ނަޝީދަށް ދިން ހަމަލާ: ދައުލަތުގެ ހެއްކަކަށް އަދުހަމް ބޭނުންކުރަން ފުރުސަތު ނުދޭން އެދިއްޖެ

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ހުކުމް އިއްވާފައިވާ އަދުހަމް

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ހުކުމް އިއްވާފައިވާ އަދުހަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މިހާރު ޝަރީއަތް ހިނގަމުންދާ މީހުނާ ދެކޮޅަށް، ދައުލަތުން ހުށަހަޅާ ސިއްރު ހެއްކެއްގެ ގޮތުގައި، އެ މައްސަލާގައި ހުކުމެއް އިއްވާފައިވާ އަދުހަމް ބޭނުން ކުރަން ފުރުސަތު ނުދޭން ދިފާއީ ވަކީލުން އެދިއްޖެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމްއާއި، މުހައްމަދު ނާޒިމްއާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

ކްރިމިނަލް ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި މިއަދު ކުރިއަށް ގެންދިޔައީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުހައްމަދެވެ. ދެން ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

ދައުލަތުގެ މައިގަނޑު އެއް ހުށަހެޅުމަކީ، މީގެ ކުރިން ޝަރީއަތުން ނެރެފައިވާ ވަގުތީ އަމުރެއް ދާއިމީ އަމުރަކަށް ބަދަލުކޮށް ދިނުމެވެ. އެއީ ހެކި ރައްކާތެރިކުރުމަށާއި ބައެއް ކިތާބީ ހެކި ވަކި ވަރަކަށް ހާމަކުރާ ގޮތަށް ނެރެދިން އަމުރެކެވެ.

މީގެ އިތުރަށް ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ހިމާޔަތް ދީގެން ހެކިބަސް ނެގުމަށް، ޝަރީއަތުގެ މަޖިލިސް ބާއްވާ ތަން ނޫން އެހެން ތަނެއްގައި ތިބެގެން، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގައިދޭން ވެސް ދައުލަތުން ހުށަހެޅި އެވެ.

ދައުވާތައް ރައްދުވާ ފަރާތްތަކުގެ ދިފާއީ ވަކީލުންގެ ވެސް މައިގަނޑު ހުށަހެޅުންތައް ބިނާކޮފައިވަނީ ދައުލަތުން ސިއްރުކޮށްދޭން އެދިފައިވާ ހެކިންނާ ގުޅޭ ގޮތުންނެވެ. މި ގޮތުން ސިއްރު ހެކިންގެ ތެރޭގައި މައްސަލާގައި ހިމެނޭ ފަރާތެއް އޮވެދާނެތީ އެ ކަންބޮޑުވުން ކޮންމެ ދިފާއީ ވަކީލަކު ވެސް ފާޅު ކުރެއްވި އެވެ.

ފަހުމީއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ފަސް ހެއްކެއް ސިއްރުކުރަން އެދިފައިވާއިރު، ފަހުމީގެ ވަކީލު މުހައްމަދު ޝިފާޒް ވިދާޅުވީ އެ ހެކިންގެ ވަނަވަރު ބެލުމަށް ފަހު މި މައްސަލާގައި ތުހުމަތު ކުރެވުނު، ދައުވާ އުފުލުނު، ނުވަތަ ހުކުމެއް ކުރެވުނު މީހަކު ވާނަމަ އެ މީހެއްގެ ހެކިބަސް ބަލައިނުގަތުމަށް ހުށަހަޅުއްވާ ކަމަށެވެ.

ނާޒިމްގެ ވަކީލު ހަމްޒާ ލަތީފް ވެސް ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކިތައް އަދި ހާމަނުކުރާއިރު އޭގެ ތެރޭގައި އެ މައްސަލާގައި ދައުވާ އުފުލިގެން އަދި ދައުލަތާ އެކު ވެފައިވާ އެއްބަސްވުމެއް އޮވެގެން ގާނޫނުގައި ނެތް އިނާޔަތެއް ލިބިފައިވާ މީހަކު ވާނަމަ އެ މީހެއްގެ ހެކިބަސް ބަލައިގަނެވިގެން ނުވާނެ ކަމަށެވެ.

ހަމްޒާ ފާހަގަ ކުރެއްވި ގޮތުގައި އެ ފަދަ ފަރާތަކަށް ދައުލަތުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް ވެސް ބަލަން ޖެހެ އެވެ.

މުޖާޒްގެ ވަކީލު ހުސައިން ފުއާދު ވެސް ވިދާޅުވީ ސިއްރު ހެކިންނަކީ ކޮން ބަޔެއް ކަން ދިފާއަށް ބެލެވެން ނެތް ހާލަތުގައި ޝަރީއަތުން އެ ހެކިންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

ދިފާއުގެ މި ނުކުތާތަކާ ގުޅިގެން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ ހެކިންގެ ތެރޭގައި ދައުލަތުގެ ފަރާތުން ގާނޫނުގައި ބަޔާން ނުކުރާ އެއްވެސް ލުޔެއް ނޫނީ ހާއްސަ އިނާޔަތެއް ދީފައިވާ ފަރާތެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު އެހެން ވިދާޅުވުމުން ވެސް ދިފާއީ ވަކީލުން ބުނަނީ ދައުލަތުން އެހެން ބުނުމަކުން ނުފުދޭ ކަމަށެވެ. އެހެންވެ އެ ކަންކަން މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ކަށަވަރު ކޮށްދެއްވަން ދިފާއީ ވަކީލުން އެދުނެވެ.

ދިފާއީ ވަކީލުން ސީދާ އަދުހަމްގެ ނަން ބޭނުން ނުކުރިއަސް، މި މައްސަލާގައި މިހާތަނަށް ހުކުމް އިއްވާފައިވަނީ އަދުހަމްގެ މައްޗަށް އެކަންޏެވެ. އަދުހަމް ކުށަށް އިއުތިރާފް ވެފައިވާއިރު، އޭނާ ވަނީ އަދަބު ލުއިކޮށްދޭ ގޮތަށް ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

ދެ ފަރާތުން ވެސް ގިނަ ހެކިތައް ބަލައިނުގަންނަން އެދުނު

މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ ގިނަ ދިފާއީ ހެކިންތަކެއް ބަލައިނުގަތުމަށް އެދި ހުށަހަޅައިފަ އެވެ. އެއީ ކުށް ހިނގި ވެށީގައި ނެތް ކަން ސާބިތު ކުރަން ދައުވާ ރައްދުވާ ފަރާތްތަކަކުން ހުށަހެޅި ހެކިތަކެވެ. ދައުލަތުން ބުނާ ގޮތުގައި، ތަހުގީގު މަރުހަލާގައި އެ ދިފާއު ބިނާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ އިރު މައްސަލާގައި ހިމެނޭ ފަރާތްތަކުން އެ މަރުހަލާގައި ހަނު ތިބީ އެވެ.

މިކަމާ ގުޅިގެން މުޖާޒްގެ ވަކީލު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގައި ހަނު ހުރުމުގެ ފުރުސަތު ދީފައި އޮންނަ ކަމަށެވެ. ނަމަވެސް، އިރުކޮޅެއް ފަހުން ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތެއް ކުރީ ކަމަށް ބުނެ އެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ދިފާއީ ވަކީލު ތުހުމަތު ކުރެއްވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ދައުލަތުންނާއި ފުލުހުން ވެސް ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުން ކުރަނީ އެވެ.

ހައިޝަމްގެ ވަކީލު އަހްމަދު ޝާފިއު ވެސް ވިދާޅުވީ ހައިޝަމްއާ އެންމެ ފުރަތަމަ ހައްޔަރުކޮށް ދީނީ ހަރުކަށި ފިކުރުގެ ތުހުމަތު ކޮށްފައި މާ ގިނަ ސުވާލެއް ވެސް ނުކުރާ ކަމަށެވެ. ނަމަވެސް މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ބޮމުގެ ހަމަލާގެ ތުހުމަތުކޮށް އެ ސުވާލު ކުރަން ފެށީ ކަމަށް ވިދާޅުވި އެވެ. އެހެންވެ ހައިޝަމް އޭނާ އަމިއްލައަށް ހަނު ހުރީ ކަމުގައި ނުވެސް ބެލެވޭނެ ކަމަށެވެ.

ދިފާއީ ވަކީލުންގެ އެ ވާހަކަތައް ރައްދު ދެމުން ދައުލަތުން ފާހަގަ ކުރި ކަމަކީ ހައިޝަމްއާއި އިޝްހާގު ވެސް ފުރަތަމަ ހައްޔަރުގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި ބަންދުގައި ހުއްޓައި ދޫކޮށްލި ފަހުން، އާ ހެކިތަކާއެކު ހަމަލާގެ ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކަމަށެވެ. އެެހެން ހައްޔަރު ކުރަން ގާނނީ ހުރަސް ނާޅާ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގެ ދެން އަޑއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ. އެ ދުވަހު މި ހުށަހެޅުންތަކާ މެދު ޝަރީއަތުން ގޮތެއް ނިންމާނެ އެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި އިފްތިތާހީ ބަޔާން ހުށަހެޅުން އޮންނާނެ އެވެ. ހެކިބަސް ނެގުމުގެ ކުރިއަށް ދެ ފަރާތުން ހުށަހަޅަން ޖެހޭ އެ ބަޔާނަށް ފަހު، މި މަހު 12 ވަނަ ދުވަހު ހެކިބަސް ނެގުން ފަށާނެ އެވެ.

މައްސަލައިގެ ފަސްފަހަތް

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އެ އެންމެންވެސް ވަނީ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އެންމެ މީހަކަށް ކުރި ދައުވާތަކުގަ އެވެ. އެއީ, ރިމޯޓް ބޭނުން ކޮށްގެން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox