އުދައްޔުގެ މަރު: މި މަހުގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަނީ

އުދައްޔުގެ މަރު: މި މަހުގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަނީ

ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް މި މަހުގެ ނިޔަލަށް ނަގައި ނިންމަން ކޯޓުން ތާވަލެއް އެކުލަވާލައިފި އެވެ.

މި މައްސަލާގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމްއާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ޝަރީއަތް ފެށުމުގެ ކުރިއަށް ހުރިހާ ފަރާތަކުން ވެސް ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހާ ހަމައަށް ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

Advertisement

"މިއިން ކޮންމެ ދުވަހެއްގެ މެންދުރުފަހު ތިނެއް ޖަހާއިރަށް އަޑުއެހުމެއް ބާއްވަން، ކޮންމެ ދުވަހަކަށް ތިން ހެކިން ހާޒިރު ކުރަން ޝަރީއަތުން ގަސްދު ކުރަނީ،" ޝަރީއަތް ދެން ކުރިއަށް ގެންދަން ރާވާފައިވާ ތާވަލަށް އިޝާރާތް ކުރައްވައި ގާޒީ ވިދާޅުވި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ހެކިބަސް ނަގަން ފެށުމަށް ޓަކައި، މި މަހުގެ ނުވަނަ ދުވަހަށް ހެކިންގެ ލިސްޓެއް ދައުލަތުން ފޮނުވަން ވެސް ގާޒީ އެންގެވި އެވެ. ލިސްޓު ފޮނުވާއިރު، ކޮންމެ ހާޒިރު ކުރަނީ ކޮން ދުވަހަކު ކަން އެނގޭނެ ގޮތަކަށް ފޮނުވަން ގާޒީ އިރުޝާދު ދެއްވި އެވެ.

ޝަރީއަތުގެ މަރުހަލާ އާންމު ގޮތެއްގައި ފަށާނީ ދެ ފަރާތުން އިފްތިތާހީ ބަޔާނެއް އިއްވާ ގޮތަށެވެ. އެއަށް ފަހު ފުރަތަމަ ނަގާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހެވެ. ދިފާއަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާނީ، ދައުލަތުން ހުށަހަޅާ ހެކިންނަށް ފަހުގަ އެވެ.

ގިނަ ދިފާއީ ހެކިން ބަލައިނުގަންނަން ނިންމުން

މި މައްސަލާގައި ދިފާއީ ހެކި ހުށަހެޅީ ޝަމީމްގެ ފަރާތުން އެކަންޏެވެ. 10 ހެއްކެއް ހުށަހެޅިއިރު އެއިން ހަތް ހެއްކަކީ ހާދިސާ ހިނގި ވަގުތު ޝަމީމް އެ ތަނުގައި ނެތް ކަމުގެ ދިފާއު ބިނާ ކުރަން ހުށަހެޅި ހެކިތަކެކެވެ.

ދައުލަތުން ހުށަހެޅީ އެ ހަތް ހެކި ބަލައިނުގަތުމަށެވެ. ދައުލަތުގެ ނުކުތާއަކީ ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، އެ ކަން ސާބިތު ކުރަން ހެކި ހުށަހަޅާނަމަ ކުރިން ހާމަ ކުރަން ޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ މާއްދާ އެވެ.

ގާޒީ ނަދީމް ވެސް ބުރަވީ ދައުލަތުގެ ނުކުތާއަށެވެ. ތަހުގީގު މަރުހަލާގައި ތުހުމަތު އަމާޒުވި އިރު ހާދިސާ ހިނގި ތަނުގައި ނެތް ކަމަށް ޝަމީމް ފާހަގަ ކޮށްފައި ނެތުމުން ދިފާއުގައި ހުށަހެޅި ހަތް ހެކި ބަލައިނުގަންނަން ގާޒީ ނިންމެވި އެވެ.

ދައުލަތުގެ ފަރާތުން ސިއްރު 25 ހެއްކެއް ހުށަހަށަޅާފައިވެ އެވެ. އެ ހެކިންގެ ހެކިބަސް އެހެން ތަނެއްގައި ބައިތިއްބައިގެން، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނަގަން ދައުލަތުން ހުށަހެޅި އެވެ. ދައުލަތުގެ އެ ހުށަހެޅުން ޝަރީއަތުން ބަލައިގަތެވެ.

ޝަމީމްއާއި މާޒިންގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދައުވާ ފުރިހަމަ ނުވާ ކަމަށް ކަނޑައެޅުމާއި، ދައުލަތުގެ ހެކިތަކުގެ ތެރޭގައި ދައުވާ ރައްދުވާ މީހުނާއި ގުޅުން އޮތް މީހުންގެ ހެކިބަސް ބަލައިނުގަތުން ހިމެނެ އެވެ. މިއިން އެއްވެސް ހުށަހެޅުމެއް ޝަރީއަތުން ބަލައެއް ނުގަތަވެ.

މައްސަލައިގެ ފަސްފަހަތް

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ. ކުޑަކުއްޖަކަށް ވުމުން އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ.

މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާއަށް ކުރާއިރު، އުދައްޔު މަރުވީ އެ ކުއްޖާ ދިން ހަމަލާއަކުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުދައްޔު މަރާލީ ފެބްރުއަރީ 8، 2021 ގެ ރޭ 10 ޖަހާކަށް ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިއީ މާމެންދޫގައި ދެ ގްރޕެއްގެ ދެމެދުގައި މާރާމާރީއެއް ކަމަ ވެސް ފުލުހުން ބުނެފައިވެ އެވެ.

އުދައްޔުގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށް ވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox