އޭ ޖާބިރެވެ! ހިތް އެދޭހާ އެއްޗެއް ގަންނަނީ ހެއްޔެވެ؟

އޭ ޖާބިރެވެ! ހިތް އެދޭހާ އެއްޗެއް ގަންނަނީ ހެއްޔެވެ؟

ރަސްގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެ އެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެ އެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! އެމީހުން ދެންނެވި އެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމު އެވެ.  އަދި އެ ދެމީހުންކުރެ (ޖަލުން) ސަލާމަތްވީމީހާ އެތައްދުވަހެއް ފަހުން (ޔޫސުފްގެފާނުގެ މަތިން) ހަނދާންވެގެން ބުންޏެވެ. އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (ޔޫސުފް ގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ! (އޭނާ ދެންނެވި އެވެ.) އޭ ޔޫސުފްގެފާނެވެ! އޭ ތެދުވެރިޔާ އެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ.  އެކަލޭގެފާނު ވިދާޅުވި އެވެ. ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީ އެވެ.  ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެ އެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނެ އެވެ.  ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެ އެވެ. އަދި އެ އަހަރުގައި އެމީހުން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެ އެވެ.

މަތީގައި އެވަނީ، ޔޫސުފް ސޫރަތުގެ 43 ވަނަ އާޔަތުން ފެށިގެން 49 ވަނަ އާޔަތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ ތަރުޖަމާ އެވެ. ޔޫސުފްގެފާނު ތައުބީރުކުރެއްވި، ރަސްގެފާނުގެ ހުވަފެންފުޅާއި އެކަލޭގެފާނު ޖަލުން މިނިވަންވަޑައިގަތްކަމާއި، އަދި އެފަހުން މިސްރުގެ ހަޒާނާގެ މައްޗަށް ވަޒީރަކު ކަމުގައި ރަސްގެފާނު ޔޫސުފްގެފާނު ލެއްވި ގޮތުގެ ވާހަކައަކީ އަހަރެމެން މުސްލިމުން ދަންނަ ވާހަކައެކެވެ. ޔޫސުފް ސޫރަތުގައި މިފަދަ ރީތި ކިތަންމެ ވާހަކައެއް ވެ އެވެ. އެއަށްފަހު އެސޫރަތުގެ 111 ވަނަ އާޔަތުން ބައެއްގައި އަންގަވާފައިވަނީ "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް އިބުރަތެއް ވާކަން ކަށަވަރެވެ." މިހެންނެވެ.

މަތީގައި ދަންނަވާލެވުނު އާޔަތްތަކުން ބަޔާންކުރާ ވާހަކައިގައި އެތައް ހާސް ކަމެއް ވިސްނާފިކުރުކުރާ ބަޔަކަށް ފާހަގަވާނެ އެވެ. އެއް ކަމަކީ، ދުނިޔެއަކީ އަބަދު އެއްގޮތަކަށް ނޯންނާނެ ތަނެއް ކަމަށް ބަލައިގެން ދައުލަތް ހިންގަމުން ގެންދިއުމުގެ ފިލާވަޅެވެ. އަތުވެދާނެ ތަދުމަޑުކަމަކާއި ބަލިމަޑުކަމަކަށް ދުޅަހެޔޮ އުފާވެރި ދުވަސްތަކުގައި ދުރާލައި ވިސްނައި، އެކަމަށްޓަކައި ނިޒާމުތައް އެކަށައެޅިފައިއޮތުމުގެ މުހިންމުކަމުގެ މައްޗަށް އައިސްފައިވާ އިރުޝާދެވެ.

ރަސްގެފާނު ސުވާލުކުރުމުން އަރިހުގައި ތިބި ވަޒީރުން ބުނީ ތިޔަބާވަތުގެ އެއްޗެހި ތައުބީރުކުރަން ތިމަންމެން ނުދަންނަ ކަމުގަ އެވެ. މިއީ ވެސް ދަށު ރޮނގުދަމާލަންޖެހޭ ފަދަ ބުނުމެކެވެ. މިހާރު ދިމާވެގެން މިއުޅޭ އިގްތިސާދީ ދަތިކަމާއެކު މުޅި ދުނިޔޭގައި ތަކެތީގެ އަގުބޮޑުވަމުންދާ މައްސަލާގައި، އަހަރެމެން ކޮންމެ މީހަކީވެސް އިކޮނެމިސްޓަކަށްވެ ބަސް ބުނަމުންދާއިރު، މިމައުލޫ އެނގެނީ ކިހާވަރަކަށްތޯ ވިސްނާލުމަކީ އެއީ އޮތްކަމެއް ހެނެއް ހިއެއް ނުވެ އެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ބޭނުމަކީ ތަކެތީގެ އަގު އުފުލެމުންދާ ސަބަބުތަކާއި އެކަމުގެ އިގުތިސާދީ ހައްލުތަކުގެ މައްޗަށް ބަހުސްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހާލަތާ ގުޅިގެން އިސްލާމީ ވިސްނުމަކަށް މަގެއް ކޮށާލަދިނުމެވެ. އާދޭހެވެ! އިސްލާމްދީން ބުނެދެނީ ހަނަފަސްކަމާއި ދަތިކަމާ ބައްދަލުވުމަކީ ބަދަލުނުކުރެވޭނެ ދުނިޔެވީ އެއް ހަގީގަތް ކަމަށެވެ. ރޭވުންތެރިކަމާއެކު އެހަގީގަތާ ކުރިމަތިލުމަށެވެ. އެކަމުގައި ނުދަންނަ މީހުން ކޮންމެ ކޮންމެ ވާހަކައެއް ނުދެއްކުމަށެވެ. އަދި އެނގޭ މީހުންގެ އެއްބާރުލުން ހޯދުމަށެވެ. އަރިހުގައި ތިބި މީހުންނަށް ނޭނގޭތީ އެމީހުން ރަސްގެފާނަށް ދެންނެވީ ތިމަންމެންނަށް ނޭނގޭ ކަމަށެވެ. ޔޫސުފްގެފާނަކީ ކަމުގެ އިލްމުހުރި ބޭކަލެއްކަން ޔަގީންވިހިނދު، ހަޒާންދާރަކުކަމުގައި ރަސްގެފާނު އެކަލޭގެފާނު އިހުތިޔާރުކުރެއްވި އެވެ.

އިގުތިސާދީ ތަދުމަޑުކަމަށް ވިސްނައިފިކުރުކުރުމުގައި އިސްލާމްދީން އިރުޝާދުދޭ ފަދައިން، އެފަދަ ކަންކަމަށް ހުށަހެޅޭނެ މަގުތައް އިސްލާމްދީނުގައި ނަހީކުރެވިފައި ވެ އެވެ. ބޭކާރު ހަރަދުތައްކޮށް އިސްރާފުކުރުން ނަހީވެފައިވުމުގެ އެއް ހިކުމަތަކީ އެއީ އެވެ. މީގެ އިތުރުން އެފަދަ އިގުތިސާދީ ތަދުމަޑުކަންތަކުގައި އަމަލުކުރާނެ އިރުޝާދުތައް ވެސް އިސްލާމްދީނުގައި އައިސްފައި ވެ އެވެ.

ހާލަތުގެ ނާޖާއިޒު ބޭނުން ހިފައި، ބޮޑު ފައިދާގައި އަގުތައް މަތިކުރުމަކީ އިސްލާމީ ވިޔަފާރީގެ ރޫހާ މުޅިން ހިލާފު ކަމެކެވެ. ކޮންމެ މިންވަރަކަށް ކޮންމެ ބާވަތަކުން ވިޔަފާރި ފައިދާ ހުއްދަ ނަމަ ރިބާ ވެސް ހުއްދަވީސް ނޫންތޯ އެވެ. އިގުތިސާދީ ތަދުމަޑުކަމެއްގައި ހާލަތުގެ ބޭނުންހިފައި، ތަކެތީގެ އަގުމަތިކުރާނަމަ، އެކަމުގެ ތެރެއަށް ދައުލަތް ހިންގާ ފަރާތުން ވަދެ ބައެއް ތަކެތީގެ އަގު ވަކި މިންވަރަކަށްވުރެ ބޮޑަށް ނުއުފުލޭ ގޮތަށް ހެދުން ވެސް ހުއްދަކަމަށް ބައެއް އިލްމުވެރިން ފަތުވާ ދެއްވަ އެވެ.

ތަކެތީގެ އަގު އުފުލުމާ ހަނގުރާމަކުރުމުގައި މުސްލިމުންގެ މެދުގައިވެސް ރީތި ސަގާފަތްތަކެއް އޮތްކަން އިސްލާމީ ތާރީހު ހެކިދެ އެވެ. ހަލީފާ ޢުމަރުބުނުލްޚައްޠާބްގެ އަރިހަށް ރައްޔިތުންގެ ބަޔަކު އައިސް ޝަކުވާ ދެންނެވި އެވެ. ގެރިބަކަރީގެ އަހުލުވެރިން އޭގެ އަގު މާބޮޑަށް މަތިކޮށްފި އެވެ. އޭގެ އަގު ކަނޑައަޅައިދޭށެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. އޭގެ އަގު ތިޔަބައިމީހުން ކުޑަކުރާށެވެ. އެމީހުން ދެންނެވި އެވެ. ތިމަންމެން މިޝަކުވާކުރަނީ އަގުބޮޑުވެގެންނެވެ. ގެރިމަސްހުރީ އޭގެ ވެރީން އަތުގަ އެވެ. އަހަރެމެންނަކީ އެޔަށް ބޭނުންވެފައިވާ މީހުންނެވެ. ކަލޭގެފާނު ތިޔަ ވިދާޅުވަނީ އެތަކެތީގެ އަގު އަހަރެމެން ކުޑަކުރުމަށެވެ. އަހަރެމެންނަށް މިލްކުވެފައި ނުވާ އެއްޗެއްގެ އަގު އަހަރެމެން ކުޑަކުރަނީ ކިހިނެއް ހެއްޔެވެ؟ ވިދާޅުވި އެވެ. އެމީހުންނަށް އެތަކެތި ދޫކޮށްލާށެވެ. އުމަރުގެފާނުގެ މި ވިސްނުންފުޅަކީ ތަކެތީގެ އަގުދަށްކުރުމުގައި ހަގީގަތުގައިވެސް ކާމިޔާބު އިގުތިސާދީ ނަޒަރިއްޔާއެކެވެ. އަގު އަރާނީ ޑިމާންޑު އޮވެގެންނެވެ. ޑިމާންޑު ދަށްކޮށްލުމުން އަގުތައް ދަށަށް ދާނެ އެވެ.

ޖާބިރު ރަޟިޔަﷲ ޢަންހު ރިވާކުރައްވަ އެވެ. ތިމަންނާ ގެރިމަސްތަކެއް ގަނެގެން ދަނިކޮށް ޢުމަރުގެފާނަށް ފެނިވަޑައިގެން ސުވާލުކުރެއްވި އެވެ. އޭ ޖާބިރުއެވެ! ތިޔައީ ކޮން ކަމެއްހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ގެރިމަސް ކާހިތްވީމާ ގަތީ އެވެ. ވިދާޅުވި އެވެ. ކާހިތްވާހާ އެއްޗެއް ހަމަ ގަންނަނީ ހެއްޔެވެ؟ "ތިޔަބައިމީހުންނަށް ހުރި ރަނގަޅު ތަކެތި ތިޔަބައިމީހުންގެ ދުނިޔޭގެ ހަޔާތުގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމު އެވެ." މިއާޔަތާ މެދު ބިރެއް ނުގަނޭ ހެއްޔެވެ؟

ދުނިޔެއަށް މިއޮތީ އިގުތިސާދީ ކާރިސާއެއް ބޯމަތިވެފަ އެވެ. ހިންގަވާންތިއްބެވި ބޭފުޅުން އެ ވިދާޅުވަނީ ތާށިވީ ކަމުގައި ވީނަމަވެސް މެނޭޖް ކުރެވޭނެ ކަމަށެވެ. އެ މަސައްކަތުގައި އަޅުގަނޑުމެންގެ ބައިވެރިވާންވީ ފަރުދީ ފެންވަރުގަ އެވެ. އަމިއްލަ ހަރަދުތައް ކުޑަކުރަންވީ އެވެ. ކޮންމެ ދުވަހަކު ހިތްހަމަޖައްސާލުމަށްޓަކައި ކުރާ ބޭކާރު ހަރަދު ހުއްޓާލަންވީ އެވެ. މިފަދަ ވަގުތުތަކުގައި ހަރަދުކުރުމުގައި އިތުރަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.

އުމަރުގެފާނު ޖާބިރުގެފާނަށް ކުރިމަތި ކުރި ސުވާލަކީ، އަހަރެމެން އަމިއްލަ ނަފުސާ ކުރިމަތިކުރަންޖެހިފައިވާ ސުވާލެކެވެ. ފަރުދީ ފެންވަރުގައި އެކަންޏެއް ވެސް ނޫނެވެ. ދައުލަތުގެ ފެންވަރުގައިވެސްމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox