މުއްދަތުގެ ފަހުން ހުށަހެޅުމުން ކުޑަކުއްޖަކާ ބެހުނުކަމުގެ ދައުވާއެއް ބޭރުކޮށްލައިފި

މުއްދަތުގެ ފަހުން ހުށަހެޅުމުން ކުޑަކުއްޖަކާ ބެހުނުކަމުގެ ދައުވާއެއް ބޭރުކޮށްލައިފި

ނ. އަތޮޅު ރަށެއްގައި އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އުފުލައި އެ މައްސަލަ ކޯޓަ ހުށަހެޅީ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކަމަށް ވާތީ އެ ދައުވާ ބޭރުކޮށްލަން ދަށު ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ.

މި ދައުވާ އެންމެ ފުރަތަމަ ހުށަހެޅީ ނ. މާފަރު މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް ދައުވާ ރައްދުވާ ފަރާތުގެ އެދުމުގެ މަތިން, އެ ކޯޓުން މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ މި މައްސަލާގައި ދައުވާ ރައްދުވާ ފަރާތަކީ ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓާފައިވާ މީހަކަށްވާތީ، ގާނޫނުގައި ބުނާ ގޮތަށް ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލެވޭ މީހެއްގެ މައްޗަށް 45 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ. އެކަމަކު މި މައްސަލާގައި ދައުވާ ކުރީ 145 ދުވަސް ފަހުން ކަމަށް ވާތީ ކޯޓުން ވަނީ މައްސަލަ ބޭރުުކޮށްލައިފަ އެވެ.

ނަމަވެސް ދައުލަތުން ގަބޫލު ކުރާ ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހެޅުނުއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިނުވާތީ އެ ގާނޫނުގައި ބަޔާން ކުރާ މުއްދަތުތައް މި މައްސަލައަށް ހިނގައިގެން ނުވާނެ އެވެ. މީގެ އިތުރަށް މައްސަލަ ހުށަހެޅި ކޯޓު ބަދަލުކުރީ ދައުވާ ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ކަމުން، އެ ފަރާތުން ދައުވާ ބޭރުކޮށްލަން ހުށަހަޅާ ހުށަހެޅުމުގައި ގާނޫނީ ބުރަދަނެއް ނެތް ކަމުގައި ދައުލަތުން ބުނެ އެވެ.

މި ނުކުތާތަކާއެކު ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި އެވެ. ހައި ކޯޓުގައި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލިއިރު, މައްސަލަ ނިންމީ ދެ ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ހުސައިން މަޒީދުގެ ރައުޔު ތަފާތެވެ.

ފަނޑިޔާރު މަޒީދުގެ ރައުޔަކީ, އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމެވެ. ނަމަވެސް, އަނެއް ދެ ފަނޑިޔާރުންގެ ރައުޔަކީ މައްސަލަ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއިދުކުރުމެވެ.

މާފަރު މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހެޅީ އޮގަސްޓް 6، 2020 ގަ އެވެ. އެ ކޯޓުން މައްސަލަ އަނބުރާ ގެނައުމަށް ފަހު ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖެނުއަރީ 11، 2021 ގަ އެވެ.

ގާނޫނުގައި ބަޔާން ކުރާ މުއްދަތަށް ވުރެ ލަސް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި އެވެ. އަދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަން އެހާ ލަސްވި ސަބަބެއް ދަށު ކޯޓުގައި ދައުލަތަށް ބުނެދެވިފައި ނުވާ ކަން ފާހަގަވާތީ، ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ހައި ކޯޓުގެ އަމުރުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox