކުރުމުގެ އުއްމީދު ފެނަށް

Jun 13, 2022, 9:12 PM
ފްރާންސް ކޮޅަށް ގޯލު ޖެހުމަށް ފަހު މޮޑްރިޗް (ކ) އެ ޓީމުގެ ޕަސަލިޗްއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފްރާންސް ކޮޅަށް ގޯލު ޖެހުމަށް ފަހު މޮޑްރިޗް (ކ) އެ ޓީމުގެ ޕަސަލިޗްއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސެއިންޓް-ޑެނިސް، ފްރާންސް (ޖޫން 13) - ލޫކަ މޮޑްރިޗް ޖެހި ގޯލުން 1-0 އިން ކްރޮއޭޝިއާ އަތުން ބަލިވެ، ފްރާންސަށް މި ފަހަރު ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ފްރާންސް ކެޓީ އެ ޓީމު ހިމެނޭ ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވަ އެވެ.

މީގެ އަށް މަސް ކުރިން ފްރާންސުން ވަނީ ފަހަތުން އަރައި 2-1 އިން ސްޕެއިން ބަލިކޮށް ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ނޭޝަންސް ލީގު ވެސް ކާމިޔާބުކުރަން އަމާޒުހިފައި ފްރާންސުން ފުރަތަމަ ނުކުތް މެޗުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޑެންމާކް އަތުން ބަލިވެފަ އެވެ. ދެން ކުޅުނު ދެ މެޗުގައި ކްރޮއޭޝިއާ އާއި އޮސްޓްރިއާއާ ދެކޮޅަށް ރަށުންބޭރުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން ކްރޮއޭޝިއާ އަތުން ބަލިވެ، ފްރާންސަށް މި ގްރޫޕްގެ އެއް ވަނަ ހޯދައި، އަންނަ އަހަރު ގަދަ ހަތަރު ޓީމު ކުޅޭ ސެމީ ފައިނަލަށް ނުހޮވޭނެކަން ވަނީ ކަށަވަރުވެފަ އެވެ.

ފްރާންސް ހިމެނޭ ޑިވިޝަން އެކެެއްގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ މިރޭ އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ، ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދި ޑެންމާކް އެވެ. ދެ ވަނައިގައި އޮތީ މިރޭ ފްރާންސް ބަލިކުރި ކްރޮއޭޝިއާ އެވެ. އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޮސްޓްރިއާ އަށް ހަަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިރޭ ބަލިވި ފްރާންސް މޮޅެއް ވެސް ނުލިބި ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އެވެ.

މިރޭގެ މެޗުން ބަލިވުމުން ފްރާންސްގެ ބެންޒެމާ (ކ) އާއި އެމްބާޕޭ. --- ފޮޓޯ: އޭއެފްޕީ

ފްރާންސް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ އިން ލަނޑު ޖެހީ ފަސް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މޮޑްރިޗް އެެވެ. މޮޑްރިޗް ޖެހި ޕެނަލްޓީ ގޯލަށް ވަނީ ފްރާންސްގެ ގޯލުގައި ހުރި ކީޕަރު، މައިކް މައިންގްނޯން އަތުގައި ޖެހިފަ އެވެ. މިއީ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އޭރިއާތެރެއިން ކްރޮއޭޝިއާގެ ޔޯސިޕް ބްރެކާލޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެެވެ.

ހަތްދިހަ ހަތްހާސް މީހުން ކުރިމަތީގައި މިރޭ ކުޅުނު މެޗުގައި ފްރާންސަށް ފުރަަތަމަ ހާފުގައި އެއްވަރުކޮށްދޭން ކްރިސްޓޮފާ އެންކުންކޫ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ގޯލާ ސީދާނުވެ އެވެ. ފްރާންސް ޓީމަށް މިރޭ ކީލިއަން އެމްބާޕޭ އާއި ކަރިމް ބެންޒެމާ ކުޅުނު ނަމަވެސް ކްރޮއޭޝިއާގެ ގޯލުގައިހުރި ކީޕަރު އިވީކާ އިވުސިޗް ވަނީ އެ ޓީމުގެ ގޯލަށް ވަންނަން ދިޔަ ބޯޅަތައް ހުއްޓުވައިފަ އެވެ.

ފްރާންސަށް ނޭޝަންސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ސެޕްޓެމްބަރު 22 ގައި އަމިއްލަ ދަނޑުގައި އޮސްޓްރިއާއާ ކުޅޭ މެޗާއި ތިން ދުވަސް ފަހުން ރަށުންބޭރުގައި ޑެންމާކާ ކުޅޭ މެޗެވެ. ނޭޝަންސް ލީގުގައި ސެޕްޓެމްބަރު މަހު ކުޅޭ ދެ މެޗުން ފްރާންސް މޮޅުނުވެއްޖެނަމަ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.

ޖެހިޖެހިގެން މޮޅެއް ނުލިބި ހަތަރު މެޗު ނިންމާލުމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ޓީމުގެ އިވެލުއޭޝަނެއް ހަދާއިރު، އެ ޓީމުގެ ކޯޗުކަން ވޯލްޑް ކަޕްގެ ކުރިން ޑެޝޯމްޕްސް އަށް ގެއްލުމުގެ ބިރު ވެސް އެބައޮތެވެ. ޑެޝޯމްޕްސް ގޮސްފިނަމަ ފްރާންސާ ހަވާލުވާނެ ކަމަށް ބެލެވެނީ ޒިނެދިން ޒިދާން އެވެ.

ޑެންމާކުން މިރޭ އޮސްޓްރިއާ ބަލިކުރިއިރު، ގޯލުތައް ޖެހީ ޖޮނަސް ވިންޑް އާއި އަންޑްރެއަސް ސްކޯވް އޮލްސަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox