ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

(ހަތްވަނަ ބައި)

އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ޔަޒީދު ދައްކަމުން ދިޔަ ވާހަކަތަކުން އޭނާއަށް ކަންތައްތަކެއް އެނގުނީއޭ ހިތަށް އެރި އެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އަހަރުމެން ދެމެދުގައި ހިނގައިފައިވާ ކަމެއްނަމަ އެކަން އޮންނާނީ ސިއްރުގެ ގޮތުގަ އެވެ. އެއީ ދެމަފިރިންގެ ދެމެދުގައި ހިނގާ ސިއްރު ކަންކަމެވެ. ޔަގީންވާ ކަމަކީ އަހަރެންގެ ދުލުން އެކަން ބޭރު ނުވާކަމެވެ. މީހެއްގެ ގާތުގައި ވެސް ނުބުނާ ކަމެވެ. ވީއިރު ހަބީބު އެކަން މީހުންނަށް ކިޔައިދެނީ ހެއްޔެވެ؟ އޭނާއަކީ އަމިއްލައަށް ބޭޒާރުވާން އުޅޭ މީހަކީ ހެއްޔެވެ؟

"އާން! ތިޔަ ހީވީ ހަމަ ރަނގަޅަށް." ޔަޒީދު ފެށި އެވެ.

Advertisement

"ކޮންކަމެއް؟" އަހަންނަށް އަހައިލެވުނެވެ.

"ހުރިހާ ކަމެއް ވެސް." ޔަޒީދު ޔަގީންކަމާއެކު ބުނެލި އެވެ.

"ކިހިނެއް؟ ކީއްވެ؟" އަހަންނަށް ސުވާލުތަކެއް އަމުނައިލެވުނެވެ.

ހަގީގަތުގައި އަހަންނަށް ގަބޫލުކުރާން އުނދަގޫވީ އެވެ. އެކަން އެހެން ވެދާނެ ކަމަށް ނުވިސްނެނީ އެވެ. ހަބީބަށް ކުރެވިފައިވަނީ އެއަށްވުރެ ބޮޑު އިތުބާރެކެވެ. އޭނާ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާނެ އެވެ. ދެން ހުރީ އަހަރެންނެވެ. އަހަންނަށް އޭނާ ނޫނީ މީހަކު ނުފެނެ އެވެ. ނުފެންނަ ސިފައަކަށް، ނުފެންނަ މަންޒަރަކަށް ހިތް ލެނބޭނެ ހެއްޔެވެ؟ ލޯތްބެއް ވެވިދާނެ ހެއްޔެވެ؟

"މިޒޫއަށް އެނގޭތަ ހަބީބުގެ އަސްލު؟"

"އަހަންނަށް ވުރެ ބޮޑަށް އޭނާ އެނގޭނެ މީހަކު ނުހުންނާނެ." އަހަރެން ޔަގީންކަމާ އެކު ބުނެލީމެވެ.

"ހުސް ދޮގު. ކިހިނެއް އާފަލެއްގެ ބޭރު ތޮށްޓަށް ބަލައިފަ އެއީ ފޮނި އާފަލެކޭ ނުވަތަ ހުތް ރަހަލާ އާފަލެކޭ ބުނާނީ؟ ނުވާނެ!" ޔަޒީދު ގަބޫލެއް ނުކުރި އެވެ.

ޔަޒީދު ބުންޏަސް އެއީ ތެދެކެވެ. ހެޔޮ ވާހަކައެކެވެ. ނަމަވެސް، މި ވަގުތު އެކަމާ އަހަރެން އެއްބަސް ވާކަށް ނުވާނެ އެވެ. ކޮންމެ ހާލެއްގައި ނަމަވެސް އަހަރެން ދިފާއު ކުރާން ޖެހޭނީ އަހަރެންގެ ފިރިމީހާ އެވެ. ހަބީބެވެ. އެއީ އަހަންނަށް ލާޒިމު ކަމަށްވާނެ ކަމެކެވެ. އަހަންނަށް އޮތް ވާޖިބަކަށްވާނެ އެވެ. އެއީ ހަބީބު އަހަންނަށް އަޅައިދޭ ފޮޅުވަތެކެވެ.

"ހަނދާންނަށް ގެނެބަލަ މިޒޫގެ ފުރަތަމަ ދަރިފުޅުގެ ނިމުން އައި ގޮތް. ނުއުފަންނަ އެ ދަރިފުޅު ވަކިވެގެން ދިޔަ ގޮތް." ޔަޒީދުގެ އަޑުގައި ރިހުން އެކުލެވެމުން ދިޔަ އެވެ.

ޔަޒީދު ހުޅުވާލި އެ ދޮރުން އަހަންނަށް ފަސޭހައިން ވަދެވުނެވެ. މާޒީގެ ސަފުހާތަކުން ފަހަރަކު ސަފުހާއެއް އުކަމުން ކުރިއަށް ހިނގުނެވެ. އާއެކެވެ. އެއީ ހިތިވޭނެކެވެ. ދަތި ހާލެކެވެ. ފިތިފިތި އޮތް ހިތަކައިގެން ކުރި ދަތި ދަތުރެކެވެ. އެއީ ބިރުވެރި ރެޔެކެވެ. އަލަށް އެތައް ކަމެއް ތަހައްމަލު ކުރާން ޖެހުނު ރެޔެކެވެ. ނަމަވެސް ހިތާމައަކީ ބައެއް މަންޒަރުތަކާއި ބައެއް ކަންކަން އަހަންނަށް އަދިވެސް ނޭނގޭ ކަމެވެ.

އާއެކެވެ. އަހަންނާއި ހަބީބަށް ކުއްޖަކު ލިބެން އުޅޭކަން އެނގުމުން އަހަރެންގެ މޭގައި ޖަހަން ފެށީ މައިވަންތަ ކަމުގެ ކުލުނެވެ. ހިތުގައި ޖެހެން ފެށީ ދަރިއަކު ލިބެން އުޅޭތީ ޖަހާން ފެށި ލުއި އެހެނަސް އުފާވެރިކަމުގެ ވިންދެވެ. ސިކުނޑީގައި ކުރެހެމުން ދިޔައީ އެ ދަރިފުޅަށް ޓަކައި އަހަރެންގެ ރޭދުވާ ހޭދަކޮށްލާނެ އުފާވެރި ގޮތެވެ. ހަބީބަށް އެކަން އަންގާން އަހަރެން ނިންމީ އޭނާ ރަށަށް އަންނަ ދުވަހު އެވެ. އޭރު ހަބީބަކީ މާލެ ދަތުރުކުރާ މީހެކެވެ. އަމިއްލަ ބައްތެލީގައި ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. މަދުވެގެން މަހަކު ދެ ފަހަރު އޭނާ މާލެ ދާނެ އެވެ. ބައްތެއްޔަށް އެރުމަށްފަހު އޭނާގެ ޚަބަރެއް ވާނީ ރަށު ފަސްގަނޑުގައި ފައި ޖެހުމުންނެވެ. އެ ދުވަހަށް އަހަރެން ޖެހޭނީ ތައްޔާރުވެ އިންނާށެވެ. އާއެކެވެ. ހަނދަށް އޮރެންޖު ކުލަ އެރުމުން މުޅި ކާއިނާތު ބަދަލުވާނެ އެވެ. ތޫފާނަކަށްވުރެ ބާރުގަދަ ހޮނު ގުގުރީގެ އަޑުތައް އިވޭނެ އެވެ. އެ އެއީ ހަބީބު ބޭނުންވާ ގޮތެވެ. އޭނާ އުފާކުރާ ކަންކަމެވެ. އޭނާ ލޯބިކުރާނީ ވަލު ހިޔަޅުގެ އުސޫލަށެވެ.

އެއް ގޮތަކުން އެއީވެސް ގޮތެކެވެ. ބައެއް ފަހަރު އުފާވެރި އިހުސާސްތަކެއް ކުރެވޭ ގޮތެކެވެ. އެކި ރޭރޭ އެކި ގޮތް ވެދާނެ އެވެ. ބައެއް ފަހަރު އުފަލެވެ. އަނެއްބައި ފަހަރު އަނިޔާ އެވެ. ގިނަ ފަހަރު އަހަންނަށް ލިބެނީ އަނިޔާ އެވެ. ބުނެދޭން ނުކެރޭ ކަހަލަ އަނިޔާ އެވެ. ކިޔައިދޭން ލަދުވެތި ވާހަކަލަ އަނިޔާ އެވެ. އެހެންވެ އެކަން އޮންނާނީ ހިތުގެ މަކާނުގައިވާ ސިއްރު ފޮށްޓެއްގަ އެވެ. ބޭރުވާނެ ދޮރެއް، ލޯވަޅެއް ނެތް އަމާން ތަނެއްގަ އެވެ. އެނޫން ގޮތެއް ވެސް ނޯންނާތީ އެވެ.

އެއީ ވެސް އެކަހަލަ ރެޔެކެވެ. ހަނދަން އޮރެންޖު ކުލަ އެރީ ހަނދުމަހެއްގެ ދިހަވަނަ ރެޔެވެ. އިރު އޮއޮސުނީއްސުރެ އަހަންނަށް އުޅެން ޖެހުނީ ހޮޑު ނުކެނޑިގެންނެވެ. އެންމެ ފަހުން މީހާ ހުސްވެ ހާންތިވާ ގޮތްވުމުން އަހަރެން އޮށޯވެލީމެވެ.

އަހަރުމެންގެ ގެޔަކީ އަލަށް އާބާދުވާ ހިސާބުގައި ހުރި އެކަހެރި ގެޔެކެވެ. އިރު އޮއްސިއްޖެ ނަމަ މީހެއްގެ ހިލަމެއް އެ ހިސާބަށް ނުވާނެ އެވެ. އިރު އޮއްސޭ އިރަށް އެނދަން އެރުން އެއީ އަހަރެންގެ އާދައަކަށްވީ އެކަނިވެރިކަމާއެކު މޮޅިވެރިކަމުގެ ސާލެއް ކޮނޑަށް ވެއްޓިފައި އޮންނާތީ އެވެ.

ހަބީބަށް ރަށަށް އާދެވުނީ އިރާކޮޅު އެވެ. ގެއަށް ވަނުމާއެކު ކުޅިސަމާ ފެށުނީ އެވެ. އެހެން ރޭރެޔަށްވުރެ އޭނާގެ ބާރު ގަދަވެފައި ބުންވަރު ހުރިކަމަށް ފާހަގަވި އެވެ. ނަމަވެސް، އަހަރެން އޮތީ ބަލިވެފަ އެވެ. ހޮޑު ލައިލައި ގައިން ވަރު ގޮހެވެ. އެކަން ނުދައްކަން ލައްކަ ހިތްވަރު ކުރީމެވެ.

ހަބީބަށް ކަމެއް ފަހުމުވާ ވަރެއް ނޫނެވެ. ހަނދުގެ ކުލަ މަޑު ރީނދޫ ކުލައަށް ބަދަލުވާން އިރުގަނޑެއް ނެގި އެވެ. ހަބީބަށް ކަމެއް ވެއްޖެކަން ވެސް ވިސްނުނީ އެހައި ހިސާބުންނެވެ. އަހަންނަށް ވީނުވީ އެއް ނޭނގެ އެވެ. ލޯ ހުޅުވޭ ފަހަރާއި ނުހުޅުވޭ ފަހަރު ދެޔެ އެވެ. ދެބަ ދޭތެރޭގައި އޮންނަ އިރު ކުރެވޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔަ އެވެ.

ބޮލަށް ހުރީ ފާޑެއްގެ ބަރުކަމެއް ވެރިވެފަ އެވެ. ހީވަނީ ބޮލަށް ބަރެއް އަރުވާފައި އޮންނަ ހެންނެވެ. ގައިގައި ހަކަތައެއް ނެތެވެ. ހިންދިރުވާލެވޭނެހާ ވެސް ނުވެ އެވެ. ނޭވާ އެތެރެއަށް ދަމާލެވެނީ ވެސް ލައްކަ ހިތްވަރުންނެވެ. ދަށްބަނޑާ ދިމާއިން ނޭނގޭ ތޫނު ކަމެއް އިހުސާސް ކުރެވެން ފެށީ އިރު ކޮޅެއް ފަހުންނެވެ. އެ ތޫނު ތަދު މަޑުމަޑުން ގަދަވަމުން ދިޔަ އެވެ.

"ހަބީބޫ." އަހަންނަށް ބާރަށް ރޮއި ގަނެވުނެވެ.

ކެތް ނުވީ އެވެ. އޮންނަންވީ ގޮތެއް، އަރިވެލަން ވީ ފަރާތެއް ވެސް ނޭނގުނީ އެވެ. އޭރު ހަބީބެއް ނެތެވެ. އޭނާ ނުކުތީ ބޭރަށެވެ. އެއީ އޭނާގެ އާދަ އެވެ. ހުރިހާ ކަމެއް ނިމުމުން އޭނާ އެ ހުންނަ ގޮތަށް ނުކުންނާނީ ބޭރަށެވެ. އަހަންނަށް ވަނީ ކީއްތޯއެއް ނުބަލާނެ އެވެ. ބައެއް ރޭރޭ އަހަރެން ވެސް އޭނާ ގެންދާނެ އެވެ. ގަދަކަމުން ނަމަވެސް އޭނާ އަހަރެން ނެރޭނެ އެވެ. އަހަންނަށް ވެސް އެކަން އާއްމު ކަމަކަށް ވެއްޖެ އެވެ. އެއީ ވެސް އާދަޔާ ހިލާފު ކަމެކެވެ. އޭނާއަށް އުފާވެރިކަން ލިބޭ ކަމެކެވެ. ބަދަލުގައި އަހަންނަށް ވަނީ އުނދަގުލެވެ. ހިތްބިރުގަތުމެވެ. ޖެހިލުން ވެވުމެވެ.

މިރޭ ވެސް އޭނާ އުޅުނީ އަހަރެން ބޭރަށް ގެންދާށެވެ. ނަމަވެސް އަހަރެންގެ ގައިގާ އެ ހަކަތަ ނެތުމުން އޭނާ އެކަމަށް ބާރު ނޭޅީ އެވެ.

"ހަބީބޫ." އަހަންނަށް ބާރަށް ރޮއި ގަނެވުނެވެ.

ހަބީބު އެތެރެއަށް ވަންކަން އަހަންނަށް އެނގެ އެވެ. އޭނާގެ ބިޔަ ހަށިގަނޑު އަހަންނަށް ފެނުނެވެ. ނަމަވެސް މުޅި މަންޒަރު ވަނީ ފުސްވެފަ އެވެ. މަންޒަރު ފެންނަނީ ބިއްރޫލިގަނޑެއް ފުސްވުމުން ފަހަތުން މަންޒަރު ފެންނަ ގޮތަށެވެ. އިރުއިރު ކޮޅާ ލޯ މެރެ އެވެ. އަޅަމުންދިޔަ ވޭނަށް ކެތް ނުކުރެވިގެންނެވެ.

އޭރު އަހަރެންގެ ދެ ލޯ ހުޅުވެނީ ހަމަ ކިރިޔާ އެވެ. ދަށްބަނޑާ ދިމާގައި ހުރި ތަދު ގަދަވަމުން، ބޮޑުވަމުން ދިޔަ އެވެ. ހީވަނީ ވޭންވަރު އައިސްގެން ރިއްސާހެންނެވެ. އެހާ ވެސް ބޮޑަށް ތަދު އިހުސާސް ކުރެވެމުން ދިޔަ އެވެ.

"ތަދުވަނީތަ؟ އިރުކޮޅަކުން އޯކޭ ވާނެ. އޭތި ބޭނުންކުރީމަ ކަން ނޭނގެ ދޯ." ހަބީބުގެ އަޑު އަހަންނަށް އިވުނީ ފަނޑު ގޮތަކަށެވެ.

އޭނާ އެ ބުނީ ކީކޭ ހެއްޔެވެ؟ އެ ދައްކަނީ ކޮން އެއްޗެއްގެ ވާހަކަ ހެއްޔެވެ؟ އެ ހާލުގައި އޮވެ އަހަންނަށް ވިސްނެން ފެށުނެވެ. ހަބީބަކީ ފާޑެއްގެ މީހެކެވެ. އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. އަހަރެންގެ ރުހުމެއް ނުހޯދާނެ އެވެ. އޭނާއަށް އޮންނާނީ ހިތަށް އެރުމެވެ. ދެން އޮންނާނީ ކަންވެ ނިމިފައި އޮއްވަ އެވެ.

ކުއްލިއަކަށް އެރި ތަދާއެކު ކެތް ނުވެގެން ރޮއި ގަނެވުނެވެ. ދަށްބަނޑަށް އެރި ތަދު މުޅި ހަށިގަނޑަށް ފެތުރުނެވެ. މުޅި ބަނޑުގައި އެ ތަދު ދުވެގަތެވެ. ދެފައި ތުރުތުރު އަޅަން ފެށި އެވެ. ދެ އަތް ވެސް ތުރުތުރުލާން ފެށި އެވެ. މުޅި މީހާ އެކުގައި ތުރުތުރު އަޅާން ފެށި އެވެ. އޮންނަންވީ ގޮތް ވެސް ނޭނގުނެވެ. އުއްޑުން ނޯވެވުނެވެ. ބަންޑުން ވެސް ނޯވެވުނެވެ. އަރިއަކަށް ނޯވެވުނެވެ. އެންމެ ފަހުން ބަނޑުގައި އަތް އަޅައިގެން ގުދުވެވުނެވެ. ސަޖިދައިގައި އޮންނަ ހެން އަހަންނަށް އޮވެވުނެވެ. ރޮމުން ގިސްލަމުންނެވެ. އެ ހުރިހާ ކަމެއް ހަބީބަށް ފެންނާނެކަން އަހަންނަށް ޔަގީން ކުރެވުނެވެ.

"މި ކޮން ލެޔެއް؟" ހަބީބުގެ އެ ޖުމުލައިން އަހަރެންގެ ދެ ލޯ ބޮޑުވި އެވެ.

އެހައި ހިސާބުން ވީނުވީ ނޭނގުނެވެ. ލޯ ހުޅުވާލެވުނީ އިރުގަނޑެއް ފަހުންނެވެ. ތޫނު އެއްޗެއް ހަށިގަނޑަށް ހަރައިލުމުންނެވެ. އޭރު މީހާ އޮތީ ވަރުބަލިވެ ހާންތި ނެތިފަ އެވެ. ލޯ ހުޅުވާލެވުނީ ވެސް ލައްކަ ހިތްވަރުންނެވެ. ފެނުނީ ފުސްކަމެވެ. ހުދުކަމެވެ. ދެތިން ފަހަރަށް އެސްފިޔަ ޖަހައިލީމެވެ. ކޮންމެ ވެސް ވަރަކަށް މަންޒަރު ސާފުވާން ފެށި އެވެ. ޖައްވުގައި ހުރި ބޫން އަޑު ކެނޑެމުން ދިޔަ އެވެ. ބޮލަށް އަރައިފައިވާ ވާން އެއްކޮށް ކެނޑެމުން ދިޔަ އެވެ.

"ދެން ހާސް ނުވޭ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ." އިވުނީ އަންހެނެއްގެ އަޑެވެ.

އަހަންނަށް ބަލައިލެވުނެވެ. ދަތްދޮޅީން ފެށިގެން މައްޗަށް ފެނުނު މޫނުން އެއީ ކާކުކަން ސާފުވާ ގޮތެއް ނުވި އެވެ. ޔަގީންވާ ކަމަކީ އެއީ ނަރުހެއް ކަމެވެ.

"ކިހިނެއްވީ؟" އަހަރެންގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ.

"އިހަށް ހަމަޖެހިލާ! ފަހުން ހުރިހާ ކަމެއް އެނގޭނެ." އޭނާގެ ބަސްމަގު ހުރި ގޮތުން އެއީ ނަރުހެއްކަން ކަށަވަރުވި އެވެ.

"ހަބީބު ކޮބާ؟" ހަބީބު މަތިން ހަނދާންވީ އެހައި ހިސާބުންނެވެ.

ޖަވާބެއްގެ އިންތިޒާރުގައި އޮތީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އަހަންނަށް ބޯ އަރިކޮށްލުމަށްފަހު ބަލައިލެވުނެވެ. ނަރުސް ކޮބައިތޯ އެވެ. އޭނާ ޖަވާބެއް ނުދިނީ ކީއްވެތޯ އެވެ. ސުވާލުގެ ނަޒަރުން އަހަރެން ބަލައިލީމެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލީމެވެ.

އޭނާ ލުއި ގޮތަކަށް ހިނިތުންވެލި މަންޒަރު އަހަންނަށް ފެނުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ.

"ކޮބާ ހަބީބު؟" އަހަރެން އަހައިލީމެވެ.

"ފުލުހަށް ގޮސްވީ!" ނަރުސް ޖަވާބު ދިނީ ލަސްލަހުންނެވެ.

"ފުލުސް؟" އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"މިކޮޅުން ރިޕޯޓުކުރީ!" ނަރުސް ކިޔައިދިނެވެ.

"ކީއްވެ؟ ކޮން ކަމެއް؟"

އެނދުގައި އަތްއަޅައި ތެދުވަން އުޅެވުނެވެ. ނަމަވެސް އެކަން މަނާކުރީ ނަރުހެވެ. އޯގާތެރިކަމާއެކު އޭނާ ފިރުމައިލީ އަހަރެންގެ ބޮލުގަ އެވެ. އަހަންނަށް ލޯމަރައިލެވުނެވެ. މިއަދު މިހާލު އަހަންނަށް މި ޖެހުނީ ކީއްވެ ހެއްޔެވެ؟ ހަބީބު ފުލުހުންގެ ބެލުމުގެ ދަށަށް އެ ގެންދިޔައީ ކީއްވެ ހެއްޔެވެ؟

(ނުނިމޭ)

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox