18 އަހަރުން ދަށުގެ ސާބާ ކޮލިފައިން: ޒުވާން ބާސްކެޓް ޓީމަށް ދެ މެޗުން ކުރިއެރުން

Jun 3, 2022, 5:24 PM
ސާބާ ކޮލިފައިންގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.---

ސާބާ ކޮލިފައިންގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.---

އިންޑިއާގެ އޮޑިޝާގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގައި ރާއްޖެ ކުުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމް ވާދަކުރާ ސަރަހައްދީ ކޮލިފައިންގައި ކުޅުނީ ތިން ގައުމެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އެވެ.

އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗުން ރާއްޖެ ބަލިވީ 64-37 ޕޮއިންޓުންނެވެ.

މި މެޗަށް ފަހު ގައުމީ ކޯޗު، އިލްޔާސް އިބްރާހިމް (އިއްލެ) ބުނީ ޖުމްލަކޮށް ބަލާއިރު ދިވެހި ޓީމްގެ ކުޅުން ރަނގަޅު ކަމަށާއި، މެޗުގައި މައިގަނޑު ތަފާތަކަށް ފެނުނީ ދިވެހި ޓީމަށް ސްކޯ ނުކުރެވުންކަމަށެވެ.

ލިބޭ ފުރުސަތުތަކުގައި ސްކޯ ނުކުރެވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އިއްލެ ފާހަގަކުރީ މުބާރާތަށް ތައްޔާރުވުމަށް އިންޑޯ ކޯޓުގައި ޕްރެކްޓިސް ނުކުރެވުމެވެ. އިއްލެ ބުނީ އައުޓްޑޯގައި ފަރިތަކޮށްފައި މުބާރާތް އިންޑޯގައި ކުޅެން ޖެހުމަކީ ޒުވާން ކުޅުންތެރިންނަށް ދިމާވި ގޮންޖެހުމެއް ކަމަށެވެ. އަދި ކުޅުންތެރިންގެ ކުޅުމަށް ބަލާއިރު އެ ތަފާތު ފާހަގަވި ކަމަށް ވެސް އިއްލެ ވަނީ ބުނެފަ އެވެ.

ސާބާ ކޮލިފައިންގައި ކުޅޭ ރާއްޖޭގެ 18 އަހަރުން ދަށުގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު.

"ކުޅުން ގޯހެއް ނޫން. މި ކުދިން މި ލެވެލްގައި ކުޅޭއިރު މިސްޓޭކްވެސް ހަދާނެކަމަށް ގަބޫލުކޮށްގެން ނުކުތީވެސް. މައިގަނޑު ތަފާތަކަށްވީ ސްކޯރިން. ލިބޭ ޗާންސްތަކުގައި ސްކޯ ނުކުރެވި ދިޔައީ. އަނެއްކޮޅުން އިންޑޯއެއްގައި ޕްރެކްޓިސްކޮށްލަން ނުލިބުމުން އެކަންވެސް ވަރަށް ބޮޑަށް ގޮންޖެހުމަކަށްވި" ކޯޗު އިއްލެ ބުންޏެވެ.

އިއްލެ ބުނީ ރަނގަޅަށް ތައްޔާރުވެގެން މިކަހަލަ މުބާރާތަކަށް ނުކުމެވިއްޖެނަމަ ބަންގްލަދޭޝް އަކީ ބަލިކުރެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ދެއްކި ހިތްވަރު އިއްލެ ވަނީ ފާހަގަކޮށްފަ އެވެ.

ދެ ވަނަ މެޗުގައި މިއަދު ރާއްޖެ ނުކުތީ ސަރަހައްދީ ގަދަބާރު އިންޑިއާއާ ދެކޮޅަށެވެ. މި މެޗުން އިންޑިއާ މޮޅުވީ 154-32 ޕޮއިންޓުންނެވެ. އިންޑިއާ އިން ބޮޑު ލީޑެއްގައި މުޅި މެޗު ކުޅުނުއިރު، ރާއްޖޭގެ ކުޅުންތެރިން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އިންޑިއާގެ އޮޑިސާގައި ކުރިއަށްދާ މުބާރާތުގެކުރިން 18 އަހަރުން ދަށުގެ ގައުމީ ޓީމް ވަނީ ކޮލްކަތާގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅެފަ އެވެ. އެ ތިން މެޗުން ބަލިވި ނަމަވެސް ޖޫނިއާ ޓީމުން ރަނގަޅު ވާދައެއްކޮށް ކުރި އެރުން ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox