ދަރިން ސްކޫލަށް ނުފޮނުވައި ކައިވެނިކުރުވި ބައްޕައަކު އަހަރު ދުވަހަށް ޖަލަށް

ކްރިމިނަލް ކޯޓު ސަރަހައްދު: ދަރިން ސްކޫލަށް ނުފޮނުވައި ކައިވެނި ކުރުވި މީހަކު ޖަލަށް ލާން ހުކުމް ކުރި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ކްރިމިނަލް ކޯޓު ސަރަހައްދު: ދަރިން ސްކޫލަށް ނުފޮނުވައި ކައިވެނި ކުރުވި މީހަކު ޖަލަށް ލާން ހުކުމް ކުރި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

އަށާރަ އަހަރު ނުފުރޭ ތިން އަަންހެން ދަރިން ސްކޫލަށް ނުފޮނުވައި، އަދި އޭގެ ތެރެއިން ދެ ކުއްޖަކު ބޮޑު ދެ ފިރިހެނުންނާ ކައިވެނި ކުރުވި މައްސަލައެއްގައި އެ ކުދިންގެ ބައްޕަ އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަހުމަދު ނިޔާޒު ކިޔާ މީހާގެ 17 އަހަރު، 16 އަހަރު، އަދި 12 އަހަރުގެ ތިން ދަރިންނަށް ތައުލީމު ދިނުމަށްޓަކައި ސްކޫލަށް ނުފޮނުވައި، އެ ކުދިން އުނގެނުމުގެ ހައްގުން މަރުހޫމް ކޮށްފައިވާ މައްސަލާގައި، އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އޭގެ އިތުރުން އޭނާގެ ތިން ދަރިންގެ ތެރެއިން ދެ ކުއްޖަކު ކުޑަ ކުއްޖެއްގެ އުމުރުގައި ހުއްޓައި ކައިވެނި ކުރުމުގެ ހުއްދަ ނުދެނީސް ބޮޑު ދެ ފިރިހެނުންނާ ކައިވެނި ކުރުވި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ދައުވާ އެވެ. އެ ކައިވެނި ކުރުވާފައި ވަނީ ހުޅުމާލޭގައި ޑިސެމްބަރު 2018 ގަ އެވެ.

އެ ދައުވާ ސާބިތުވުމުން، ނިޔާޒު ޖުމުލަ އެއް އަހަރާއި ތިން މަހާއި 20 ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވި އެވެ.

ސްކޫލަށް ނުފޮނުވި މައްސަލަ

ޝަރީއަތުގައި ދައުވާއަށް ޖަވާބު ދާރީވަމުން ނިޔާޒު ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ދަރިން ސްކޫލަށް ފޮނުވި ކަމަށެވެ. އެކަމަކު އިންޓަވަލް ވަގުތު ހަމަވާއިރަށް ނަމާދު ވަގުތު ޖެހޭތީ ނަމާދު ކޮށްގެން ލަހުން ސްކޫލަށް ދެވޭތީ ސްކޫލުން އަދަބު ދޭ ކަމަށް ބުނެފައިވެ އެވެ. އަދި ސްކޫލްގައި ބާއްވާ މިއުޒިކް ޑާންސް ފަދަ ހަރަކާތްތަކުގައި ދަރިން ބައިވެރި ނުކުރާތީ ސްކޫލުން ޕްރެޝަރުކުރާ ކަމަށް އޭނާ ބުންޏެވެ.

ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރަމުން އޭނާ އިތުރަށް ބުނެފައިވަނީ ސްކޫލަށް ދަރިން ފޮނުވުން ދުވަސް ކޮޅަކަށް ހުއްޓާލީ އެ ކަންކަން ސްކޫލުން ރަނގަޅުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އެ މައްސަލާގައި އޭނާއާ ހަމައަށް އައުމުން އެ ވާހަކަތައް ކިޔައިދީފައިވާ ކަމަށް ވެސް ބުންޏެވެ.

ސްކޫލަށް ދުވަސްކޮޅަކަށް ފޮނުވުން ހުއްޓާލުމަކީ ކުށެއް ކަން އެނގޭނަމަ އެކަން ނުކުރީސް ކަމަށް ޝަރީއަތުގައި ނިޔާޒު ބުންޏެވެ. ސްކޫލްގައި ދިމާވި މައްސަލަތައް ސްކޫލުން ހައްލު ކުރުމުން ސްކޫލަށް ފޮނުވައިގެން ދަރިންނަށް ކިޔަވައިދޭން ބޭނުންވާ ކަން އޭނާ އަދި އޭނާގެ ދަރިން ވެސް ސްކޫލުގައި ބުނެފައިވާނެ ކަމަށް ވެސް ނިޔާޒު ބުނެފައިވެ އެވެ.

ދައުލަތުން ވަނީ މި މައްސަލާގައި އަށް ޝަފައީ ހެކިންނާއި ނުވަ ކިތާބީ ހެކި ހުށަހަޅާފަ އެވެ.

ދިފާއީ ހެކިންގެ ގޮތުގައި ނިޔާޒު ހުށަހެޅީ އޭނާގެ އަނބިމީހާ އާއި ދަރިންނެވެ. އެކަމަކު ހެކިބަސް ނެގުމުގެ މަޖިލީހުގައި ނިޔާޒުގެ ފަރާތުން އެއްވެސް ސުވާލެއް ނުކުރުމުން އެ މީހުންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ.

ދައުލަތުގެ ހެއްކާއި ގަރީނާ ވަޒަން ކުރުމަށް ފަހު ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި އެވެ.

ދަރިން ކައިވެނިކުރުވި މައްސަލަ

ހުއްދަ ނުނަގާ ދަރިން ކައިވެނި ކުރުވި ކަމުގެ ދައުވާއަށް ނިޔާޒު ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލަ ކޯޓުން ނިންމީ އަވަސް ނިޔާގެ ދަށުންނެވެ. އެއީ ދައުވާ ރައްދުވާ ފަރާތުން ކުށަށް އިއުތިރާފު ވުމުން، ހެކިބަސް ނެގުމާއި ޝަރީއަތުގެ އެހެން މަރުހަލާތަކަށް ނުގޮސް ހުކުމް އިއްވުމެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަނީ އަންހެން ދަރިއެއްގެ ކައިވެނި އަމިއްލައަށް ކުރުވާފަ އެވެ.

ކުށަށް އިއުތިރާފުވި ނަމަވެސް ޝަރީއަތުގައި ނިޔާޒު ބުނެފައިވަނީ އެއީ ގާނޫނީ ކުށެއް ކަން އޭނާއަށް ނޭނގޭ ކަމަށެވެ. އެހެން ވިޔަސް ޝަރީއަތުން ނިންމީ ކުށެއް ކުރުމަށް ފަހު އެއީ ކުށެއް ކަން ނޭނގެއޭ ބުނުމަކީ އެކަމަކުން ބަރީއަވެވޭނެ ކަމެއް ނޫން ކަމުގަ އެވެ.

އިސްލާމް ދީނުގައި ބައްޕަ ހުއްދަ ދިނުމުން ކައިވެނިކޮށްދެވޭ ކަމަށް ނިޔާޒު ޝަރީއަތުގައި ބުނެފައިވެ އެވެ. އެހެން ބުނުމުން ދަލީލު ދައްކައިދޭން ޝަރީއަތުން ސުވާލު ކުރުމުން ނިޔާޒަށް އެއްވެސް ދަލީލެއް ދެއްކިފައި ނުވާ ކަމަށް ވެސް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އިސްލާމީ ޝަރީއަތުގައި އެހެން ހުއްދަ ކޮށްފައި އޮންނަ ކަމެއް ވެސް ގާނޫނަކުން ހަނިކޮށްފައިވާ ނަމަ ބަލަން ޖެހޭނީ ގާނޫނަށް ކަމަށް ވެސް އޭގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox