ހިޔާ ފްލެޓު ކުލީގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓު: ފްލެޓުގެ ކުއްޔާ ގުޅޭ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓު: ފްލެޓުގެ ކުއްޔާ ގުޅޭ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި، ހިޔާ ޔޫނިއަން އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ހިޔާ ޔޫނިއަން އިން އެދުނީ ހިޔާގެ ފްލެޓުތައް ހަވާލުކުރީ ފިނިޝިންގެ މަސައްކަތް ނުނިންމާ ކަމަށްވާތީ، ފްލެޓުތަކުގެ ކުލިން އެތަނުގެ ފިނިޝިން އަށް ދިޔަ 250،000ރ. ޖުމްލަ ފީގެ އަދަދުން އުނިކޮށް ދިނުމަށް ނުވަތަ އެ އަދަދު ހަމަވަންދެން ކުލި ނުނެގުމަށެވެ.

އެ އަމުރުގެ އިތުރުން، ހިޔާ ޔޫނިއަން އިން ވަނީ ހިޔާ އެއްބަސްވުމުގައިވާ ގާނޫނާ ހިލާފު މާއްދާތަކާމެދު ގޮތެއް ނިންމައިދިނުމަށް ވެސް އެދިފަ އެވެ.

ސިވިލް ކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވަނީ ހިޔާ ޔޫނިއަންއަކީ ހިޔާ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ ކަމަށް ބުނެ އެވެ. އެހެންކަމުން، އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހިޔާ ޔޫނިއަނުން ހުށަހެޅި ޕެޓިޝަނަކީ ދައުވާ ކުރުމުގެ ހައްގު ހިޔާ ޔޫނިއަންއަށް ލިބިދޭ ޕެޓިޝަނެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި ހުކުމުގައިވަނީ އެހެންކަމުން، މި މައްސަލަ ކޯޓުގައި އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox