މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

Jun 9, 2022, 10:47 AM
މަޖީދިއްޔާގެ އިސް ދަރިވަރުންތަކެއް: މމދ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ނުވަ މަގާމަކަށް ހުޅުވާލައިފި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މަޖީދިއްޔާގެ އިސް ދަރިވަރުންތަކެއް: މމދ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ނުވަ މަގާމަކަށް ހުޅުވާލައިފި - ފޮޓޯ: އަބްދުالله އިޔާން / އަދަދު

މަޖީދިއްޔާ ސްކޫލުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމާއި މަޖީދިއްޔާއިން ކިޔަވާ ދަރިވަރުންގެ ގުޅުން ގާއިމްކުރުމަށް އެކުލަވާލާފައިވާ 'މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ' ގެ ހިންގާ ކޮމިޓީގެ މަގާމްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިދިޔަ ހައެއްކަ އަހަރު އެ ޖަމިއްޔާގެ ހަރަކާތްތައް ނުހިންގައި މަޑުޖައްސާފައި އޮތުމަށްފަހު، އިއްޔެ އެ ޖަމިއްޔާއިން ވަނީ މަސައްކަތްތައް އަލުން ފަށައި، އިންތިޒާމްތައް ހަމަޖެއްސުމަށް، ޖުލައި މަހުގެ 20 ވަނަ ދުވަސް ކަނޑައަޅައި، އަހަރީ ޖަލްސާ އެއް ތާވަލުކޮށް، ޖަމިއްޔާގެ މަގާމު ތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. - ހިންގާ ކޮމިޓީގެ މަގާމަކަށް ކުރިމަތިލެވޭނީ މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންނަށް އެކަންޏެވެ.

މަޖީދިއްޔާގެ 1973 ވަނަ އަހަރުގެ ބެޗް ގައި ކިޔަވާ ވިދާޅުވި، އަދި ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޑރ އަންވަރު އަހުމަދު ވިދާޅުވީ، މމދ ކޮމިޓީގެ އަހަރީ ޖަލްސާގައި މުހިއްމު ތިން ކަމެއް ހިނގާނެ ކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާގެ މަސައްކަތްތަކަކީ މަޖީދިއްޔާގެ ދަރިވަރުންނަށް ތަރައްގީ އާއި ސްކޫލަށް ކުރިއެރުން ހޯދަން ކުރިއަށްވުރެ ބޮޑަށް ހަރަކާތްތެރި ޖަމިއްޔާ އަކަށް ވެގެން ދިއުން ކަމަށެވެ.

"އެންމެ މުހިއްމު ތިން ކަމަކަށް އޮންނާނީ ޖަމިއްޔާގެ މިހާރުގެ މަސައްކަތްތައް ހިނގާ ގޮތުގެ ރިޕޯޓް ހުށަހެޅުމާއި އެއަށް ވާހަކަ ދެއްކުން. ދެން މަގާމުތަކަށް މެންބަރުން ހޮވާނީ ވެސް އެ ޖަލްސާގައި. ތިން ވަނަ ކަމެއްގެ ގޮތުގައި ކުރިއަށް ޖަމިއްޔާގެ ކަންކަން ރާވާނެ ގޮތުގެ ޕްލޭން ވެސް ކުރެވިގެންދާނެ،" ޑރ އަންވަރު ވިދާޅުވި އެވެ.

ޑރ އަންވަރު އަކީ އެ ޖަމިއްޔާގެ ދެ މަސްއޫލުވެރިންގެ ތެރެއިން އެއް ބޭފުޅެވެ. ޖަމިއްޔާގެ އިސް އަދި ދެވަނަ މަސްއޫލުވެރިޔަކީ ތައުލީމީ ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމަށްފަހު ރިޓަޔާވެ ވަޑައިގެން ހުންނެވި، އިބްރާހިމް އިސްމާއިލް އެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމްތައް

  • ރައީސް
  • ނައިބު ރައީސް (2)
  • ސެކްރެޓަރީ
  • ނައިބު ސެކެރެޓަރީ
  • ހަޒާންދާރު
  • ހަޒާންދާރުގެ ނައިބު
  • އިންތިޒާމް ސެކްރެޓަރީ
  • އިންތިޒާމް ސެކްރެޓަރީގެ ނައިބު
  • އިތުރު މެންބަރުން (8)

މި މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ ތިނެއްގެ ކުރިން ސްކޫލުން އެކަމަށް ހަމަޖައްސާފައިވާ އޮންލައިން ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމަށް އަންގާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox