ނޭޝަންސް ލީގު: ކްރޮއޭޝިއާ އިން ޗެމްޕިއަން ފްރާންސް ހުއްޓުވައިފި

Jun 6, 2022, 9:02 PM
ފްރާންސްގެ އެންކުންކޫ (ކ) ކްރޮއޭޝިއާގެ ވީޑާ ކައިރިން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ އެންކުންކޫ (ކ) ކްރޮއޭޝިއާގެ ވީޑާ ކައިރިން ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސްޕްލިޓް، ކްރޮއޭޝިއާ (ޖޫން 6) - ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މިރޭ ކުޅުނު މެޗުން ކްރޮއޭޝިއާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މިދިޔަ އަހަރު ސްޕެއިން ބަލިކޮށް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ފްރާންސް މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ޑެންމާކް އަތުން 2-1 އިން ބަލިވެގެންނެވެ. ޑެންމާކާ ދެކޮޅަށް ފްރާންސް ފުރަތަމަ ގޯލު ޖެހި ނަމަވެސް ލީޑު ނުހިފެހެއްޓުނެވެ. އެކަން މިރޭގެ މެޗުގައި ވެސް ތަކުރާރުވި އެވެ. ފުރަތަމަ ގޯލު ޖަހައި، ފްރާންސް އިން ލީޑުނެގި ނަމަވެސް ހިފަހައްޓައިނުލެވުނީ އެވެ.

ފްރާްންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް މިރޭގެ މެޗު ކުޅުނީ ޓީމުގެ މުހިންމު ގިނަ ކުުޅުންތެރިން ނުލަ އެވެ. އެ ގޮތުން ޓީމުގެ ކެޕްޓަން، ގޯލްކީޕަރު، ހޫގޯ ލޮރީސް އާއި މުހިންމު ދެ ފޯވާޑުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ކަރިމް ބެންޒެމާ ނުކުޅެ އެވެ.

މި މެޗުގައި ފްރާންސް އިން ލީޑުނެގީ 51 ވަނަ މިނިޓްގައި، އޭޑްރިއަން ރަބިއޯ ޖެހި ގޯލުންނެވެ. މި މެޗުގައި ފްރާންސްގެ ކުރިއަށް ކުޅުނު ވިސާމް ބެން ޔެޑާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ރަބިއޯ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކްރޮއޭޝިއާ އިން އެއްވަރުކުރީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އަންޑްރެއި ކްރަމަރިޗް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އެއީ އެޓޭކް ފެށިއިރު، ކްރޮއޭޝިއާގެ އެއްވެސް ކުޅުންތެރިއަކު އޮފްސައިޑްވެފައިވޭތޯ ކަށަވަރުކުރުމަށް ފަހު އެވެ.

މެޗުން މޮޅުވާން ވެސް ފުރުސަތު ތަނަވަސްކުރި ކްރޮއޭޝިއާ ޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ފްރާންސް ގޯލުގައި ހުރި ކީޕަރު މައިކް މައިގްނޯން އެވެ. އޭސީ މިލާނުގައި މި ސީޒަނުގައި މޮޅަށް ކުޅުނު މައިގްނޯން ވަނީ ކްރޮއޭޝިއާގެ ކުޅުންތެރިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

މިރޭގެ މެޗަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް، 36، އެ ޓީމަށް ކުޅެދިން 150 ވަނަ މެޗެވެ. މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ މޮޑްރިޗް އަތުގަ އެވެ.

ފްރާންސް ދެން ކުޅޭ މެޗުގައި ނުކުންނާނީ ތިން ދުވަސް ފަހުން ރަށުންބޭރުގައި އޮސްޓްރިއާއާ ދެކޮޅަށެވެ. އޮސްޓްރިއާ އިން ވަނީ ފުރަތަމަ މެޗުގައި 3-0 އިން ކްރޮއޭޝިއާ ދަނޑުގައި މޮޅުވެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާއި އެ ކްލަބްގެ ކޮންސަލްޓަންޓްގެ މަގާމު ދޫކޮށްލުމަށް ފަހު މި ވަގުތު އޮސްޓްރިއާއާ ހަވާލުވެގެން ހުރި ރަލަފް ރަންގްނިކް ކޯޗުކަމުގައި ކުޅުނު ދެ ވަނަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ޑެންމާކް އަތުން އޮސްޓްރިއާ ބަލިވީ 2-1 އިންނެވެ.

ނޭޝަންސް ލީގުގެ އެއް ވަނަ ޑިވިޝަނުގެ ގްރޫޕް އޭގައި ފުރަތަމަ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު ޑެންމާކް އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އޮސްޓްރިއާ އެެވެ. ތިން ވަނައިގައި އެއް ޕޮއިންޓާ އެކު ފްރާންސް އޮތްއިރު، ފުލުގައި އޮތް ކްރޮއޭޝިއާ އަށް ވެސް ލިބިފައިވަނީ ޕޮއިންޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox