ހިމްނާ އަނެއްކާ ވެސް 400 މީޓަރު ދުވުމުގެ ރެކޯޑް އާ ކޮށްފި

Jun 13, 2022, 6:20 PM
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އިވެންޓެއްގެ ތެރެއިން ހިމްނާ. --- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އިވެންޓެއްގެ ތެރެއިން ހިމްނާ. --- ފޮޓޯ: އަދަދު

ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ ކާމިޔާބު ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން އަނެއްކާ ވެސް ރާއްޖޭގެ ގައުމީ 400 މީޓަރުގެ ދުވުމުގެ ރެކޯޑް އާ ކޮށްފި އެވެ.

މިއީ ހިމްނާ މި ރެކޯޑް އާ ކުރި ހަތަރު ވަނަ ފަަހަރެވެ. މީގެ ކުރިން 2018، 2019 އަދި 2021 ވަނަ އަހަރު ހިިމްނާ ވަނީ މި ރެކޯޑް އާ ކޮށްފަ އެވެ. ހިމްނާ އެންމެ ފަހުން ގައުމީ ރެކޯޑް އާ ކުރީ މިދިޔަ އަހަރު ކެންޔާގެ ނައިރޯބީގައި ކުރިއަށްދިޔަ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައި 58.90 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ދާދި ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑްކުރި ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހާސިލްކޮށްފައިވާ ހިމްނާ، މި ފަހަރު ރެކޯޑް އާ ކުރީ ގައުމީ ޓީމުގެ ޓައިމް ޓްރަޔަލްގަ އެވެ. މި ފަހަރު ހިމްނާގެ ޓައިމިން އަކީ 57.56 ސިކުންތެވެ. މިއީ، އެންމެ ފަހުގެ ޓައިމިން އަށް ބަލާއިރު، 1.34 ސިކުންތުގެ ކުރިއެރުމެކެވެ. ހަތަރު ސަތޭކަ މީޓަރުގެ ޖޫނިއާ އަދި ޔޫތު ރެކޯޑް ވެސް އޮތީ ހިމްނާ އަތުގަ އެވެ.

ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑް ވެސް ހޯދާފައިވާ ހިމްނާ ވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ އިވެންޓުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެއީ ދެކުނު އޭޝިއާގެ ބޮޑު ގޭމްސްއެއްގެ އިވެންޓެއްގެ ފައިނަލުން ހިމްނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ފައިނަލުގައި ހަތް ވަނަ އަށް ދިޔަ ހިމްނާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox