ނޭމާ، ދެކުނު ކޮރެއާ ކޮޅަށް ޖެހި ދެ ގޯލާ އެކު ޕެލޭގެ ރެކޯޑާ ގާތަށް

Jun 2, 2022, 3:43 PM
ނޭމާ (ކ) އާއި ޕަކޭޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ނޭމާ (ކ) އާއި ޕަކޭޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (ޖޫން 2) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލުން 5-1 އިން ދެކުނު ކޮރެއާ ބަލިކުރި މެޗުގައި، ބްރެޒިލްގެ ތަރި ނޭމާ ޖެހި ދެ ގޯލާ އެކު ލެެޖެންޑަރީ ފޯވާޑް ޕެލޭގެ ރެކޯޑާ ގާތަށް ޖެހިލައިިފި އެވެ.

ބްރެޒިލް ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ޕްލޭ އަތުގައި އޮތީ 77 ގޯލާ އެކު އެވެ. ނޭމާ ވަނީ ކޮރެއާ ކޮޅަށް ވައްދާލި ދެ ޕެނަލްޓީއާ އެކު ގައުމީ ޓީމަށް 73 ގޯލު ހަމަކޮށްފަ އެވެ.

ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ބްރެޒިލްގެ ތިއާގޯ ސިލްވާ ބޮލުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެކަމަކު، މެޗުގެ ހަތް ވަނަ މިނިޓްގައި ބްރެޒިލުން ލީޑުނެގީ ރިޗާލިސަން ޖެހި ގޯލުންނެވެ. މިއީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑަށް އެންމެ ރަނގަޅަށް ފޮނުވާނުލެވި، ރިޗާލިސަން އަށް ލިބުނު ފުރުސަތަކުން ޖެހި ގޯލެކެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ދެކުނު ކޮރެއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖެހީ ފްރާންސްގެ ބޯޑޯ އަށް ކުޅޭ ފޯވާޑް، ހުވާންގް އުއީ-ޖޯ އެވެ. ހްވާންގް ހީޗާން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އުއީ-ޖޯ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޕެނަލްޓީ އަކުން ނޭމާ ބްރެޒިލަށް އަލުން ލީޑުނަގައިދިނެވެ. މިއީ ބްރެޒިލްގެ އަލެކްސް ސަންޑްރޯ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 12 މިނިޓް ތެރޭ ބްރެޒިލުން ތިން ވަަނަ ގޯލު ޖެހީ ވެސް ނޭމާގެ ޕެނަލްޓީ އަކުންނެވެ. މި ފަހަރު ވެސް ޕެނަލްޓީ ލިބުނީ އަލެކްސް ސަންޑްރޯ އަށް ކުރި ފައުލަކަށް ވީއޭއާރް ބަލައިގެންނެވެ.

އޭގެ ފަހުން ބްރެޒިލްގެ ރަފީނިއާ ޖެހި ޝޮޓެއް ގޯލުގެ ދަނޑީއަށް އަމާޒުވިއިރު، ބްރެޒިލްގެ ހަތަރު ވަނަ ގޯލު ޖެހީ ނޭމާގެ ބަދަލުގައި ކުޅެން އެރި ފިލިއްޕޭ ކުޓީނިއޯ އެވެ. ކުޅެން އެރިތާ ދެ މިނިޓް ތެރޭ، މެޗުގެ 79 ވަނަ މިނިޓްގައި އޭރިއާތެރެއިން ކުޓީނިއޯ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި ބްރެޒިލުން މި މެޗުގައި ޖެހި ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސޫސް އެވެ. ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖީސޫސް ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބްރެޒިލް ދެން ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޖަޕާންއާ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox