ރަށްވެހިކަން ނެތަސް މާލޭގައި އުޅޭތާ 15 އަަހަރު ވެފައިވާނަމަ ވިނަރެސް ފްލެޓަށް ކުރިމަތިލެވޭނެ

ވިނަރެސް ފްލެޓްތައް: ރަށްވެހިކަން ނެތަސް މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަ 100 ޔުނިޓް ވަނީ ހާއްސަކޮށްފައި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ވިނަރެސް ފްލެޓްތައް: ރަށްވެހިކަން ނެތަސް މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަ 100 ޔުނިޓް ވަނީ ހާއްސަކޮށްފައި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ހުޅުމާލޭ ފޭސް ޓޫ އަވަށުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިމާރާތްކުރަމުން އަންނަ ވިނަރެސް މަޝްރޫއުގެ ޓަވަރުތަކުގެ 100 ފްލެޓް މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ރަށްވެހިކަން ނެތް ފަރާތްތަކަށް ހާއްސަ ކުރަން ނިންމައިފި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ކުރިން ނިންމާފައިވަނީ މާލޭގައި ރަށްވެހިކަން އޮންނަތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

ނަމަވެސް މިއަދު ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލި އިރު، އުސޫލުގައި ވަނީ މާލޭގައި ރަށްވެހިކަން ނެތަސް އަދި ރަށްވެހިކަން އޮވެ ރަށްވެހިކަން އޮންނަތާ 15 އަހަރު ނުވިއަސް 100 ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށެވެ. އެކަމަކު މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވުމަކީ ޝަރުތެކެވެ.

އެ ފްލެޓްތަކަށް ކުރިމަތިލާއިރު މާލޭގައި 15 އަހަރު އުޅެފައިވާ ކަމުގެ ހެކި ވެސް ހުށަހަޅަން ޖެހެ އެވެ. މި ގޮތުން ސްކޫލަށް ވެއްދި ކަމުގެ ލިޔުމާއި ސްކޫލް ނިންމި ކަމުގެ ލިޔުމާއި ވަޒީފާގައި އުޅޭ ކަމުގެ ލިޔުމާއި އަދި އެކަން ހެކި ކޮށްދޭނެ އެހެނިހެން ލިޔުން ވެސް ހުށަހަޅަން ޖެހެ އެވެ.

މަހަކަށް ޖުމުލަ 61،000 ރ. އަށް ވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިއެއް ނުވެވެ އެވެ. އަދި މާލޭގައި އަމިއްލަ ފްލެޓެއް، އެޕާޓްމަޓްމަންޓްއެއް، 600 އަކަފޓުގެ ބިމެއް، ނުވަތަ ސަރުކާރުގެ ކުރީގެ މަޝްރޫއަކު ފްލެޓެއް ލިބިފައިވާ މީހުނަށް ވެސް މި ސްކީމްގައި ބައިވެރިއެއް ނުވެވެ އެވެ.

ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްއެކެވެ.

އެއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިންއާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި ފްލެޓުގެ "މޮކްއަޕް" އެޕާޓްމެންޓު ދައްކާލުން ވެސް މީގެ ތެރޭގައި ކުރިއަށް ދާނެ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ވިނަރެސް ފްލެޓުތައް މިވީހާ ދުވަހަކަށް އާންމުންނަށް ވިއްކަން ހުޅުވާ ނުލާ އޮތީ، ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ފުރުސަތު ދިނުމަށެވެ.

މި އަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތަކަށް ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ކުރިމަތިލީ 288 މީހުން ކަމަށް އެޗްޑީީސީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox