އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ސޯލް، ދެކުނު ކޮރެއާ (ޖޫން، 4) - އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓެއް ކުރަން އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށް ދެކުނު ކޮރެއާ އާއި އެމެރިކާ އިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި އެވެ.

މިފަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ޖަޕާނުގެ އޮކިނާވާގެ ބޭރުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގަ އެވެ.

މި ތަމްރީނުތަކުގައި ވަނީ ސަބްމެރިން އަށް ދޭ ހަމަލާ އާއި ކަނޑުގެ އުޅަނދުތަކާއި ވައިގެ އުޅަނދުތަކާ ގުޅޭ ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. އަދި، މިދިޔަ ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއަރެއް ވެސް އަސްކަރީ ތަމްރީނުތަކުގައި ބައިވެރިކޮށްފަ އެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިޔައީ ތިން ދުވަހުގެ މުއްދަތަށެވެ.

ދެކުނު ކޮރެއާގެ އިންޓެލިޖެންސުން ވަނީ 2017 ގެ ފަހުން ފުރަތަމަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމަށް އުތުރު ކޮރެއާ އިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފަ އެވެ. މިއީ އެ ގައުމުން ބިމު އަޑީގައި ކުރާނެ މިފަދަ ހަތް ވަނަ ޓެސްޓު ކަމަށް ވެސް ދެކުނު ކޮރެއާ އިން ހާމަކޮށްފައިވެ އެވެ.

އުތުރު ކޮރެއާ އިން ދީފާނެ ކޮންމެ ހަމަލާއަކަށް ރައްދުގައި ހަމަލާ ދޭނެ ކަމުގެ ގާބިލްކަން އެމެރިކާ އާއި ދެކުނު ކޮރެއާ އަށް ލިބިފައިވާކަން މި ތަމްރީނުތަކުން ހާމަކޮށްދޭނެ ކަމަށް ދެ ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާ އިން ކުރިއަށްގެންދާ ތަމްރީނުތަކަކީ ހަނގުރާމައަށް ތައްޔާރުވުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ބުނެ އުތުރު ކޮރެއާ އިން އަބަދުވެސް ފާޑުކިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox