ހުލާސާކޮށް މަޖިލިސް: މަރުގެ އަދަބާގުޅޭ އިތުރު ސުވާލުކުރުމުގެ ފުރުސަތު ނުދިނުމުން ހޫނުވުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްފަ އެވެ.

މިނިސްޓަރު ވަނީ އެކަމާ ގުޅިގެން މި ސަރުކާރުން އަމަލު ކުރަމުން އަންނަ ސިޔާސަތަކީ "އެކަމާ ގުޅޭ ގޮތުން މިހާރު ވެސް އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން" ކަމަށް ވިދާޅުވެފަ އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްގެ އެ ސުވާލަށްފަހު، އިތުރު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ތޯރިގް ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

އެހެންނަމަވެސް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ އިމްރާން މަޖިލީހަށް ހާޒިރުކުރި ސަބަބާ ގުޅޭ ސުވާލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބު ދިނުމުގެ ފުރުސަތު އަރުވާފައި ވެސް ނުވެ އެވެ.

ތޯރިގަށް ފަހު އިތުރު ބައެއް މެންބަރުން ވެސް ވަނީ އެކަމާ ގުޅޭ ބައެއް ސުވާލުތައް ކުރައްވާފަ އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވަނީ މަރުގެ ހުކުމާ ގުޅޭ ސުވާލެއް ކުރައްވާފަ އެވެ. އެހެންނަމަވެސް އެ ފުރުސަތު ވެސް ރިޔާސަތުން ދީފައިނުވެ އެވެ.

އޭގެ ފަހުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ ސުވާލުކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފަ އެވެ.

އެހެންނަމަވެސް، އެއީ ވެސް "ވަޒީރުގެ ސުވާލާ ގުޅުންހުރި" ސުވާލަކަށް ނުވާތީ އެ ފުރުސަތު ދީފައި ނުވެ އެވެ.

މަރުގެ ހުކުމާ ގުޅިގެން އިދިކޮޅު މެންބަރުން ކުރެއްވި ސުވާލުތަކަށް ފުރުސަތު ދީފައިނުވާއިރު، އެމްޑީޕީގެ މެންބަރުން ވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ. އަދި އެ ފުރުސަތު ރިޔާސަތުން ފަހިކޮށްދީފައި ވެސް ވެއެވެ.

"...މިތާނގައި ޕޮލިސް ސްޓޭޝަން އަޅާ ވާހަކައާ މަރުގެ މައްސަލަތައް ކިހާވަރެއްގެ ގުޅުމެއް އޮތީމާތޯ މިހާރު ބައެއް މެންބަރުންނަށް ފުރުސަތު ދެއްވަމުން މިދަނީ،" ނިޒާމީ ނުކުތާއެއް ނަންގަވައި، ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ތޯރިގް ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ސުވާލުކުރުމުގެ ފުރުސަތު ނުދިނުމުން، މެންބަރުން ވަނީ ހިތްހަމަނުޖެެހުން ފާޅުކުރައްވައި، ރިޔާސަތު ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވާފައެވެ.

މަޖިލިސް ހަލަބޮލިވެފައިވުމުން، ރިޔާސަތުން ވަނީ ވަގުތު ހަމަވުމުގެ ކުރިން މިނިސްޓަރާ ސުވާލު ކުރުން ނިންމާލާފައިފަ އެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 75 މެމްބަރުން
  • ސަލާމުގައި: މެންބަރަކު ނެތް

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތުމާއެކު، މިއަދުގެ މަޖިލީހުގެ ޖަލްސާއަކީ މި ދައުރުގައި މިހާތަނަށް ބޭއްވުނު ޖަލްސާތަކުގެ ތެރެއިން އެންމެ ހާޒިރީ ރަނގަޅު ޖަލްސާ އެވެ.

އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ ތަޅުމުގައި އިއްވާފަ އެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ އަނބުރާ ޖޭއެސްސީއަށް ފޮނުވާލަން ފެންނަ ކަމަށް ބުނެފައިވެ އެވެ.

ތަޅުމުގައި ބަހުސް ކުރިއަށް ދިޔައިރު، ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ މައްސަލަ އަނބުރާ ފޮނުވާލަން ފެންނަ ކަމަށް ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީން މިކަމުގައި ވިޕް ނެރެފައިވާތީ އެ ޕާޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެއެވެ.

އެހެންނަމަވެސް އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ވަނީ ވިޕްއާ އެއްގޮތަށް ވޯޓު ދެއްވާފަ އެވެ. އޭގެ ތެރޭގައި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވެސް ހިމެނެ އެވެ.

ފަނޑިޔާރު ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރަކު ވޯޓުންނެވެ. ވަކިކުރަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ތިއްބެވެ.

މިއަދުގެ ފޮޓޯ

މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: މަޖިލިސް
މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: މަޖިލިސް

މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަނީ -ފޮޓޯ: މަޖިލިސް

މިއަދުގެ ކޯޓޭޝަން

މަޖިލިސް ރިޔާސަތުގައި އަހުމަދު ޒަކީ އިންނެވި އިރުގައި ވިދާޅުވެފައި އޮތް، ތިމަންނާއަކީ ހަމަ ތިތާގައި އިންނަ ގޮނޑި ކޮއްކޮއެކޭ، ތި ވިދާޅުވާހެން އަޅުގަނޑަކީ ތިބޭފުޅުން ހަމަ ވިދާޅުވާހާ ކަމެއް، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަަށް ކުރަން އިންމީހެއް، -- ރައީސް ނަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox