ބަޔާނަށް ކުޅުމުގެ ޝައުގުވެރިކަމެއް މިހާރު ނެތް: ލެވަންޑޯސްކީ

Jun 7, 2022, 5:15 AM
ބަޔާނަށް ކުޅުމުގެ ޝައުގުވެރިކަމެއް މިހާރު ނެތް: ލެވަންޑޯސްކީ

މިއުނިކް (ޖޫން 7) - ބަޔާން މިއުނިކަށް ކުޅުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބަޔާންގެ ކޮންޓްރެކްޓްގައި ހުރި ލެވަންޑޯސްކީ އަންނަ ސީޒަނުގައި ބަޔާނުން ނުފެނިދާނެ ކަމަށް ވަނީ މި ފަހަރު ޖަރުމަނު ލީގުގެ ފަހު މެޗަށް ފަހު ބުނެފަ އެވެ.

އެކަމަކު، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަަސަން ސަލިހަމްދްޒިޗް ބުނީ ކޮންޓްރެކްޓެއް އޮއްވައި، ބަޔާނުން ލެވަންޑޯސްކީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ލެވަންޑޯސްކީ، 33، އަންނަނީ ބަޔާން ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ، އޭނާގެ ޝުއޫރު ފާޅުކުރަމުންނެވެ. އެ ގޮތުން، އޮނެޓް ސްޕޯޓްސް ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ މި ވަގުތަށް އޭނާ ބޭނުމީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް ބަޔާން ދޫކޮށްލުމަށް ކަމަށެވެ.

"އިންސާފުވެރިވުމާއި އިހުތިރާމް ދިނުން އެއީ ކުރާ މަސައްކަތަށް ވުރެ މާ މުހިންމު ކަމެއް. އެންމެ މުހިންމީ އެކުގައި މީގެ އަށް ހައްލެއް ހޯދުން. އަހަރެން ބަޔާނަށް ކުޅެން ދެން ބޭނުމެއް ނޫން. އެ ޝައުގުވެރިކަމެއް ނެތް، އަހަރެންގެ ގައި ތެރެއިން ބައެއް މަރުވި ކަހަލަ، ބަޔާނަށް ކުޅުމުގެ ޖޯޝެއް ނެތް، އެހެން ދިމާލަކުން ފުޓްބޯޅައިގެ އިމޯޝަނާ އެކު ކުރިއަށްދާން އެބަޖެހޭ،"

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާންގެ ވިސްނުން ހުރީ ކޮންޓްރެކްޓް ނިމެންދެން ލެވަންޑޯސްކީ ލައްވައި ބަޔާނަށް ކުޅުވުމަށެވެ. އަދި އެހާތަނަށް ކުރެވުނު ވަރަކަށް ލެވަންޑޯސްކީގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރުމަށެވެ. ބަޔާނުން ލެވަންޑޯސްކީ އަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން އޮތީ ތައްޔާރަށެވެ.

އެކަމަކު، ލެވަންޑޯސްކީ ހުރީ ކްލަބް ދޫކޮށްލަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. އެކަމަކު، ފުރަތަމަ ވިސްނުމަކީ ރިވެތި އުސޫލުގެ ތެރެއިން ކްލަބް ބަދަލުކުރުން ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

"އަހަރެން މި އުޅެނީ ކްލަބަށް ނުވާނެ ވަރުގެ ކަމެއް ކުރާކަން ނޫން. ވަރަށް ބައިވަރު ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފިން އަހަރެން ބަޔާނުގައި ހުރެ، ދެން ބޭނުމީ އެހެން ޗެލެންޖެއް،" ލެވަންޑޯސްކީ ބުންޏެވެ.

ބަޔާން ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ، ލެވަންޑޯސްކީ ތަކުރާރުކޮށް މީޑިއާގައި ވާހަކަ ދައްކާތީ ބަޔާންގެ ރައީސް ހާބާޓް ހައިނިއާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ހައިނިއާ ވިދާޅުވީ ލެވަންޑޯސްކީއާ މެދު ގޮތެއް ނިންމާނީ ކްލަބްގެ މަސްލަހަތު އިސްކުރުމަށް ފަހު ކަމަށާއި ކްލަބަކަށް ވުރެ ކުޅުންތެރިއެއްގެ ހައިބަތު ބޮޑުނުވާނެ ކަމަށެވެ.

ޕޮލެންޑްގެ ލެޗް ޕޮޒްނަން އަށް ކުރިން ކުޅުނު ލެވަންޑޯސްކީ ބޮޑަށް ފާހަގަވާން ފެށީ 2010 ވަނަ އަހަރު ޑޯޓްމަންޑަށް ބަދަލުވި ހިސާބުންނެވެ. ފަހުން 2014 ވަނަ އަހަރު ބަޔާން އަށް ބަދަލުވުމަށް ފަހު މިހާތަނަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.

ލެވަންޑޯސްކީގެ ސޮއި ހޯދަން ބާސެލޯނާ އާއި ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox