ޝިރީން އަބޫ އަކްލެހް މަރާލި މައްސަލަ ތަހުގީގު ކުރަން އިޒްރޭލުގެ ޖަމިއްޔާކަކުން އެދިއްޖެ

ޝިރީން އަބޫ އަކްލެހް މަރާލި މައްސަލަ ތަހުގީގު ކުރަން އިޒްރޭލުގެ ޖަމިއްޔާކަކުން އެދިއްޖެ

އަލް ޖަޒީރާގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝިރީން އަބޫ އަކްލެހް ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިންގަމުން ދިޔަ އޮޕަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް ބަޑި ޖަހައި މަރާލި މައްސަލަ ތަހުގީގު ކޮށްދިނުމަށް އިޒްރޭލުގެ ޖަމިއްޔާތަކަކުން އދ. ގެ ސްޕެޝަލް ރެޕެޓުއާގެ އަރިހުން އެދިއްޖެ އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން އަވަށުގައި މެއި 11، ގެ ހެނދުނު އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއް ރިޕޯޓު ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް އޭނާ ގަޔަށް ބަޑި ޖަހައި މަރާލީ ގަސްތުގަ އެވެ.

އިޒްރޭލުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ލުކިން ދަ އޮކިއުޕޭޝަން އިން ދަ އައި" އާއި "މަދާސް އަގެއިންސްޓް ވަޔޮލެންސް" އަދި އެހެނިހެން ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އދ. ގެ ސްޕެޝަލް ރެޕެޓުއަރުން ކަމަށްވާ މޮރިސް ޓިޑްބޯލް އަދި ފްރެންޗެސްކާ އަލްބަނީސް އަށް ޝިރީންގެ މަރު ތަހުގީގު ކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ.

ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2000 ގެ ފަހުން މިހާތަނަށް އެ ގައުމުގެ 45 ނޫސްވެރިން ވަނީ އިޒްރޭލުން މަރާލާފަ އެވެ. އެ މައްސަލަތަކުގައި އިޒްރޭލުގެ އެއްވެސް ސިފައިންގެ މީހަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

"މީގެ ކުރިން ކަންކަން ވެފައިވާ ގޮތަށް ބަލާއިރު މި މައްސަލާގައި އެއްވެސް ތަހުގީގެއް އިޒްރޭލުން ކުރިއަށްގެންދާނެ ކަމަކަށް ނުބެލެވޭ. ބައިނަލްއަގްވާމީ މުޖުތަމައުގައި އިޒްރޭލު ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އެ ސިޓީގައި ބުނެފައިވެ އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕެޓުއާ އަލްބަނީސް ވަނީ މި ސިޓީއަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެންމެ ރަނގަޅަށް ކުރިއަށް ދެވެން އޮތް މަގެއް ހޯދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިރީންގެ މަރުގެ މައްސަލައިގައި ޖިނާއީ އެއްވެސް ތަހުގީގެއް ނުހިންގާނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން މީގެކުރިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox