އިޒްރޭލުން ބޭނުންވަނީ ފަލަސްތީނު ބިމުގެ ފުރިހަމަ ކޮންޓްރޯލް: އދ

ރައީސް މަހްމޫދު އައްބާސް: އެ މަނިކުފާނު އިންނެވި ތަނުގެ ފާރުގައި ތައްކޮށްފައިވާ ފަލަސްތީނުގެ ޗާޓުން ފެހިކުލައިގައި ފެންނަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދު ކުޑަވެގެން ގޮސްފައިވާ މިންވަރު. -- ފޮޓޯ: އޭއެފްޕީ

ރައީސް މަހްމޫދު އައްބާސް: އެ މަނިކުފާނު އިންނެވި ތަނުގެ ފާރުގައި ތައްކޮށްފައިވާ ފަލަސްތީނުގެ ޗާޓުން ފެހިކުލައިގައި ފެންނަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދު ކުޑަވެގެން ގޮސްފައިވާ މިންވަރު. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ބޭނުން ވަނީ ފަލަސްތީނުގެ ބިމުގެ ފުރިހަމަ ކޮންޓްރޯލް ކަމަށާއި ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ބޭނުންވާ ބިންތަކަށް ވެރިވެގަތުން އިޒްރޭލުން ހުއްޓާލަން ޖެހޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި މިނިވަން ކޮމިޝަނަކުން އެކުލަވާލި ރިޕޯޓެއްގައި ބުނެފި އެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވަގަތުން ނިމުމަކަށް ގެންނަން އިޒްރޭލުން ބޭނުންނުވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، އިޒްރޭލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުން އެއްތަނުން އަނެއް ތަނަށް ދިޔުމަށް ހުރަސް އަޅައި އިޒްރޭލުގެ މީހުންނަށް އެތަނުގައި ވަޒަންވެރިވުމަށް ވާގިވެރިވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި، އިޒްރޭލުގެ ރައްޔިތުންނާ ކައިވެނިކުރާ ފަލަސްތީނު މީހުންނަށް ވެސް އެއް ހަމައެއްގެ ތެރެއިން އަމަލުނުކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ހުޅަނގު އައްސޭރި ހިމެނޭހެން އިޒްރޭލުން ފަހުން ހިފި ބިންތަކުގައި 700،000 އަށްވުރެ ގިނަ އިޒްރޭލު މީހުން ދިރިއުޅެ އެވެ. ގާތްގަނޑަކަށް ތިން މިލިއަން ފަލަސްތީނު ރައްޔިތުން އުޅޭ ސަރަހައްދުގައި ހުންނަ އިޒްރޭލުގެ ގެތައް ހުންނަނީ ވަރަށް ބޮޑަށް ގާޑުކޮށްފަ އެވެ. އަދި، ދިރިއުޅެވެނީ ހަމައެކަނި ޔަހޫދީންނަށެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ.

މި ރިޕޯޓަށް ހަމާސް ޖަމާއަތުންނާއި ފަލަސްތީނުގެ ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި، އިޒްރޭލުގެ އަމަލުތައް ތަހުގީގު ކުރުމަށް ގޮވާލާފައިވެ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ވަގުތާއި ފައިސާ ބޭކާރު ކުރުމަށް ނެރުނު ރިޕޯޓެ ކަމަށްވެ. އިޒްރޭލުން މި ރިޕޯޓަށް މައުލޫމާތު ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox