ނޭޝަންސް ލީގު: އޮސްޓްރިއާއާ އެއްވަރުވެ ފްރާންސަށް މޮޅެއް ނުލިބި ތިން ވަނަ މެޗު

Jun 10, 2022, 8:59 PM
އޮސްޓްރިއާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން އެމްބާޕޭ: ފްރާންސް ބަލިވާން ދަނިކޮށް އެއްވަރުކުރީ އެމްބާޕޭ ޖެހި ގޯލުން.-- ފޮޓޯ: އޭއެފްޕީ

އޮސްޓްރިއާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން އެމްބާޕޭ: ފްރާންސް ބަލިވާން ދަނިކޮށް އެއްވަރުކުރީ އެމްބާޕޭ ޖެހި ގޯލުން.-- ފޮޓޯ: އޭއެފްޕީ

ވިއޭނާ، އޮސްޓްރިއާ (ޖޫން 11) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ އޮސްޓްރިއާއާ 1-1 އިން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މޮޅެއް ނުލިބި ތިން ވަނަ މެޗު ނިންމާލަން ޖެހިއްޖެ އެެވެ.

ސްޕެއިން ބަލިކޮށް، މިިދިޔަ އަހަރުގެ ނޭޝަންސް ލީގު ތަށި އުފުލާލި ފްރާންސް މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ 2-1 އިން ޑެންމާކް އަތުން ބަލިވެގެންނެވެ. ދެ ވަނަ މެޗުގައި ކްރޮއޭޝިއާއާ 1-1 އިން އެއްވަރުވިއިރު، މިރޭ ވެސް އެ ނަތީޖާ އިން މި ވަނީ އޮސްޓްރިއާއާ އެއްވަރުވެފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން މިރޭ ކްރޮއޭޝިއާ ވަނީ 1-0 އިން ޑެންމާކް ދަނޑުގައި މޮޅުވެފަ އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެެއްގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ޑެންމާކް އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އޮސްޓްރިއާ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފްރާންސް އެންމެ ފުލުގައި އޮތީ ތިން މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.

އޮސްޓްރިއާ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފްރާންސަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ކަރިމް ބެންޒެމާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޮސްޓްރިއާ އޭރިއާތެރެއިން ލިބުނު ބޯޅަ ބެންޒެމާ ފޮނުވާލި ނަމަވެސް އޮސްޓްރިއާ ކީޕަރު ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފަ އެެވެ.

ރަލްފް ރަންގްނިކްގެ ކޯޗުކަމުގައި ކުޅޭ އޮސްޓްރިއާ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 37 ވަނަ މިނިޓްގައި އަންޑްރެއަސް ވައިމަން އެވެ. މިއީ ވައިމަން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ދިން ބޯޅައެއް އޭރިއާތެރެއިން ރަނގަޅު ތަނަށް އަރައި، އެ ޓީމުގެ ކޮންރަޑް ލައިމާ ހުރަސްކޮށްލި ވަގުތު ހަމަޖެހިލާފައި ވައިމަން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މެޗުގެ 83 ވަނަ މިނިޓްގައި ފްރާންސަށް އެއްވަރުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ. ކްރިސްޓޮފް އެންކުންކޫ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ފްރާންސަށް ލީޑުނަަގައިދޭން ފޮނުވާލި ދެ ހަމަލާ ވެސް ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، އޮސްޓްރިއާގެ ކީޕަރު ޕެންޓްޒް އެވެ. އޭރިއާތެރެއިން ހުސްކޮށް ވަދެ، އެމްބާޕޭ ޖެހި ޝޮޓް ކީޕަރު ޕެންޓްޒް ގައިގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. އިތުރު ވަގުތުގައި އެމްބާޕޭ ނެގި ކޯނަރަކުން މަޓެއޯ ގެންޑޫޒީ ބޮލުން ޖެހި ބޯޅަ ވެސް މަތަކުރީ ކީޕަރު ޕެންޓްޒް އެވެ.

ޑެންމާކްގެ ކޯޕެންހާގެންގައި މިރޭ ކުޅުނު މެޗުން ކްރޮއޭޝިއާ މޮޅުވިއިރު، ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގައި މާރިއޯ ޕަސާލިޗް އެެވެ.

ނޭޝަންސް ލީގުގައި ދެން މި ގްރޫޕްގެ މެޗެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު، ފްރާންސް އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއާ ކުޅޭއިރު، އޮސްޓްރިއާ އިން ރަށުންބޭރުގައި ކްރޮއޭޝިއާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox