ނޭޝަންސް ލީގު: ޕޯޗުގަލް ކުރިއަށް، ސްޕެއިނަށް ފުރަތަމަ މޮޅު

Jun 9, 2022, 9:19 PM
ޗެކް ރިޕަބްލިކްގެ ދެ ކުޅުންތެރިން ކައިރިން ޕޯޗުގަލްގެ ގުއޭޑޭޝް (މ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ޗެކް ރިޕަބްލިކްގެ ދެ ކުޅުންތެރިން ކައިރިން ޕޯޗުގަލްގެ ގުއޭޑޭޝް (މ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ޒިއުރިކް، ސްވިޒަލެންޑް (ޖޫން 10) - ނޭޝަންސް ލީގުގައި މިރޭ ކުޅުނު މެޗުތަކުން، ޗެކް ރިޕަބްލިކް 2-0 އިން ބަލިކޮށް ޕޯޗުގަލް ގްރޫޕްގެ ކުރިއަށް ޖެހިލިއިރު، ސްވިޒަލެންޑް އަތުން 1-0 އިން ކުރިހޯދައި، ސްޕެއިނުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި ސްޕެއިން މި ފަހަރުގެ މުބާރާްތް ފެށީ ޕޯޗުގަލް އާއި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުތަކުން އެއްވަރުވެގެންނެވެ. ޕޯޗުގަލް ކައިރިން ފުރަތަމަ ލީޑުނަގާފައި ވީ އެއްވަރެވެ. ޗެކް ރިޕަބްލިކް އަތުން ބަލިވާން ދަނިކޮށް ފަހު ވަގުތު އެއްވަރުކުރީ އެވެ.

މިރޭގެ މެޗުން ސްޕެއިން މޮޅުވިއިރު، އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ޕޯޗުގަލް އެވެ. ދެ ވަނަ ލިބެނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ސްޕެއިން އެވެ. ތިން ވަަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް އެވެ. ފުލުގައި އޮތް ސްވިޒަލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ސްޓޭޑް ޑީ ޖެނީވާގައި ކުޅުނު މިރޭގެ މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނިޓްގައި ޕަބްލޯ ސަރާބިއާ އެވެ. މާކޯސް ލޮރެންޓޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ސަރާބިއާ ވަނީ ވެއްޓިގެންފައި ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ ރެފްރީ ސަރްދާރް ގޮޒްބުޔޫކް މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންްޓް ރެފްރީ (ވީއޭއާރް) އިން ވަރަށް ގިނަ އިރުތަކެއް ވަންދެން ބެލުމަށް ފަހު އެވެ.

މިރޭގެ މެޗުގައި ސްޕެއިންގެ ހަމައެކަނި ގޯލު ޖެހި ސަރާބިއާ މެޗުގެ ތެރެއިން ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނާއި ސްވިޒަލެންޑަށް ވެސް މި މެޗުގައި ގޯލާ ސީދާކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ސްޕެއިނުގެ މާކޯސް އަސެންސިއޯ ޖެހި ޝޮޓެއް ސްވިޒަލެންޑްގެ ޔެން ސޮމާ އަތަށް ނެގިއިރު، ސްވިޒަލެންޑްގެ ފޯވާޑް ހަރިސް ސެފެރޯވިޗް ޖެހި ބޯޅަ ސްޕެއިން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ޗެކް ރިޕަބްލިކް ކޮޅަށް ޕޯޗުގަލް އިން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. ޕޯޗުގަލް އިން ފަސް މިނިޓް ތެރޭ ދެ ގޯލު ޖެހިއިރު، ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، ބެނާޑޯ ސިލްވާ އެވެ. އެ ގޮތުން މެޗުގެ 33 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ހަނި އޭންގަލުން ވައްދާލި ގޯލުން ޕޯޗުގަލް ލީޑުނެގި އެވެ.

ޕޯޗުގަލް އިން ފުރަތަމަ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، މެޗުގެ 38 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖެހީ ފޯވާޑް، ގޮންކާލޯ ގުއޭޑޭޝް އެވެ. ބެނާޑޯ ސިލްވާ ދިން ބޯޅަ، ގުއޭޑޭޝް ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ޕޯޗުގަލް އަކީ މި މުބާރާތުގެ އެންމެ ފުރަތަމަ ޗެމްޕިއަނެވެ. އެ ގޮތުން 2019 ވަނަ އަހަރު ޕޯޗުގަލް އިން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ނެދަލެންޑްސް ބަލިކުރުމަށް ފަހު އެވެ. ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ޕޯޗުގަލް ބަލިވި ހަމައެކަނި މެޗަކީ މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox